ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަލްގޭރިއާއަށް ރޭ ފުރާވަޑައިގެންފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބަލްގޭރިއާ އަށް ފުރާވަޑައިގެންނެވި އިރު، މި ދަތުރު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޝާހިދުގެ މި ދަތުރުގައި ބަލްގޭރިއާގެ ފޮރިން މިނިސްޓަރު ސްވެޓްލާން ސްޓޯވްއާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖެއާއި ބަލްގޭރިއާއާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، އިތުރަށް ދެ ގައުމު އެކުގައި ކުރިޔަށްދެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ހަމައެހެންމެ އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުންވެސް މިނިސްޓަރު ޝާހިދު އިސްކަންދެއްވާ ކަންކަމާމެދު މަޝްވަރާ ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ދާދި ފަހުން ވަނީ އަވަށްޓެރި އިންޑިއާ އަށް ކާމިޔާބު ދަތުރެއް ކުރައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ފަސް އަހަރުގެ ޓެރެވަލަރ.......... ސަޅި

  2. ކެޔޮޅު

    ސާބަސް އެއްގޮތަކައްވެސް މިފަސްމަތީ މަޑުނުވާތި މާދަންކަންނޭތްގެ ތިކަންނިމޭނީ!!