ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މިރޭ މުލީއާގެއަށް ގެންދަވައިގެން އެބޭފުޅުންނާއި ބައްދަލު ކުރައްވައިފިއެވެ.

ރައީސް ސޯލިހާއި މިރޭ މުލީއާގޭގައި ބައްދަލުކުރި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ހިމެނެއެވެ. ދިހަ ވަރަކަށް މެންބަރުން ވަކިވަކިން މުލީއާގެ އަށް ގެންދަވައިގެން ރައީސް މިރޭ އެބޭފުޅުންނާއި ބައްދަލުކުރެއްވި ކަމަށް ވެއެވެ.

ރައީސް އާއި ބައްދަލު ކުރެއްވުމަށް ފަހު އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއި މަޝްވަރާ ކުރެވުނީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އާއި ގުޅޭ ގޮތުންކަމަށެވެ. ބިނާކުރުވަނިވި މަޝްވަރާތަކެއް ރައީސް އާއިއެކު ކުރެވުނު ކަމަށާއި އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހާއި އެހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ކުރެވުނު މަޝްވަރާތައް ވެސް ހިމެނޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ރައީސް ސޯލިހާއި ބައްދަލުކުރެއްވި އިރު އާޒިމް މިހާތަނަށް ފާހަގަ ކުރެވެމުން އައީ ރައީސް ނަޝީދު ފެކްޝަންގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރާއި ދެކޮޅަށް އާޒިމް ރޭ ވާހަކަ ދެއްކެވިއެވެ. ގަރާރަށް އޭނާ ވޯޓެއް ވެސް ނުދެއްވައެވެ.

އާޒިމް ވިދާޅުވީ، ގާނޫނުއަސާސީ އޮތް ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް އެކަނި ލިބިވަޑައިގަންނަވާ ބާރެއް ކަމަށް ވާއިރު، އެ މަނިކުފާނުގެ ބަހެއް ނެތި އެފަދަ ގަރާރެއް ފާސްކުރުން ރަނގަޅު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނަޝީދު ހުށަހެޅުއްވި ގަރާރާ މެދު ގޮތެއް ނިންމަން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ގައުމީ މަޖިލީހުގެ 148 މެމްބަރުންގެ ތެރެއިން އެންމެ 41 ބޭފުޅެކެވެ. ގަރާރު ފާސްކުރީ ވަރަށް ހަނި އަޣުލަބިއްޔަތެއް ކަމަށްވާ 39 ބޭފުޅެއްގެ ވޯޓުންނެވެ. ރައީސް ސޯލިހާއި ނަޝީދުގެ ސިޔާސީ ކޯޅުމާ ހެދި، ޕާޓީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު، ނަޝީދުގެ ގަރާރާ މެދު ގޮތެއް ނިންމި ބައްދަލުވުމުގައި ރައީސް ސޯލިހުގެ ފެކްޝަންގެ ބޭފުޅުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޙައްގުބަސް

  ގައުމުގެ ޣައްދާރުން ބޭރުކުރޭ! މިނިވަންދުވަހޭ ކިޔައިގެން ތަންތަނަށްއަރާ ވާހަކަ ދައްކާއިރު މިއޮތީ އަޑިނޭނގޭ އެތައް އެއްބަސްވުންތަކެއް ހަދައިގެން އިންޑިޔާގެ އެތައް ސިފައިންނެއް މިގައުމުގައި ބައިތިއްބާފަ!! ޚާރިޖީ ވަޒީރު އޮތީ އިންޑިޔާއަށް ވިކިފަ!! އަދި އޭނާއަކީ އިންޑިޔާ ސިފައިން މިގައުމަށްއަރާ މިގައުމު ހިފަން ޔާމީން ސަރުކާރު އޮތްއިރު ގޮވި މީހާ!! ބައެއް މަޖްލިސް މެމްބަރުންނާ ސަރުކާރުގެ އިސްވެރިންވަނީ ސުދީރު އަތުން ރިޝްވަތު ނަގައިގެން މިގައުމު ވިއްކާލާފަ!! އެސްބީއައިއިން ސުދީރު އެންގުމަށް ފައިސާ ބަހާކަމަށްވަނީ!! ގައުމުގެ ޣައްދާރުންނަށް ނޫނެކޭ ބުނަން ދިވެހި ހުރިހާ ރައްޔިތުން އަތުގުޅާލަންޖެހޭ! މިނިވަންކަން އޮޔާނުދަނީސް!!

  30
 2. ކަހުރަބު

  އިންޑިއާ އައުޓް

  24
 3. ޜަނާ

  ޢަންނި ފެކްޝަނަސް ކަންތައް ކު ރަން ޖެހޭނީ އިންސާފުން ތިމާގެވެސް އަމިއްލަ ސިކުނޑިއެއް އިނދޭ . ޙަމަ އަންނި ބުނާހާ ބަހަކަށް އާނ. ބަސް ކިޔައިގެން ނުވާނެ. ގާނޫނާ ގަވައިދާ ޚިލާފްވިޔަސް ޕެޑްހަސަން ، ހަސަން ލަތީފް ، އިންތި މެންފަދަ މީހުން އެއީ އަންނި ބުނާހާގޮތެއް ހަދަމުން ދާމީހުން. އަހުން ހީކު ރީ އާޒިމްވެސް ހިމެނޭނީ އެބައިގެ ތެ ރޭގަ ކަމަށް .އެކަމަކު މިފަހަ ރު އަމިއްލަ ސިނކުޑީ ގެ ބޭނުން އާޒިމް ކޮށްފި.

  16
  2
 4. މސ

  ރ ނަސީދު ރ ރާއްޖެ ވަޑައިގެން ރިޔާސީ އިންތިޚާބުގެ ކެމްޕޭން
  ފައްޓަވަންވީ ވަގުތު އަތުވެއްޖެއެވެ އެކަން ލަސްކު ރާކަށް
  ދެން ފު ރުސަތެއް ނެތެވެ.

  2
  5
  • ކޮވިޑް

   ފުރަތަމަ ކުރަން ވީ ކަމަކީ ބަނގުރާ ބުއިކަންތައް ބަލަން ފެށުމެއްނު؟

   5
   1
 5. ޓަކިބެ

  10 މެންބަރުންގެ ތެރެއިން ދެން ގެންދެވީ ކޮން މެންބަރުންނެއް؟؟ އޭރުންތާ އިބޫ ފެކްޝަންގަ ތިބި ބައެއްވެސް އެނގޭނީ.

 6. ސޮއި

  އައްނި އަކީ ބޯހަމަޖެހޭ މީހެއްބާއޭ މިހާރު ހިތައްއަރާ.
  ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރާ ދުވަހާއި ދިމާކޮށް ހަމައެއް ލަމައެއްނެތި މީހުން ހިފައި ހައްޔަރު ކުރަން ގޮވާލުމަކީ ޑިމޮކްރަސީގެ ސިފައެއްނޫން .

 7. ފޭކް

  މިހަމަފޭކް