2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން ސާބިތުވެގެން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިގޮތަށް ވިދާޅުވެފައިވަނީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރުމުގެ ފުރުސަތެއް ނެތް ކަމަށް، ޣައްސާންގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވުމާއި ގުޅިގެންނެވެ.
ޣައްސާން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ގަދަ މަސައްކަތުން އަދި ރައްޔިތުންގެ ލޮތްބާއެކު 2023 ގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުވެގެން ކަމަށެވެ.
"ޕީޕީއެމްގެ ގަދަ މަސައްކަތުން، ރައްޔިތުންގެ ލޯތްބާއެކު، ކީރިތިﷲ ގެ އިރާދަފުޅުން 2023 ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުވެގެން". ޣައްސާން ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.
އަދި ޣައްސާން ވަނީ ރައީސް ޔާމީން ވަގުތުން މިނިވަން ކުރެއްވުމަށް ވެސް ގޮވާލައްވާފައެވެ.
PPM ge gadha masahkathun, rayyithunge loibbaaieku, Keerithi Allah ge Iraadhafulhun 2023 ga Raees Yameen verikamah vadaigannavaanee insaafuveri isthiunaafakun mausoomkan saabithuvegen. #FreePresidentYameenNow
— Mohamed Ghassan Maumoon (@mgmaumoon) July 26, 2021
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި 2023 ވަނަ އަހަރު އިންތިހާބުގައި ޔާމީން ވާދަކުރުމާއި ގުޅޭ ގޮތުން ސުވާލުކުރުމުން މައުމޫން ވިދާޅުވީ، ޔާމީނަކީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި، ހަމައެކަނި އިންތިހާބުގައި ވާދަކުރަން އެމަނިކުފާނު ޖަލުން މިނިވަން ކޮށްގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މިނިވަންވެ ވަޑައިގެންނެވިޔަސް، ވާން ޖެހޭނީ ޝަރުއީ މަރުހަލާގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިންކަން މައުމޫން ފާހަގަކުރެއްވިއެވެ.
"މިހާރު ޔާމީން އެ އޮންނެވީ ޖަލުގައި އޭނާއަށް ނިކުމެވިގެން ނޫނީ އެކަހަލަ ކަމެއް ކުރެވިގެން ނުވާނެ" މައުމޫން ވިދާޅުވިއެވެ.
އަސޭއްލާ ލައްވާ ބެލީދޯ
ދަރި ވެސް ބައްޕައަށް ގޮން ޖަހަނީ. މިއޮތީ ފަހުޒަމާނަށް އައިސްފަ. އިނގިރޭސިވިލާތުގަ އެކްސިޑެންޑްވެގެން ސަލާމަތްކޮށްދިނީ މިއިރު މިމުސްކުޅި ބައްޕައޭ. ރާއްޖޭގެޙަޒާނާ ގައިހުރި ހުރިހުރިހާފައިސާއެއް ދީފަ.
މީ ދަރިފުޅު ބައްޕަ އަށް ގޮންޖެހުމެއް ނޫން. މީ ހުރިހާ ކޮޅަކުން ވެސް ފައިދާ ލިބޭގޮތަށް ކުޅިބައި ރާވައިގެން ތިބޭ ތިބުމެއް. އެކޮޅު ކާމިޔާބުވިއަސް މިކޮޅު ކާމިޔާބުވިއަސް ފައިދާ ކުރާނީ އާއިލާގެ ކުދިންނަށް. މީ ބައްޕައާއި ދަރިފުޅުގެ ޖޮއިންޓް އޮޕަރޭޝަން. ދެބަފައިން ދައްކާ ހުރިހާ ވާހަކައަކީ ގޭގައި މަޝްވަރާކުރެވިގެން ދޫކޮށްލާ މެސެޖްތަކެއް. މިގޮތަށް މިހަދަނީ ކޮންމެ ސަރުކާރެއް އުފެދުނަސް އެސަރުކާރެއްގައި ރައީސް މައުމޫން އާއިލާގެ ކޮންމެވެސް ޙިއްސާއެއް އޮތުމަށް ރޭވުން.
އަސޭލާގެ ވާހަކަ އެންމެ ރަނގަޅަށް އިނގޭނީ ރީނދޫ މީހުންނަށް. މަހްލޫފް ކައިރީގަތަ އަދިވެސް ކަލޭމެން އޭނަ ބަހައްޓައިގެން ތިއުޅެނީ؟
ހާދަ ގިނަބަޔަކު ކުލަ ހުވަފެން އެބަ ދެކެޔޭ ދޯ..
ޑްރާމާއެއް! ހުއްޓާލާ!
ދުނިޔެ އަކީ ހާދަ އެހެން ކަހަލަ އެއްޗެކޭ ދެއްތޯ. ހިންދީ މުހާވިރާ އެއްގައި އޮންނާނެ. ސަބްސޭ ބަޅާ ރުޕަޕއްޔާ، ނާ ބާޕް ބަޅާ ނާ ބައްޔާ. (މާނައަކީ ހުރިހާ އެއްޗަކަށް ވުރެ ބޮޑު އެއްޗަކީ ފައިސާ އެވެ. ބައްޕަ އާއި ބޭބެ އަށް އަށް ވުރެވެސް މުހިއްމީ ފައިސާ އެވެ.) ހައިރާން ވެއްޖެ.
ކަލޭމެން ހިންދީ މުހާވިރާ ވެގެނގޮސް މުޅި ގައުމު އިންޑިޔާ އަށް ވިއްކާލީވެސް ޖުހާ
ފޯބެއަށް.ފިލާ އޮވެގެން ނަންނުޖަހާ ކޮމެންޓްކުރާތީ އިންޑިއާ އަށް މުޅިޤައުމުވިއްކާލަން ޗާންސް ލިބުނީ.ކަލެއަކަށްވެސްނުކެރުނެއްނު ނަންޖަހާލާކަށް.ފިލާއޮވެގެން އައުގުރާނަގޮވަނީ.ދިވެހިންގެ މިފާޑު ކެނޑުނުދުވަހަކުން ތިޔަކިޔާ ޙައްޤު މިންވަރު ލިބޭނީ.ޑޮކްޓަރުއެއޮތީ ނަންޖަހާފައެޑްރެސް ޖަހާފަ.
ޔަގީން ނަގީފިތިފާކަން.
2008 ގައި ކުރިމަތި ލެއްވީވެސް މިގާނޫނޭ އެގާނޫނެއްގެ ދަށުންކަން ހަދާންނެތުނީތޯ އެފަހަރު ކާމިޔާބު ކުރެއްވިބޭފުޅާޔައްވެސް ބައިވެރި ވެވުނީ އެހެންވެގެންނޫންތޯ އޭގެސަބަބުން މުޅިގައުމު ހަލާކްވެގެންމިދަނީ އަދިވެސް އެހެންބޭފުޅެއްގެ ވާހަކަ ދެއްކޭތޯ ބައްލަވާތީ ނާސިރު ފައިބައިވަޑައި ގެންނެވިއިރު އޮއްކަމައް ކިޔާ 98 އަގްބޯޓްތައް ކޮބާތޯ ގައުމީ އެއަރލައިނެއް ހަދައިގެން ގެންގުޅުނުބޯޓްތައް ކޮބާތޯ ޕިޔޯނަކުވެސް ހައްޔަރުނުވެ ހުދުކާފޫރައްވެ ނިމުނީ ނޫންތޯ މާލޭގެ ރައްޔިތުންލައްވާ ބިންހިއްކުވާފަ ގޯތިދޭން ވައުދުވެފައި ފުލެޓް ވިޔަފާރި ފައްޓާ ބިންތައް ހިސޯރ ކުރި ހަދާން ނެތުނީތޯ
މައުމޫނު ޖަލުން ނެރެފައި ވަނީ ކިހިނެތްކަން ހަނދާން ނެތުނީތޯ.؟ 2023 ގައި ޖަލައް ވަންނަން ތައްޔާރުވެގެން ހުންނަވާށެވެ.
ބަލަ ކޮއިފުޅާ ޔާމީނު ވެރިކަމަށް ގެންނަން ކިތަންމެ ވަރަކަށް މަރުދަންޖެހުނަސް ދެނެއް އެކަމެއްނުވާނެ އިރާދަކުރެއްވިއްޔާ ތިޔަ ގޮތަށް ކެނެރީގޭ ނަޝީދު ވެރިކަމަށް ގެންނަންވެސް ބަޔަކު އުޅުނު އެކަމެއްވެސް ނުވިއެއްނު އިން ޝާ ﷲ
ޔާމީނު ރިޔާސީ އިންތިހާބާ ދިމާކޮށް މިނިވަން ކު ރާނަމަ
އަދީބުވެސް މިނިވަން ކު ރަންޖެހޭނެ ހަމަ ހުދު ފޮތިކޮޅަކަން ހަދާފައި އޭ ރުންދޯ ހަމަހަމަވަނީ ޔާމީނު
ދޫކޮށްފަ އަދީބު ހައްޔަ ރުކޮއްފަ ބެލެހެއްޓުން އިންސާފު
ވެ ރިއެއްނޫން، އަދީބުވެސް މިނިވަންކު ރޭ
ޔާމީނު އާއި އެކީ އަދީބުވެސް މިނިވަން ކު ރަން ޖެހޭނެ
2023 ގެ ރިޔާސީ އިންތިހާބަށް
ރިސޯރޓުތަށް ވިއްކައިގެން ލިބުނު ފައިސާތައް އެހެރީ އަމިއްލަ އެކައުންޓަށާ ރައްޓެހިންގެ އެކައުންޓުތަކަށް މިލިއނމިލިއަނުން ޖަމާކޮށްފަ ދެން ކޮން މައުސޫމެކޭ ތިކިޔަނީ
ޣައްސާނެއް ކަމަކު ބައްޕާފުޅު މުސްކުޅިވީ ދުވަހު ތިހެން ހިތުގަ ޖައްސާކަށް ނުވާނެ އެންނު
މިދެން ކާކުތަ
ކޮންމެ މީހަކު ރިޔާސީ އިންތިޚާބަކާހެދި މިއުޅެނީ ކީއްވެ ކާނަލް ނާޒިމް މެންވެސް ޕާޓީ ހެދީ ވެރިކަމުގެ ބޭނުމުގަ އަހަރެން ހުވާ ތިޔަ ނާޒިމް އަކަށް އަހަރއމެން ވޯޓެއް ނުދޭނަން ރައްޔިތުންނަށް ހެޔޮއެދޭ އެކަކުވެސް ނެތް ވެރިކަން ބޭނުން ވެގެން ކޮންމެ ގުނޑއެއްވެސް މިއުޅެނީ
ވަގަކަށް ވޯޓެއް ނުދެވޭނެ، ބު ރިޖު، އެހެނިހެންބިލްޑިންގު ގެފަހަތުގަ އޮތީ ބޮޑުލޯނެއް
މިނިވަނެއް ނުވާނެ އަފިހުންބޮޑާބެ އޮންނާނީ މަރުވަންދެން ޖަލުގަ
ކަލެ އަށް ބޮޑަށް ތިކަން އެނގޭނީ . ބަލަ ﷲ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ. ކަލޭތީ ކާކު ވާނެ ގޮތް ކިޔަން؟
މިގޮލާގެ ޑީއެންއޭ އެއް ހަދަންވީ.. މައުމޫންތޯ ޔާމީންތޯ
މި ދިވެހި ގައުމު އެދި ގޮވަނީ ރައީސް ޔާމީން
ގައުމު ތަރައްގީ ކުރަންބޭނުންނަމަ ރައީސްޔާމީން ހޮއްވަވާ
ޣައްސާން ގެ ޢަމަލުތަކަކީ ހުރިހައި ދިވެހި ދަރިން ޢިބްރަތް ލިބިގަންނަންވީ ބިރުވެރި ކަންކަމެވެ. އެފަދަ ނުބައި ދަރިއަކަށް ތިމާ ނުވުމަށް ހިތުގައި ޢަޒުމް ކަނޑަ އެޅުމަށެވެ. އަމިއްލަ ފައިދާއަށް މައިންބަފައިން މިހާވަރަށް ފަޟީޙަތް ކުރާ މީހަކު ހެޔޮއެދޭނެ އެހެން ފަރާތެއް ނުހުންނާނެ އެވެ. ބައްޕައަށް ރައްދުދޭން ސީދާ ޣައްސާން ނުނިކުތަކަސް، ޕާރޓީގެ އިސް އެހެން މީހަކުލައްވައި ވެސް މިހެން ބުނެވުނީހެވެ. މީގެން ދޭހަވަނީ ޣައްސާންގެ އަޚްލާޤީ ފެންވަރުގެ ދަށްކަމެވެ.
އެއްވެސް ފަހަރަކު ރައީސް މައުމޫން ވިދާޅެއްނުވޭ ކުރިމަތި ނުލެއްވެނެއެކޭ. ހުކުމެއް ތަންފިޒް ކުރައްވަމުން ގެނަދަވާއިރު ކުރިމަތި ނުލެވޭނެ ވާހަކަ ވިދާޅުވީ. ޢައްސާން ތިގޮތަށް ބައްޕައާ ދިމާކުރުމަކީ ވަރަށް ހުތުރުކަމެއް، އެބައްޕަގެ ބުރަ މަސައްކަތުން މިއަދު ތި ހިސާބަށް އާދެވިފަ ތިތިއްބެވީ. އަދި ޤަދަރާ އިޚްތިރާމް ލިބުނީވެސް އެ ބައްޕަގެ ސަބަބަުންކަން ހަނދާން ނައްތާނުލައްވާ. ޢައްސާން އަށްވުރެ ޔާމީން އާ ކައިރިވާނީވެސް އެ ބައްޕަ.