22:02

އިތުރު 105 މީހުން ކޮވިޑަށް ފައްސިވެއްޖެ.

21:21

ކޮވިޑް-19 ފެނިގެން މި މަހުގެ 13 ވަނަ ދުވަހު ބަންދު ކުރި ގދ. ނަޑެއްލާ އިން އިތުރު 11 މީހަކު ފައްސިވެ، ޖުމްލަ އަދަދު 150 އިން މައްޗަށް އަރައިފި

20:12

މިހާރު މާލެ އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަބަޔަކު ކޮވިޑް-19އަށް ފައްސިވަމުންދާ ކާށިދޫން އިތުރު ބަޔަކަށް ބަލި ޖެހި، އެރަށުން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 100 އިން މައްޗަށް އަރައިފި

19:19

ކޮވިޑް-19 އާ ގުޅިގެން ދެ މަހަށްވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތް ގއ. ވިލިނގިލި އާއްމު ހާލަތަށް ގެނެެސްފި

16:11

ކޮވިޑް-19 ޖެހިގެން ރ. ދުވާފަރުން މީހަކު ނިޔާވެއްޖެ

16:09

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ދެމުންގެންދާ ވެކްސިންގެ ތެރެއިން، ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން މާދަމާ ފަށަން ތައްޔާރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ

11:41

ވެކްސިން ނުޖަހާ މީހެކޭ ބަނގުރާ ބޮއެގެން އިނދެ ވެހިކަލް ދުއްވާ މީހެކޭ އެއްވަރު ކަމަށް ބުނެފި.

09:28

މެލޭޝިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް އަރައިފި.

08:16

90 މިނިޓްތެރޭގައި ކޮވިޑް ދެނެގަނެވޭނެ މާސްކެއް އުފައްދައިފި.

އުތުރުގެ އެންމެ އާބާދީ ބޮޑު ދެރަށް ކަމަށްވާ ހދ.ކުޅުދުއްފުއްޓާއި ހއ.ދިއްދޫން ކޮވިޑް ފެނި އަނެއްކާވެސް ދެރަށް ބިރުވެރިކަމަކަށް ހިނގައްޖެއެވެ. ކުޅުދުއްފުށިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 14 އަށް އަރާފައެވެ. ދިއްދޫން އެކަކު ފައްސިވި އެރަށް މިހާރު އޮތީ މޮނިޓަރިންގައެވެ. ކުޅުދުއްފުށި ވެސް އޮތީ މޮނިޓަރިންގައެވެ.

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ވަނީ 55 މީހުން ފައްސިވެފައެވެ. މިއަދަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ޖުލައި މަހު މިހާތަނަށް ރާއްޖެ އިން 3050 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެއީ ކޮވިޑަށް 152735 މީހުން ޓެސްޓް ކޮށްގެންނެވެ. ކޮވިޑަށް މިމަހު ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %2 އެވެ. ޖޫން މަހު 9401 މީހުން ކޮވިޑަށް ފައްސިވިއެވެ. ޖޫން މަހު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %6.60 މީހުން ކޮވިޑަށް ފައްސިވިއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިދަ ދަނޑި

    ކޮންޓްރޯލް ވެލަންދެން ބަންދުކޮށްފައި ބާއްވަބަލަ.. ހެނދުނު ރަށް ބަންދު ކުރިއްޔާ ލައި ނުގަނެގެން މެންދުރަށް އެބަ ހުޅުވާ.. ދެން އަނެއްކާ ހަވީރު ބަންދުކޮށްފަ ރޭގަނޑަށް އެބަ ހުޅުވާ…

  2. ކަމާލް

    ތިފޭކް ކޮވިޝީލްޑް އުފެއްދި އިންޑިޔާ މީހުންވެސް އެނުޖަހާތިބީ ކޮންމެވެސް ކަމެއްވެގެން....މުޅި ޔޫރަޕްގަ އެވެކްސިން މަނާކުރީވެސް ކޮންމެވެސް ކަމެއްވެގެން....ސައޫދީއަށް ހައްޖަށްވެސް ނުދެވޭ ސިނޮފާމް ަައާ ކޮވިޝީލްޑް ޖެހިމީހުނަކަށް....އެމެރިކާގެ ރައީސް ވެސް ކޮވިޝީލްޑް ވެކްސިން އެގައުމުގަ ޖަހަން ހުއްދަނުދިނީ ކަމެއްވެގެން....ތިޖަހައިގެންތިބި މީޙުންނަށް ކޮވިޑްޖެހި ލައްކައިން ދުނިޔޭގައި މަރުވަމުން އެދަނީވެސް ކަމެއްވެގެން