ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު، ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ޔުނައިޓެޑް އަރަބް އެމިރޭސްޓް (ޔޫއޭއީ) އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ނުރަސްމީ ދަތުރުފުޅު ނިންމާވާލެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަންވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. މި ދަތުރުފުޅުގައި ފަސްޓްލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަންނަވާ ކަމެއް ރައީސް އޮފީހުން ވިދާޅެއް ނުވެއެވެ.

މި ފަހަރުގެ ބޮޑު އީދާއި މިނިވަން ދުވަހާ ދިމާކޮށް ލިބުނު ޗުއްޓީގައި ހދ. ތިން ރަށަޖަށް ޒިޔާރަތް ކުރެއްވުމަށް ފަހު ރައީސްއާ އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ސްރީލަންކާއަށްވެސް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. ރައީސްގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ ލަންކާގައެވެ.

ހުސްވި ޖޫން މަހުގެ ފަހުކޮޅުވެސް ރައީސް، ދުބާއިއަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅަކީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ކުރެއްވި ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަދު

    ސަރުކާރު ބަނަދުކޮށްފައި މިރައީސް ޗުއްޓީގައި. ގައުމު އޮޔާދަނީ. އަޅުގަނޑުމެން ފަސްއަހަރު ނިމެނެ ދުވަހެއްގެ އިންތިޒާރުގައި.

    19
    1
  2. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

    މިނޫން ކަމެއް ސަރުކާރު އިސްވެރިންގެ ނެތެއްނު އެއްތަނުން އައިސް މާލޭގައި ފައިނުޖެހޭ އަނެއްތަނަކަށް ނައްޓާލާއިރު

    19
  3. ފަޒީ

    ދުބާއީ އަށް ވަޑައިގަންނަވަނީ ކޮއްކޮއަށް 40ވެގެން ފާތިހާ ކިޔަން.

  4. ކާފަބޭ2020

    އާންމުންގެސަމާލުކަންވަކިދިމާލަކަށް ފޯކަސްކުރުވާފަ ސޯލިބޭމިއުޅެނީ އަތްއަނބުރާލާފަ އަޑިނޭގޭއެއްބަސްވުންހެދުމާ ދަތުރުފަތުރުކުރުމުގާއަވަދިނެތި! ފަލަސުރުޚީގައަންނި ދެމީހުން ގުޅިގެންތިގޭސްގަނޑު ކިހާދުވަހަކުއަނބުރާރައިއްޔަތުން ގުނބޯ ހެއްދޭނެކަމައްތޯ؟ ދެކަށީގެމީހުނަށްވެސްވާނުވާ ނޭގޭކަމަށްތޯ؟

  5. ފޭރާން

    މީނަ އެކޭ ނަޝީދެކޭ ޝާހިދެކޭ ކޮބާތަފާތެއް! ލާހޫރޭ ބައިގަނޑެއް! ގައުމު އޮޔާގޮސް ނިމިއްޖެ! ކުރާ ކަމެއް ހަަމަ ހަރާން! ކޮސް އަނގަތަޅަމުން ގައުމުގެ ލާރިގަނޑު ތަޅާދޮންނަމުން އުދުހެނީ! އެހެން ގައުމުތަކުގެ ވެރިން ވަޒީރުން ނޫޅޭ މި ބައިގަނޑު އުޅޭހެނެއް. ދިވެހިން ހޭއަރަން ވެއްޖެއެންނު!