ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަނގުރާ ބުއިން ހުއްޓާލާފައިވާ ކަމަށް އެމަނިކުފާނަށް އިނގިރޭސިވިލާތުގެ ހޮސްޕިޓަލަކުން ދޫކުރި ލިޔުމެއްގައި ބުނެފިއެވެ. އެލިޔުން ނަޝީދު އަމިއްލަފުޅަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ހިއްސާ ކުރެއްވުމަށްފަހު ފަހުން ވަނީ ޑިލީޓް ކުރައްވާފައެވެ. ނަމަވެސް ލިޔުމުގެ ކޮޕީއެއް މިހާރު މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ނަޝީދަށް ލަންޑަންގެ ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުން ވަޓްސްއެޕް ގްރޫޕްގައި ހިއްސާ ކުރެއްވީ މެއި 06 ވަނަ ދުވަހުގެ ހަމަލާއަށް ފަހު އެމަނިކުފާނަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ރާއްޖޭގެ ނޫހެއްގައި ރިޕޯޓް ކުރުމުންނެވެ. އެވެބްސައިޓްގެ ލިންކް ވެސް ނަޝީދު ވަޓްއެސްއެޕް ގްރޫޕްގައި ހިއްސާ ކުރެއްވިއެވެ. އަދި އެލިޔުމުގައި ހުރި ވާހަކަތަކަކީ ދޮގެއްކަން ސާބިތު ކޮށްދިނުމަށް ހޮސްޕިޓަލްގެ ލިޔުން ވެސް ގްރޫޕްގައި ހިއްސާ ކުރެއްވިއެވެ.

ޑޮކްޓަރުގެ ލިޔުމަކީ ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ނުވަތަ ޕީޓީއެސްޑީ ހުރިތޯ ބެލުމަށް ހެދި އިވެލުއޭޝަނަށްފަހު ޑޮކްޓަރުން ތައްޔާރުކުރި ލިޔުމެކެވެ. އެލިޔުމުގައި ބުނެފައި ވަނީ ނަޝީދުގެ ކިބައިން އެފަދަ އެއްވެސް ނަފްސާނީ މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށެވެ.

ޑިޕްރެޝަނާއި، އެންޒައިޓީ އަދި ކުރީގެ ހަނދާންތައް ކުއްލިއަކަށް އައުމާއި ބިރުވެރި ހުވަފެން ފެނުން ފަދަ ނަފްސާނީ އެއްވެސް މައްސަލައެއް ވެސް ނަޝީދުގެ ކިބައިގައި ނެތް ކަމަށް ޑޮކްޓަރުގެ ލިޔުމުގައި ބުނެފައި ވެއެވެ.

"މަނިކުފާނު އަމިއްލަފުޅަށް ބަނގުރާ ބުއިން ހުއްޓާލާފައި ވާތީ މިހާރު އަވަހާރަފުޅު ލެއްޕެވުމުގައި ވެސް މައްސަލައެއް ނެތްކަން ފާހަގަ ކުރެވެއެވެ." ލިޔުމުގައި ބުނެފައި ވެއެވެ.

ޑޮކްޓަރުގެ ލިޔުމުގައި ބުނެފައި ވަނީ ނަޝީދާއި ބައްދަލު ކުރެވި ވާހަކަ ދެކެވިފައިވާ ކަމަށާއި ނަފްސާނީ އެއްވެސް މައްސަލައަކަށް ނަޝީދު ފަރުވާ ހޯއްދަވަން ނުޖެހޭ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ޑޮކްޓަރާއި ނަޝީދު ބައްދަލުކުރާނެ ކަމަށް އުއްމީދު ކުރާކަމުގައި ލިޔުމުގައި ބުނެފައި ވެއެވެ.

ނަޝީދު ބަނގުރާ ބުއިން ހުއްޓާލާފައިވާ ކަމަށް ޑޮކްޓަރުގެ ލިޔުމެއްގައި ބުނެފައި ވާއިރު މީގެ ކުރިން ވެސް އެމަނިކުފާނުގެ މައްޗަށް ބަނގުރާ ބުއިމުގެ ތުހުމަތުތައް ބައެއް ފަރާތްތަކުން ކޮށްފައި ވެއެވެ. ނަޝީދު ވެރިކަމުގައި ހުންނެވިއިރު ރާއްޖެ އިން ބޭރަށް ކުރެއްވި ދަތުރެއްގައި ބަނގުރާ ބުއިކަމަށް އިންޑިއާގެ ނޫހެއްގައި ރިޕޯޓް ކުރުމުން އެދުވަސްވަރު އެމައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ނަޝީދަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.

ނަޝީދު ބަނގުރާ ބުއިން ހުއްޓާލާފައިވާ ކަމަށް ބުނެ އިނގިރޭސިވިލާތުގެ ހޮސްޕިޓަލަކުން ދޫކޮށްފައިވާ ލިޔުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް އެމަނިކުފާނުގެ ފަރާތްޕުޅުން ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

76 ކޮމެންޓް

  1. އާދަމުގެދަރި

    ހަމަ މިހާރުން މިހާރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިިއުފާ ދޭންވީ. ނުވަތަ ސްޕްރީމް ކޯޓުން އޯޑަރެއް ނެރެގެން ނަމަވެސް މީނާ މަޖިލީހުން ބޭރުކުރަންވީ. ރާބޯ މީހަކު މަޖިލީހުގައި އިދެގެން ނުވާނެ.

    294
    12
    • އަހުމަދު

      އަދި ހުއްޓާލިކަމެށް ޔަގީނެއްވެސް ނޫން. ނަޝީދަކީ އެހާ ދޮގު ހަދާ މީހެއް

      152
      6
      • ޟުޖޫން

        2 ގަޑިއިރުކުރިން ރާބުއިން ހުއްޓާލި ވާހަކަދޯ

        30
        1
    • ޙައްގުބަސް

      ދިވެހި ރައްޔިތުންގެ މައްސަލަ މިހުންނަނީ! މާތް ﷲ އިންސާނާ އުފައްދަވާ މަތިވެރިކުރައްވާ ސިކުނޑިއެއް ދެއްވާފައިވޭ!! ދިވެހި ރައްޔިތުންނަށް ހެވާއިނުބައި ވަކިކުރަން މިހާރު އެނގެންވެއްޖެ ނޫންތޯ؟ 2008 ވަނަ އަހަރު އޭރު ނޭނގިދާނެ ވެރިކަން އެމްޑީޕީއާ ރައްޔިތުން ޙަވާލުކުރިއިރު މިއީ ކިހާ ވަރެއްގެ ބައެއްކަން!! ޑިމޮކްރަސީއޭ ކިޔާ ދޮގުތައްހަދާ ދޮގު ވަޢުދުތައްވެދާނެކަމެއް ނޭނގިދާނެ! ވެރިކަން ޙަވާލުކުރީމާ ޢަމަލުކުރިގޮތް ވެރިކަމަށް އައުމުގެކުރިން ދެއްކި ވާހަކަތަކާ އުޑާބިމާހާ ތަފާތު ނޫންތޯ؟ ގައުމު އޭރުވެސް ހަލާކުކޮށްލީ އެމްޑީޕީގެ ވެރިކަމުގައި! ވެރިކަމުން ފައިބައިގެންދަމުން ގައުމުގައި ހުޅުވެސްޖެހާފަނޫންތޯ ނިންމާލީ!! މިކަންއެނގި ތިބެ ހަމަ މިވެރިންނަށްނޫންތޯ 2018 ވަނަ އަހަރުވެސް ވެރިކަމާ ހުރިހާ ބާރެއް ދިވެހި ރައްޔިތުން ތިޙަވާލުކުރީ! މިއަދު ގައުމު މިއޮތީ މާބޮޑު ފުންވަޅުގަނޑަކަށް ވައްޓާލާފަ އެމްޑީޕީގެ ކޯލިޝަން ވެރިކަމުގައި!! ދޮގުހަދައިގެން ދޮގުވަޢުދުތައްވެގެން އީސީ ޝަރީފް މެދުވެރިވެގެން ވޯޓުންވެސް ވައްކަންކޮށްގެން އައި ސަރުކާރު މިއޮތީ ރާއްޖޭގެ އިގްތިސޯދު ފުނޑާލާ އިންޑިޔާގެ އަޅުވެތިކަމަށް މިރާއްޖެ ގެންދިއުމުގެ ތުންފަތްމަތީގަ ނޫންތޯ؟ ދިވެހި ރައްޔިތުންނަށް ވިސްނޭނީ އަމިއްލަ ގެދޮރުން ނެރޭ ހިސާބަށް ކަންތައްތައް ދިޔައީމަތޯ؟ މިހާރު މިއުޅެނީ އަމިއްލަ ގެދޮރުގައި ކުއްޔަށް އުޅޭ އިންޑިޔާ ސިފައިން ކުލި ނުދައްކައިގެން ނޫންތޯ؟ މާދަމާ ބުނާނީ ކުލިވެސް ނުދައްކާނަމޭ ނުވެސް ނިކުންނާނަމޭ ނޫންތޯ؟ ހެޔޮނުވާނެ ދިވެހިރައްހިތުންނޭ ސިލުނޑިން ވިސްނާ ގޮތްތަކެއް ނިންމަންވީނޫންތޯ؟

      86
      4
    • އެއީ ހަރުކަށި ހުދުމުހުތާރު އިބިލީސް

      ލާދީނީ މޮޔަސޮރަށް ދިމާވެފައިވަނީ ބޮޑަށް ރޫހާނީ މައްސަލަ. ދެން ވެރިކަމާއި ޖާހަށް ބޫތުކައިފަ ހުންނަނީ ވަކިވަރަކަށް ނޫން. ގައުމު ނުރައްކަލުގެ ތެރެއަށް ހުށަހަޅައިގެންވެސް އެމޮޔަ ސޮރު ބޭނުންވާ އެއްޗެއް ހޯދުން.

  2. އަހުމަދު

    އަލްހަމްދުﷲ ތިބާ އައް ހެޔޮ ވިސްނުންދެއްވާށި
    ކިތައްމެ ނުބައި މީހަކަސް ﷲ މަގު ދައްކަވާފި އަޅަކު ރަނގަޅު ވާނެ

    191
    23
    • Anonymous

      އަބޫ ޖަހްލައް ތެދުމަގު ދެއްކެވި ކަމެއް އެނގިފައެއް ނެތް

      99
      15
      • ސަމްކުޅިބޭ

        ހެޔޮވާހަކައެއް. އަބޫލަހަބަކީ ކީރިތިޤުރްއާނަކީ ދޮގެއް ކަމަށް އެންމެބޮޑަށް އަޑު އުފުލި މީހެއް. އެޤުރްއާން ދޮގު ކުރުމަށް އަބޫލަހަބަށް ފުރުޞޮތުވެސް ލިބުނު. އަބޫލަހަބު މަރުވީ ޤުރްއާން ބާވައިލެއްވިތާ 5އަހަރުފަހުން. އަބޫލަހަބު އިސްލާމްވިނަމަ ޤުަރްއާނަކީ ދޮގު އެއްޗަކަށްވީސް. އެމަކު ކީއްކުރާނީ އޭނާ މަރުވެދިޔައީ ކާފިރުކަންމަތީ ކީރިތިޤުރްއާނުގައި އަބޫލަހަބާ ބެހޭގޮތުން ބާވާލައްވާފައިވާ (ތައްބަތު ޔަދާ އަބީ ލަހަބިން ވަތައްބަ) މިސޫރަތުގައިވާގޮތަށް.

        14
        1
        • އަދި އެއްފަހަރު

          ބައްލަވާ އެނޮނިމަސްގެ ކޮމެންޓުގަ އިނީ އަބޫޖަހުލުގެ ވާހަކަ..އަބޫލަހަބާއި އަބޫޖަހުލަކީ 2 މީހެއް.

          1
          1
    • އޭގެ ވެލިއު ނުކުރާ މީހަކަށް ތެދުމަގު..

      މާތް ﷲ އެކަލާންގެ އަޅުތަކުންނަށް ބޭނުންވެ ވޮޑިގެންނުވޭ.

  3. އަހުމަދު

    ނަޝީދު ދޫކޮއްލާފަ ރަނގަޅު ލީޑަރުން ފަހަތުން ދާންޖެހޭ. ނޫނީ ﷲ ގެ ކޯފާ މިގައުމަށް އައިސްފާނެ

    236
    11
  4. ހުސްކުރާސޭލް

    އަޑުއެހިތާމިހު ރީ .. ނަޝީދު ބަނގު ރާ ބޯކަމެއް މީގެކު ރިއަކުންނޭގޭ ؟ އެހެންނޫނަސް ނަޝީދު މަސްތުވާއެއްޗެއްގެ ބޭނުންކޮށްފާނެކަމަކަށް ގަބޫލެއްނުކު ރަން. އެކަމަކު މިޖެހުނީގަބޫލުކު ރަންތާ ދެއްތޯ ؟އެކަމަކުވެސް މުލިއާގެތެ ރެއިންނެ ރުނު ފުޅިތައްދުށިން އަދި އެފުޅިތަކުގެއަދަދާ އެއަށްކިޔާނަންތައްވެސްއެގުނު.. ހާދަބަހާ ބައިވަ ރުފުޅިތަކެކޭ އެދުވަހުނެ ރުނީ ... ސަހަނ ރޯއޭހިތަށްއެ ރި .. ޕިސް ޕިސް

    151
    4
    • ލާދީނީ

      އެއިރުބުނީ އެއީ ޤާސިމް ވެއްްދި އެއްޗެއްސޯ. ނަޝީދަކީ ބަނގުރާ ބޯމީހެއްނޫނޯ. މިހާރު އެމްޑީޕީކުދިންނަށް ސާފުވެދާނެކަަމަށް އުއްމީދުކުރަން. އެހެން ޚަބަރެއްގަ އަންނާ މިހާރު ނަމާދު ކުރަން ފެށިވާހަކަ

      21
      1
  5. އަބްދޫ

    މީހާގެ ނަފްސާނީ ހާލަތުގެ މިންވަ ރު ތިޔަ ލިއުން ވަޓްސްއަޕް ގް ރޫޕަށް ލުމުން ވެސް އެގިގެންދޭ.ތިޔައީ
    ވެވުނު އިއުތި ޜާފެއް.

    170
    5
    • މަޖިލިސް

      މަޖިލީހުގެރައީސްކަމަށް ކުފޫހަމަނުވާ މީހަކު ހުރެގެންނުވާނެ!!

      117
      6
  6. ފާއިޒާ

    ފާޑުވެސްއެބަޖަހާނުން ... މިހެންވެގެންދޯ ކަށިކަށިމީހުން މިހާ ރުޅިއަންނަނީ ؟؟

    87
    2
  7. ހަމާސް

    ނަޝީދު ބަނގުރާ ބޮއިތަ!

    63
    1
  8. ސަމޭދާން ބުނި ގަތޫރާ

    ދެން މީގެފަހުން ޗޯއެއް ނުފައިބާނެތާ.

    70
    3
  9. އަލީ

    ތިދެނއ ޙަބަރެއްވެސް ނޫނެނުން. މަށަކީ ޕީޕީ އެމް މީހަކަސް މިކަހަލަ ޚަބަރުގަ އޮއްޓަރު ނެތޭ ބުނެވޭނީ.

    14
    84
  10. އަލަބޭ

    މައުމޫން ވެސްް އެވާހަކަދޯ އެބުނީ ނަޝީދާއި އެކު މަސައްކަތް ކުރާނަންހޭ ބުނީމަ ޕަކަޕަކަ އަޅާފަ ހީފަ ސަލާމަތުން ހުރި މީހަކާއެކު ވިއްޔާ މަސައްކަތް ކުރަންވާނެތާއޭ. ހެހެހެ. އަވަހަށް މަޖްލިސްއިން ވެސް ބޭރުކުރޭ. އިސްލާމީ ޝަރީއަތުގައި ކުރުން ހުއްދަނޫން ކަމެއް ކޮށްފި. ޑޮކްޓަރުން ގާތުވެސް އިއުތިރާފް. ވަޓްސްއަޕް ގްރޫޕްގައި ވެސް އިއުތިރާފް. ދުއްރައިން ތަޅާފައި އަރުވާލެ ވެލެޒިނީ ހުރި ނެދަލެންޑްގެ ސަހަރާއަށް

    79
    2
  11. Anonymous

    މެޑިކަލް ލިޔުމެއް ހޯދިދާނެ. އަބޫޖަހްލު ހުރީ ނަފްސާނީ މައްސަލައެއްގެ ތެރޭގަ ކަން ވަރައް ޔަގީން. ޕީޓީއެސްޑީ ހުރިކަން ޔަގީން ވެއްޖެ.

    61
    3
  12. ބަނބޫ

    އަދަބު ވާޖިބުވީ. އިއުތިރާފު ވިކަމަށްވާނަމަ. 100 އެތިފަހަރު

    73
    3
  13. ޓަކިބެ

    ދެން ރަނގަޅު ވެދާނެ. ދެނެއް ނުތިބޭނެ ހަރުކަށި މީހުންނެއް. ނަފުރަތުގެ ބިލުވެސް މަޖިލީހުން ބޭރުކޮށްލާނެ.

    53
    4
  14. ތަންޑާ

    މިހިރީ ގައުމު އިސްލާހުކުރަން އުޅޭމީހުންގެ ހާލަތު. މުޅި މާލެތެރޭ ރާފުޅިތައް އެނބުރުނީމަ ކޮބާ ދެން މައްސައަކީ؟ ދެނެއް ނަޝީދަށް ބަޔަކު އިތުބާރެއް ނުކުރާނެ.

    79
    3
  15. Anonymous

    މީނައަށް ދެން ކޮންތާކުން ވެރިކަމަށް ކުފޫ ހަމަވާނީ. ދިވެހި މުސްލިމު ދަވްލަތެއްގެ ވަލިއްޔުލް އަމުރަށް ދަވްލަތުން ކުރާ ޚަރަދުތައް ހުއްޓާލުމަށް ވަގުތުން ވަގުތައް ގޮވާލާން. ބަނގުރާ ބޯމީހަކު މަޖްލީހުގެ ރައީސަކަށް ނޫނީ އެއްވެސް މަޤާމަކަށް ކުފޫ ހަމަ ނުވޭ. މީނާގެ އިނާޔަތްތައް ކަނޑާލަންޖެހޭ. ބަނގުރާ ބޯ މީހާއަށް ދީނުގައި ޙައްދު ކަނޑައެޅިފައިވާ އަދަބުވޭ. މީނާއަށް އަދަބު ދޭންޖެހޭ. ހުރިނުބައިކަމެއްގެ ބޮޑުކަމާއެވެ. މީނަ ބޯއެއްޗެހި ދިވެހި ރައްޔިތުންނަށް ދޭން ދޯ މިއުޅެނީ. ބަނގުރަލަކީ ހުރިހާ ނުބައިކަމެއް ގެ މަންމައޭ ބުނޭ. އެހެންވީމާ ދިވެހި ފުލުހުން މިމައްސަލަ ބަލަންޖެހޭ. އެއޮތީ އިޢްތިރާފް ވެފައި. ޙައްޤު އަދަބު ދީ

    70
    3
  16. Anonymous

    ރަނގަޅު މީހަކު ނަބިއްޔާއަށް ،އިސްލާމްދީނަށް ފުރައްސާރަ އެއް ނުކުރާނެ. ރާބުއި މީހާއަށް ޙައްެޤު އަދަބު ދެއްވާ.

    81
    1
  17. Anonymous

    މިކަލޭގެ ހަމަ ސޯލާ ޝިރާޒް ބުއީތާ.
    މިކަލޭގެއަށް ވާގިވެރިވާ މީހުން ކީކޭ ބުނަނީ.
    ޝެއިޚް ޙުސެއިން ރަޝީދު މިކަމާ ކީކޭތޯ ވިދާޅުވަނީ

    80
    2
    • އާދަނު

      ބަލަގަ އޭނަޔަށް ވާގިވެރިވާ މީހުން އޭނާއާއެކު ހަމަ ގަދަޔަށް ހިއްޕަވަނީ.

      16
      1
  18. ޢިއްތިހާދު

    އިންތިހާބްތަކުގަ ކުރިމަތިލާފަރާއްތަކުން އިސްލާމިކްމިނިސްޓަރީގެ ބަނގުރާލާ މަސްތުވާތަކެތި ބޭނުންނުކުރާކަމުގެ ލިއުމެއްހުށައަޅާގޮތައް އީސީއިން ހަދަންވީ ނިކަމެތިން ވަޒީފާހޯދަން ފުލުސްރިޕޯޓް ހޯދަންޖެހޭ ގާނޫނުތައް ހަދަންމިތިބެނީ އިންތިހާބުތަކައް ކުރުމަތިލާން ތިބިސިޔާސީމީހުން އެތަނުން ރައީސުކަމައްކުރިމަތިލަނީ

    43
    2
  19. އެލެކްސް

    ތިމާފޭހުނު އިލޮށިގަޑު ތިމާގެލޮށް

    59
    1
  20. ޒަބީބު

    ނަޝީދު ރާބޯނިކޮށް ފެނިފައިވާކަމަށް ބުނާ އެތައް މީހަކު ނަޝީދު ރާބޮނިކޮށް ތިމަންނާ ދުށްކަމަށް ބުނެފައިވޭ. އަދި ނަޝީދު ގަންޖާ ބޮނިކޮށް ފެނިފައިވާކަމަށް ބުނާ އެތައްބަޔަކުވެސް ތިމަންނާ ނަޝީދު ގަންޖާ ބިޑި ބޮނިކޮށް ދުށްކަމަށް ބުނެފައިވޭ.

    ނަމަވެސް ނަޝީދު ބަނގުރާބޯކަމަށާއި ގަންޖާ ބިޑި ބޯކަމަށް މީހުން ބުނިކަމުގައި ވިއަސް އެއަށް ބާރުދޭ އެއްވެސް ކިތާބީ ހެއްކެއް ރައްޔިތުންނާއި ހަމައަށް އައިސްފައެއް ނުވޭ. ވީމާ ނަޝީދު އެފަދަ ހަރާމް އަމަލެއް ކުރާކަމަށް ނިއްމޭނެ އެއވެސް ޖާގައެއް އެއިރަކު ނެތް.

    އެހެނަސް މިފަހަރު މިއޮތީ ސީދާ ނަޝީދުގެ އަމިއްލަ އަތުން ނަޝީދު އެޕާޓީއެއގެ ރައީސް ކަމުގައި ހުރި ޕާޓީގެ މެމްބަރުން ތިބޭ ގުރޫޕަކަށް ލާފައިވާ ކިތާބީ ހެއްކެއް. އަދި މިލިއުމުގެ ސައްހަ ކަން ކަށަވަރުކުރުމަށް ޤަނޫނީގޮތުން މިމައުލޫމާތު ހޯދޭނެ ފަދަ ބޭރުގެ ޕްރޮފެޝަނަލް މުއައްސަސާ އަކުން ދީފައިވާ ލިއުމެއް. ވީމާ މިއީ އެއިގެ ސައްހަ ކަމާއިމެދު ސުވާލު ނުއުފެއްދޭނޭ ވަރަށް ބާރުގަދަ ހެއްކެއް ކަމުގައި ބެލެވޭ.

    ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ޤާނޫން ހަދާ މަޖީލހުގެ ރައީސް އަދި ކުރީގެ ރައީސަކު ބަނގުރާބޮމުން ދިޔަކަމަށް އަމިއްލައަށް އެއްބަސްވެފައިވާ މިލުއުމަކީ ކުޑަފަދަ އެއްޗެއް ނޫން. އަދި ނަޝީދު ކުރާކަމަށް އެއްބަސްވެފައިވާ މިހަރާމް އަމަލަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ބޮޑު ހަރާމް ކަމެއް. ވިމާ ބަނގުރަލާއި މަސްތުވާ އެއޗެހި ބޭނުންކުރުމާއި ގުޅޭގޮތުން ޤަނޫނުލް އުޤޫބާތުގައި އަދަބު ކަނޑައަޅަން އޮންނަ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް އެފަދަ ޙަރާމް ކަމެއް ކުރަމުން ގެންދިޔަ ކަމަށް އެއްބަސްވުމުން އެމަޤާމުގައި އެފަދަ ފަރާތެއް ދެމިހުރުމުގެ ހައިސިއްޔަތު އެވަނީ ގެއްލިފައި. އެގޮތުން ނަޝީދު އެމަޤާމުގައި ދެމިހުރުމުގެ މޯރަލް އޮތޯރިޓީ މިހާރު ވަނީ ގެއްލިފައި. ވީމާ ނަޝީދު އަމިއްލަ އަށް މަޤާމުން އިސްތިއުފާ ދޭން ޖެހޭ. ނަޝީދު އަމިއްލަ އަށް އިސްތިއުފާ ނުދީފި ނަމަ މަޖިލީހަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ ޤަރާރެއް ހުށަހަޅަން ޖެހޭ. އަދި މަޖިލީޙުގެ ފުރިހަމަ އަޣުލަބިއްޔަތުން ނަޝީދު މަޤާމުން އަޒުލު ކުރުމަކީ ﷲ ގަންދީ ބޮޑު ހުވައެއް ކޮށްގެން ތިބި މަޖިލިސް އެންމެހާ މެމްބަރުންގެ ބޮލުގައި އެޅިފައި އޮތް ދީނީ އަދި ޤައުމީ ވާޖިބެއް.

    72
    1
  21. ކޮވިޑް

    މާތް ކަލާކޯ އޭނާ ތިބުނާ އެއްޗެއް ބުއިތަ؟ މަޖިލީސް ރައީސް ، ވެރިކަން ކުރި ރައީސް ބަނގުރާ އޭ؟

    61
    2
  22. ބަރުގޮނު

    ﷲއަށް ބިރުވެތިވާ ، ދީނަށް ތެދުވެރިއެއް ކަމަށްވަންޏާ މެމްބަރު ކަމުގެ ހުވަޔާ ޚިލާފުވެވިފައިވާކަމަށް އެއްބަސްވެ ރަޢިއްޔަތުންގެ ކިބައިން މާފަށް އެދޭނެ ނުވަތަ މެމްބަރުކަމުން އިސްތިޢުފާ ދޭނެ.

    49
    1
  23. ރާޖާ

    ނަންބަރ ވަން ބުލްޝިޓް.

    36
    4
  24. ހުއްބުލް ވަތަން

    ރައީސުން ރަލެއް ނުބޯނެ. ވިލާތު ސަރުބަތު ހިއްޕަވާނީ

    52
    2
  25. ހުސޭނުބޭ

    މެސެޖް ޑިލީޓްލުރީ އަނެއްކާވެސް އެކަން ފައްޓަންބާ؟

    44
    1
  26. ތުއްޓެ

    ބަނގުރާ ބުއިމަކީ ގަދަކީރިތި ވަންތަ ﷲ ސުބްހާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅުން ޙަރާމް ކުރައްވާފައިވާ އަމަލެއް. މިޢަމަލު ކުރަމުން ގެންދިޔަކަމަށް އިސްލާމީ ޤައުމެއްގެ ރައީސްކަން ކޮށްފައިވާ ބޭފުޅެއްގެ އިތުރުން ޤާނޫން ހަދާ މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުރި ބޭފުޅަކު އިޢުތިރާފް ވުމުން މަޤާމުގައި ދެމިހުންނެވުމުގެ ހައިސިއްޔަތު އެވަނީ ގެއްލިފައި. ވީމާ ނަޝީދުގެ މިއިއުތިރާފާއި ގުޅިގެން ނަޝީދަކަށް އެމަޤާމުގައި އިތުރަށް ދެމިއެއް ނުހުރެވޭނެ.

    ރައްޔިތުންގެ މަޖިލީސް އަދި ޤަނޫން ހަދާ މަޖިލީހުގެ ކަރާމާތް ދެމެހެއްޓުމަކީ މަޖިލީހުގެ ރައީސް އާއި މަތިކުރެވިފައިވާ ވަރަށް މުޤައްދަސް ވާޖިބެއް. ހަމައެހެންމެ އެމަޖިލީހުގެ ކަރާމާތް ދެމެހެއްޓުމަކީ އެމަޖިލީހުގެ ދެންތިބި މެމްބަރުންގެ ބޮލުގައި ވެސް އެޅިފައިވާ ވަރަށް މުޤައްދަސް ވާޖިބެއް.

    ވީމާ ނަޝީދުގެ މިއިއުތިރާފާއި ގުޅިގެން ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަކީ އިސްލާމީ މިދައުލަތުގެ ކަރާމާތް ދެމެހެއްޓުމާއި މަޖިލީހުގެ ކަރާމާތް ދެމެހެއްޓުމަށްޓަކައި ނަޝީދު ކުރައްވަން ޖެހޭ ކަމެއް. އަދި ހަމަ އެހެންމެ ޤައުމުގެ ހަމަޖެހުމާއި ސުލްހަ މަސްލަސްކަން ދެމެހެއްޓުމަށް ޓަކައި ވެސް ނަޝީދު މިހާރުން މިހާރަށް ކުރައްވަނަ ޖެހޭ ކަމެއް. މިގޮތަށް ޢަމަލުކުރުމަކީ ޑިމޮކްރެސީގެ ރީތި މިސާލު ދެއްކުން. އަދި މިގޮތަށް އިސްތިއުފާ ދިނުމަކީ ތަހުޒީބު ގޮތް އަދި ތަހުޒީބު ފަލްސަފާގެ ނަމޫނާ ވެސްމެ.

    ނަޝީދު މިގޮތަށް ޢަމަލު ނުކުރައްވައިފި ނަމަ މަޖިލީހުގެ ދެން ތިބި މެމްބަރުން ނަޝިދު އަޒުލުކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅަންޖެހޭނެ އަދި މަޖިލީހުގެ އަޣުލަބިއްޔަތުން ނަޝީދު އަޒުލުކުރަން ވެސް ޖެހޭނެ. މިގޮތަށް މަޖިލީހުގެ މެމްބަރުން ޢަމަލު ނުކޮށްފިނަމަ ރައްޔިތުން މަގުމައްޗަށް ނުކުމެ ނުރުހުން ފާޅުކުރުމާއި މުޒާހަރާ ކުރުމުގެ ސަބަބުން ޤައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގެއްލިގެން ހިނގައިދާނެ.

    42
    2
  27. ލަޒް

    ރާ ބުއިން ހުއްދަ ދޯ ތިބުނާ މެދުމިނުގެ ދީނުގަ.

    39
    2
    • އެސިޑޭ

      އެހެންވީމަފަސްވަގުތު ބޮއިގެންދޯ މިމީހާ ފަސްވަގުތު ނަމާދަށްވެސް އެއަރަނީ....ބޯހަލާކު

  28. އަންތަރު ބިން ޝައްދާދު

    ރައީސް ނަސީދު ( އަންނި ) އަކީ އެއްގޮތަކަށްވެސް ރާފޮދު ހިއްޕަވާ ބޭފުޅެއްކަމެއް ކުރިއަކުން ދިވެހިން ނުދަނޭ ، މިހަބަރަށްފަހު ރައީސް ނަސީދުއާމެދު ދިވެހިން ދެކެމުން އައިގޮތް ކޮންމެވެސް މިންވަރަކަށް ބަދަލުވުމަކީ ވަރަށް ގާތްކަމެއް، ރާއްޖޭގެ ފަހުރުވެރި 56 ވަނަމިނިވަންދުވަހުގެ އުފާވެރި ދުވަސްތަކާ ދިވެހިން ބައްދަލުކުރަމުންދާ މިދަނޑިވަޅުގައި ރާއްޖޭގެ ރައީސްކަންކުރެއްވި ބޭފުޅަކު އަދި މިހާރުގެ ދައުލަތުގެ އެއްބާރުގެ ވެރިޔާ ބަނގުރާ ހިއްޕަވާކަމުގެ ހަބަރު މިގޮތަށް ފެތުރިގެންދިއުމަކީ އެމަނިކުފާނުގެ ސިޔާސީ ކުރިމަގަށް ލިބޭނޭ ވަރަށްބޮޑު ގެއްލުމެއް.އަޅުގަނޑުގެ ދުއާއަކީ ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބެވި ވެރިން ބަނގުރާހިއްޕެވުމުން ސަލާމަތްކުރައްވައި ސީދާތެދުމަގު ދެއްކެވުން..

    16
    2
  29. ާއަޙުމަދު

    ފިތުނަ ފަސާދައުފަންދަށްވިޔަސް ތީ ބޮޑުވަރު ހަމަހޭގަ ހުރެގެން ތިލިޔުން ކިޔާލުމަށް ފެނޭ މީހަކާ ނަފްރަތު ވިޔަސްވާން ޖެހޭނީ ވަކިވަރަކަށް ސުބުޙާނަންﷲ

    6
    21
  30. މުޙައްމަދު

    ރާބުއިން ހުށްޓާލައިފިއްޔާ އިރުވެސް ނައަރާނެ. ފަޅުގައަލާފަ ހުންނަޔޮޓްފަހަރާ ރެސޯރޓްތަކަށްގޮސް އަބަދުވެސް ފާޅުގަ އޭނަކުރާކަމެއްތީ.

    20
    2
  31. މަޑުކަށި

    ޢެއީ މަޑުކަށި ވުމަކީ

    20
    1
  32. ބޮޑު މޮހައްމަދު

    ބަނގުރާބޯ ލާދީނީ ނަޝީދު

    22
    2
  33. މާސްޓަރ

    ވަގުތު ނޫހުގަ މިތިބަ ބުރާންތިންވެސް އުޅޭ ވައްތަރެއްދޯ.

    5
    29
    • އައްޑޫޝަކުވާބޯޓު

      ޝާނީއަށް ހަމަ ސާބަސް! ތެދު ހަގީގަތް، އެއްްވެސް ފަސްޖެހުމެއްނެތި ކެރިގެން ގެނެސްދިނީތީ. ޝުކުރިއްޔާ!

  34. ހަސަދު

    ކުރީގެ ފޮރިންމިސްޓުރީގެ ބެފުޅުން ވެސް 'ޖޫސް" ހިއްޕެވި. އަދި "ޖޫސް" ނުހިއްޕަވަންނާ ޕުރޮމޯޝަން ވެސް ނުލިބޭ.

    11
    2
  35. ހަސަދު

    މީނާ އަޅެ ހަމަތަ.

    17
    1
  36. ޢބްދުއްﷲ

    ރައީސް ނަޝީދު ބަނގުރާ ބުއިން ހުއްޓާލައިފި

    2 ގަޑިއިރު ކުރިން ( ޖުލައި 27, 2021 )

    ބަލަބަލަ މިވީ ކިހިނެއް

    މުލިއާގެއިން ނެރުނީ ވެސް މިއެއް ޗެހި ސިޓީއުރައިގެ ވަސީލަތުން ލިބުނީވެސް މިއެޗެހި.

    މިކަލޭގެ މާފޯރި ދައްކާފަ އެދައްކީ އިސްލާމް ދީނުިގެ އަނެއް ގޮތަކީ މީދޯ؟

    M D P ކުދިންނަށް ރައީސަކަށް ލާން މިލިބުނީ ރާބޯމީހެއް ؟

    M D P ސްޕަރ މެޖޯރިޓީގަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ލާން ލިބުނީ

    ރާބޯމީހެއް ؟ ހުރިހިތާމައެއްގެ ބޮޑުކަމާ!!!!!!!!!!!!!!!!!!!!!!!!

    24
    3
  37. އަޙްމަދް

    ތިވާނީ ފޭކުލިއުމަކަށް!
    އެމަނިކުފާނު އެފަދަ ކަމެއް ނުކުރައްވާނެ އެވެ.
    ދިީންވެރި ޚުލުގު ރަނގަޅު ޢިއްޒަތްތެރި ރައީސް އެފަދަކަމެއް ކުރައްވަފާނެ ތޯއެވެ؟

    10
    13
  38. މަޖާނަގާ ގެރި ސަރު ކާރޔ

    ކާފަރު އެލެކްސް އުޅޭ ގޮތައް އެންމެންވެސް އުޅެންވީ އޭނައައް އަޅުކަން ކޮއްގެން.... أعوذ بالله

    15
    7
  39. މީކާއީލް

    ޜާބުއިކަމަށް އެއްބަސްވީމަ އިސްލާމް ދީނުގަ އޮންނަގޮތަށް އިންސާފުން މިމީހާއަށް ހުކުމް ކުރަން ޖެހޭ.....އަދި އެމްއެމްޕީއާޜްސީ ވައްކަމުގަ ހިމެނޭ އެންމެންގެ އަތްވެސް ބުރިކުރަންޖެހޭ....އިސްލާމީ ޝަރީއަތް ޤާއިމްކުރުން މާލަސްވެއްޖެ....ގައުމު ހައްދުފަހަނައަޅާ މިދަނީބޮޑެތި ހަރާމް ކުށްތަކަށް ހައްގު އަދަބު ނުދޭތީ

  40. މހމމ

    ލޮލް.. ދިސް އިޒް ކައިންޑަރ އެންމްބެރޭސިންގ..

  41. ޝޫލާޝިރާޒް

    ބަނގުރާ ބުއިކަން ސާބިތު ވާނީ އަދުލުވެރި ހަތަރު ފިރިހެނުންގެ ހެކި ބަހުން

    2
    1
  42. ލަންޑަނު

    ތިޔަކަހަލަ ލިޔުމާ ޑިގްރީ އާއި ޕީއެޗްޑީ އާއި ތީ ލަންޑަނުގަ ފައިސާ ހުރިއްޔާ ދީފަ ބޭނުން ގޮތަކަށް ގަންނަންލިބޭ އެއްޗެހި. ތިކަހަލަ ބޭފުޅުންނަށް ލަންޑަނަކީ ވިލިމާލެ އަށް މޫދަށް އެރެން ދިޔުން ކަހަލަ ކަމެއް.

    3
    1
  43. ހ. ހުސައިން

    ބައެއްބޭފުޅުން ކޮމެންޓުކޮށްލާއިރު ތިމާ އެއްވެސް ފާފައެއްނުކުރާކަހަލަ. ބަލަ ތިބާގެވެސް ފަސްބައި ބަލާލީމާނޫންތަ ފަސްބައިގަ ހޭކިފަހުރި ހަޑިއެއްވެސް އެނގޭނީ. އަނެއްކާ އެހައްދުވަހުނޫންތަ ފުލުހުން އެ ހާމަކުރީ އަމީރަކަށްވެގެން އުޅުނު ބޭފުޅުންގެ ފޯނުން ފެނުނު މަންޒަރުތަކުން ލޯ ތަރަތަރަ ޖަހައިގެން ދިޔަވާހަކަ. ސަލާމަތްކަން އޮތީ ނަފުސު ތޯހިރުކޮށްގެން. ކުށެއްކުރެވިފައިވާނަމަ އެކަމަކުން ދުރުވެ ތައުބާވުމަށް ވުރެ ރަނގަޅުގޮތެއް ނޯންނާނެ. ހެއްދެވި ފަރާތުގެ ރުހުން ފިޔަވާ އެހެން ފަރާތެއްގެ ރުހުމަކުން ކުރާނެ ފައިދާއެއް ނުމެނެތް.

    6
    4
  44. ބެއްޔާ

    މީނާ ކޮންމެސް ކަމަކުން ބަރީއަ ވާންވެގެން ޑޮކްޓަރަކު ލައްވާ ތައްޔާރު ކުރި ލިޔުމަކަށްވާނީ. ތީގެ އަޑީގައި ހުންނާނީ ހާމުންޑި(ހާޑިންހަމް).

    2
    1
  45. ކުތުބު

    ކައުންސިލް އިންތިހާބުގައި ނަމާދުކުރަން ހުރި ފޮޓޯގަދެއ

  46. ކުތުބު

    ކައުންސިލްއިންތިހާބިގައި ނަމާދުކުރަންހުރި ފޮޓޯގަނޑެއް 2023 އަށް ބަގުރާ ބުއިންހުއްޓާލި ކަމުގެ ރިޕޯޓެއް ދެންވިސްނާ މީނަގެ ވަރު

  47. UH

    HAHAHHAHA FUNNIEST HEADLINE EVER!

    3
    2
  48. ނާދިރާ

    މޑޕ މީހުން ހިތާހިތުގެ ގުޅުން އޮތީ އެމީހުން ބޭނުންވާ ކަހަލަ އެއްޗެތި ބޯމީހަކާ.

    6
    1
  49. އަބްދޫ

    އިންޑިޔާއަށް ކުރި ރަސްމީދަތުރުގަ ރާތަށި ހިއްޕަވައިގެން ހުންނެވި ފޮޓޯ މިހާރުވެސް އެބްއޮތް. އޭނަޔަކީ ކުރިން ޑްރަގް ނެގި މީހެއް ޑްރަގް ނެގީ މ. ވައިނުޖެހޭގެ ޒުހައިރުއާއެކު ވައިނުޖެހޭގޭގަ. ޒުހައިރު ހައްޔަރުކުރި ޑްރަގް މައްސަލާގަ އެންމެފުރަތަމަ ހުކުމް ކުރި މީހަކީ ޒުހައިރު. ބޮޑުހިތީގަ ރޯދަނުހިފާ ބަގުރާލާ ކާތަކެތި އޭނަ ކޮޓަރިއަށް ނުވައްދައިގެން ކިތަންމެ މީހަކު ވަޒީފާއިންވަކިކުރި. މުލީއާގެ އިން ނެރުނު ރާކޭސް ތަކުގެ ތަހުގީގު ވެސް ފަށަންޖެހޭނެ،

  50. ޖާނޭ

    ނަމާދުގައިވެސް ކުށު ސަޖިދަ ޖަހަނީ ކުށެއް ކުރެވުނީމައެވެ. އަލުގަޑުމެނަށް އެގިފައިވާ ގޮތުގައި އެމަނިކުފާނަކީ ދުވަހަކުވެސް ރާނުހިއްޕަވާ ބޭފުޅެކެވެ. ޢިންޑިޢާގައި ސޫލާ ސިރާޒު ހިއްޕެވި ކަމަށް ފެތުރުނު އަޑު ތަކަކީވެސް އިދިކޮޅު މީހުން ފެތުރި ދޮގު ޚަބަރު ތަކެކެވެ. ވީމާ، މިހާރު ހުއްޓާލި ކަމަށް ބުނީމަ ވަރަށް ހައިރާން ވެއްޖެއެވެ. ކަމެއް ހިގީމަ ހުއްޓާލެވޭނީވެސް. ފެށިފަ އޮތް ކަމެއް ނުހިގަން ފެށީމަ ހުއްޓުނީ ކަމަށް ބުނެ އުޅެނީ. ވީމާ، ތިޔަ ކަމަކީ ހިގާ ކަމެއް ކަން ޔަޤީން ކޮށްދިނީވެސް ޚުދު އެމަނިކުފާނެވެ.ވީމާ، އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރުމަށް ގޮވާލަން. އަދި ރާބުއިމުގެ އަދަބު ލިބިގަތުމަށް އެމަނިކުފާނަށް ގޮވާލަން.

    5
    2
  51. މަނީމަނީ

    ކިތައްމީހުން ހުއްޓާލިކަމައްބުނެ އަލުންބޯންފަށާ

  52. ލީފް

    މިކަން އިބޫއަށްވެސް އެނގޭނެ އެކުގަ އުޅޭތާ އެތައް އަހަރެއްވާއިރު. އެކަމުވެސް އަންނިއާއެކު އަބަދު ހުންނާނީ.

  53. ާއަޙުމަދު

    އިގިރޭސި ބަހުން ލިޔެފަ ހުންނަ އެއްޗެތީގެ މާނަ ނޭންގެންޏާ ތަރުޖަމާ ކުރަށް ދަސްކުރަށް އެބަޖެހޭ ތިމާނަ ކުރިކުއްޖާ އަށް އިތުރަށް އިގިރޭސި ކިޔަވައިދޭން ޖެހޭކަން ފާހަގަ ކުރަށް

    1
    4
  54. ާޝާޚް

    އެއީ ހުދުފޮތި ކޮޅެއް

  55. އެގިލައްވާތޯ

    އަބޫޖަހުލު އާ އަބޫލަހަބަކީ ދެމީހެއް
    މިިއުއްމަތުގެ ފިރުއައުނު އަކީ އަބޫލަހަބް
    ތައްބަތް ޔަދާ އަބީ ލަހަބީވަތައްބް ގުރްއާނުގައި މމިވަނީ ސާފްބަހުން އަބޫލަހަބްގެ ނަންގަނެވިފަ

    އަބޫލަހަބަކީ ކާފިރެއް
    އަބޫޖަހުލަކީ މުސްލިމެއް

    2
    5
    • ރަނގަޅު ގޮތަކީ

      ތެދެއް..އަބޫޖަހުލާއި އަބޫލަހަބަކީ ދެމީހެއް..މިދެމީހުންނަކީވެސް ކާފަރުން..އަދި މީގެތެރެއިން މިއުއްމަތުގެ ފިރުއައުނަކީ އަބޫޖަހުލު.

    • 2މީހުންވެސް

      އަބޫޖަހުލަކީ ވެސް ކާފިރެއް

  56. ހުސެން

    ހުސޭނާ ކޮބާ މިއޮތީ މިސޮރު ރާބުއި ކަމަށް އިއުތިރާފް ވެފަ.ދެން ބުނޭ ހުއްދައޭ.ކޮބާ އިންސާފު.ހަކުރު ޕީސްކޮޅުގެ އަދަބަކީ ޖަލު ހުކުމެއް.ރަލާއި ހަކުރާ ގަންޖާ މިއީ މަސްތުވާ އެއްޗެހި،ހިކިޔަސް ދިޔަކަސް މަސްތުވާ އެއްޗެހި ވާނީ މަސްތުވާ އެއްޗިއްސަށް.ރަލަކީ މަސްތުވާ އެއްޗެއް.ހުސޭނާ ކޮބާ ކަލޭގެ ރަޢުޔު.އަދުލުއިންސާފުވެރި ވެރިކަމެއް ނަމަ މީނާ އަށް އަދަބުދެވޭނެ.މިއޮތީ އިއުތިރާފެއްް

  57. ހުސެން

    ތޯރާބީ

  58. ބައިބައި ކަލޯ

    ޢަންނި، ރާއްޖޭގެ ސިޔާސީ މައިދާނަށް އަލްވަދާއު ކިޔާދެން. ލަންކާގަޔާއި، އިގިރާސި ވިލާތުގެ ޕަބްތަކުގައި ހެޕީ އަވާގައި ހިތާމަފިލުވަން ހަޔާތުގެ ބާކީބައި ދުއްވާލަން ރަގަޅުވާނެ. މާރަގަޅު ބަދަލުތައް ގެންނާނެ، ދިވެހި އިސްލާމީ އާދަކާދަތަކާ ގުޅޭ ލީޑަރުން މިރާއްޖެއިން ލިބޭނެ. ހެހެހެ.

  59. މޯދީ

    މޯދީ ކީ ބައްޗޭ ޒިންދާ ބާދް

  60. ރީތި މޫސަ

    ރާބޮއިފިނަމަ ޤާނޫނުގައިވާ އަދަބުލިބެންޖެހޭނެ މީތެދެއްތޯބަލާ ޝަރީއަތުން ސާބިތުކުރަންޖެހޭ ނޫންނަމަ ރައްޔިތުން ތަމްސީލު ކުރާމަޖުލީހުގެ ރައީސްގެ ގޮތުގައި އެގޮނޑީގައި އިނުމަކީ ކޮށްގެންވާނެކަމެއްނޫން

  61. ނާސިރ

    ރާބުައިމަކީ ހަރުކަށިކަމެއް ނޫންބާ؟
    ރާބޯންޖެހޭކަމަށާއި ބޮވެންޖެހޭނެކަމަށް ބުނުން ހަރުކައްޓެއް ނޫންބާ؟
    ރާބޯމީހުން ޤާނޫނުހަދާމަޖިލީހުގެ ޙުރުމަތްތެރި ގޮނޑިތަކުގައި ތިބުމަކީ ވަރަށް ވިޔާނުދާ ކަމެއް.
    ރާބުއިން ހުއްޓާލިޔަސް، ދެން އިތުރަށް މަޖިލީހުގައި އިންނެވުމަކީ ތަނުގެ ޙުރުމަތް ކެނޑޭ ކަމެއް.
    ބަގުރާބަުއިމާއި އަނިޔާވެރިވުމާއި ދީނުގެ ޙުރުމަތް ކަނޑާލުމަށް 0 ޓޮލަރޭޝަން.