ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާ ގުޅިގެން މިނިވަން ދުވަސް ފާހަގަކުރަން ހޯމް މިނިސްޓްރީން ހިންގާ ހަރަކާތްތަކުގެ ފަހަތުގައި ވަނީ އިނގިރޭސި ދައުލަތާ މެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކަށްހެން ފަހަކަށް އައިސް ބޮންޑެއާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހަރާކޮށްލަން ބިން ބޮމުގެ ހަމަލާއަށް އިމްރާން ދައްކަވާ ބައެއް ވާހަކަތަކާ މެދު އެމްޑީޕީގެ އެ މެންބަރުންގެ ނުރުހުން އޮވެއެވެ. އެއް ކަމަކަށް ނަޝީދުގެ ހާލުކޮޅު މުޅިން ރަނގަޅު ނުވަނީސް ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެ މީޑިއާތަކަށް އިމްރާން މައުލޫމާތު ދެއްވުމުންނެވެ. ދެވަނަ ކަމަކަށް ރާއްޖޭގައި "އަނދިރި ދައުލަތެއް" ނެތް ކަމަށް އިމްރާން ވިދާޅުވެ މީޑިއާއަކަށް އިންޓަވިއު ދެއްވުމުންނެވެ.

"އަނދިރި ދައުލަތް" އަކީ ހަރުކަށި ފިކުރު ފަތުރަން އުޅޭ މީހުންގެ ބާރު ދިވެހި ދައުލަތުގައި އޮތް ކަމަށް ބުނެ ނަޝީދު ފާހަގަކުރައްވާ ބަސްފުޅެކެވެ.

ރާއްޖޭގެ 56 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި ވީޑީއޯ އުފެއްދުންތައް އުފެއްދުމަށް ހޯމް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި އެންގުމަށް ފާޑުވިދާޅުވަމުން ބޮންޑެ ވިދާޅުވީ އެ މަސައްކަތަކީ އިނގިރޭސި ދައުލަތާ މެދު ނަފްރަތު އުފައްދަން ކުރާ ކަމެއް ކަމަށެވެ.

"އިނގިރޭސިންގެ ހިމާޔަތުގައި އަޅުގަނޑުމެން ތިބީ، އެހެންވެ މިނިވަން ދުވަސް މިހާރު ފާހަގަކުރަން އެ އުޅެނީ އިނގިރޭސި މިހާރުގެ ދައުލަތާ ދެކޮޅަށް، އިނގިރޭސިންނާ މެދު ދިވެހި ޒުވާނުންގެ ހިތްތަކުގައި ނަފުރަތު އުފައްދަން،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ ހޯމް މިނިސްޓްރީން އެ ކުރާ މަސައްކަތަކީ އެ މިނިސްޓްރީގެ މެންޑޭޓްގައި ވެސް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެ ކުރާ ކަމަކީ އިސްލާމް ދީނާ ކަނޑައެޅިގެން ޚިޔާލު ކަމެއް ކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ.

"އިސްލާމް ދީނަކީ ދުނިޔެ ސުލްހަ ކުރާ ދީނެއް. އިސްލާމް ދީނަކީ ދުނިޔެ ހަލާކު ކުރާ ދީނެއް ނޫން. ނަފުރަތުގެ ދީނެއް ނޫން." ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން ފެއިލްވެފައިވާތީ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އިމްރާންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހަށް ވެސް ނުގެންދެވޭ ވަރަށް ސަރުކާރުގެ ބާރާއި މަޖިލީހުގެ ބާރު މަސްހުނިވެ އެއްކޮށްލާފައިވާ ކަމަށް ވެސް ބޮންޑެ ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކޭބަލް ކާރު

    މީނަ އަޚުލާގު ފޮތުން ކިޔާލިންތަ؟

    17
  2. ނުރަބޯ

    ފަހަރިއިއްމަ އަށް ތިމަގާމް ދިން އިރުވެސް އިނގޭދޯ ހަރުފައަކަށް ކަން މިދެވެނީ

    6
    2
  3. ހައިރާން

    ކިހާ ބޮޑުވެއްޖެ ކަމެއްތަ މިއީ. ބޮންޑޭ ކަލޭ އަނގަޔަށް އެއްޗެއް ލައިގެންވެސް އަނގަ މަޑުންލައިގެން ހުރެބަލަ. ފިތުނައިގެ ހުޅު ރޯނުކޮށް.

    14
  4. ޒަބީބު

    އިނގިރޭސީންނާއި މެދު ނަފްރަތު އުފައްދަން މީހަކު މަސައްކަތް ނުކުރާކަން އެނެމެ ރަންގަޅަށް އެނގޭނީ އިނގިރޭސިންނަށް. ސަބަބަކީ އެމީހުންގެ އިސްތިއުމާރީ ހަޔާތަކީ އެމީހުންނަށް އެއްވެސް ޝައްކަކާއި ނުލައި އެނގޭކަމެއް. އަދި މާލޭގައި ބަނދަރު ކޮށްފައި އޮތް އިންގިރޭސި މަނަވަރުގެ ބޮޑު ބަޑި މާލެއާއި ދިމާލަށް އަމާޒުކޮށްފައި ބަހައްޓައިފައި އެލަދުވެތި އިސްތިއުމާރީ އެގްރީމެންޓްގައި ސޮއިކުރަން ހުށަހެޅި ޙުށަހެޅުމަކީ ވެސް އިނގިރޭސީންގެ އިސްތިއުމާރީ ހަޔާތުގެ ސިލްސިލާގެ ތެރެއިން ހިނގައި ދިޔަ ޙާދިސާއެއް ކަން ވެސް އެންމެ ރަންގަޅަށް އެނގޭނީ އިނގިރޭސީންނަށް. އަދި އެ އިސްތިއުމާރީ ލަދުވެތި އެގްރީމެންޓްގައި ސޮއި ކުރުމަށް ވުރެ އެމީހުންގެ ބަޑީގެ ވަޒަނުން ޖެހި މަރުވުންވެސް މާރަނަގަޅުކަމަށް އެއިރުގެ އުއްތަމަފަނޑިޔާރު ނާއިބު ތުއްތު ވިދާޅުވިކަން ވެސް އެންމެ ރަންގަޅަށް ހަނދާން ހުންނާނީވެސް އިނގިރޭސި ސަރުކާރުކަން އެމީހުންނަށް އެގޭނެ. ވީމާ ބޮންޑެ އަށް ނަޝީދުގެ އަނގައިން ބުރާކުޅު ނޫން އެއްޗެއް ނޭގުނަސް ދިވެހިން މިދައްކާ މިނިވަންދުވަހުގެ ވާހަކަ އަކީ ހަޤީޤަތުގައިވެސް އިނގިރޭސީންގެ ބެލެނިވެރިކަމުގެ ބާރުން ދިވެހިރާއްޖެ މިނިވަންވުންކަން އެމީހުންނަށް ޝައްކަކާއި ނުލައި އެނގޭނެ. ވީމާ އެވާހަކަ ދައްކައިގެން އިނގިރޭސީންނާއި މެދު އުފެއްދޭނެ ނަފްރަތެއް ނޯންނާނެކަން ވެސް އެނމެ ރަންގަޅަށް އެނގޭނީ އިނގިރޭސީންނަށް. ބަލަ ނަޝީދު ވަށައިގެން ތަވާފްކުރަމުން ސަނާކިޔަމުން ދުވުނަކަސް ދިވެހި ރާއްޖޭގެ މިނިވަންކަމުގެ ތާރީޚް ބޮންޑެއަކަށް ނޭގޭނެ. ޤާނޫންހަދާ މަޖިލިހުގައި އިނަސް އުޑުގައި އިނަސް އެއެއްޗަކުން ނުކުނާނީ އެއެއްޗެގައި ހުރި ދިޔައެއް.

  5. ދެއްވަދޫ ވަގު

    ރާޢްޖެއަކީ އެއްވެސް ޒަމާނެއްގައި އެއްވެސް ގައުމެެއްގެ ބައެއް ނޫން.
    އަބަދުވެސް މިނިވަން ގައުމެއް

    15
  6. ހުސޭނުބޭ

    މިވަރުގެ ދޮޅުގަމާރެއް މި ރާއްޖެއަކުވެސް ނުހުންނާނެ! އެއްޗެއް އެނގިގެން ހުސްއަނގަތަޅާމީހެއްނޫން މިއީކީ!

    13
  7. ޙާކިމާ

    މޮޔަ ބޮންޑޭ

    10
  8. ޙަސަނު

    ބަލަގަ ހޭބައްޔާ އިނގިރޭސިންނަ ކީ އަނިޔާވެރި ބައެއް ފަލަސްތީން އަޅުވެތި ކޮށް ޒަޔަނިސްޓުން އެ. މާތް ބިމުގަ ވަޒަންވެރި ކުރުވީ ވެސް އިނގިރޭސީން

    12
  9. ގުދޯގުދޯ

    ބަލަގަ އިމްރާން އެކަންޏެއްނޫން ކަލޭމެން ކުރަނީ ކަލޭމެންގެ މޭންޑޭޓުގަ ހުރިކަންތައްތަ

  10. ޢެލެކޮސް

    މިގަހަލަ ގަމާރުންނަށް ވޯޓު ދެވުނީތީވެސް ރައްޔިރުން ދެރަވޭނަ، ބަލަ މަރު މޯލާ ކަލެޔަށް މަޖިލީހުގައި އަގަފުޅާކޮށްފަ ވާހަކަވެސް ތިދެއްކެނީ ބަޔަކު މިގައުމުގެ މިނިވަންކަމަށްޓަކައި އެބޭފުޅުންގެ ލެޔާއި ފުރާނައިން މިގައުމަށްޓަކައި ގުރުބާންވެފަ ވާތީއެވެ. މި ބތއިންނަށް ގައުމީބަތަލުން މީ އެއްވެސް ބައެއްނޫން ޕާރޓީގެ ރޫހާނީ ލީޑަރ ފިޔަވާ

  11. ގލ

    މާބޮޑަށް އަމިއްލަ މީހާ ފެނިއްޖެނަމަ މުޅިންވެސް ގޮވޭނީ
    ކޮހެވެ.

  12. ނާއިޝް

    އެމެރިކާ އަދި އެހެން ގައުމުތަކުންވެސް އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުމުން އިންޑިޕެންޑެންސް ޑޭއި ފާހަނގަކުރޭ. އައްނި އަކީ ހިމާރެއް

  13. އަހުމަދު

    މަ ހީނުކުރަން މި މޮޔަ ބޮންޑޭ މިހާ ގަޅި ވާހަކަ އެއް ދައްކާނެ ކަމަކަށް. ބަލަ ގަމާރާ... ކަލެޔަށް ނޭންގި ތިއޮށް އަޅުވެތިވެ މީހާ ހަފުސް ވަނީ..

  14. ހުސެން

    އިނގިރޭސިން އެމެރިކާ ޔަހޫދީ ޓެރަރިސްޓު ދައުލަތްތަކަކީ މައުސޫމް އަލިފްތަކެއް.ފަލަސްތީނު އަންހެނުންނާއި ކުޑކުދިން އަދި މުސްލިމުން އެއީ ޓެރަރިސްޓުން.މިއީ ބޮންޑެމެން މިކިޔާ ލަވަޔަކީ.އެކަމަކު ދެލޯ ކަނުނޫނިއްޔާމު މި އިނގިރޭސިން މި އެމެރިކާ މި އިޒްރޭލު ހިންގާފައިވާ ޖަރީމާތަކަކީ ފެންނަންހުރި ބޮޑެތި ޖަރީމާތައް،ބޮޑެތި ޓެރަރިޒަމް އެހެނަސް މި ޖޭމްސް ބޮންޑަކަށް ނުފެނޭ.މިއީ ޖޭމްސް ބޮންޑު ފިލްމެއް ނެތްތަ

  15. ސްޕޮޓްލަައިޓް

    ގަމާރަކު ވާަހަކައެއް ދައްކާއިރަށް ޙަބަރުގަ ނުލިޔެބަލަ.

  16. ނަނާ

    މީނަމި އަގަތަޅަނީ ލަދުކޮ ބާ މީނާގެ ކޮއްކޮ ހައުސިން މިނސްޓުރީގަހުރެގެން މީހުންގެ ހައްގުތަކައް ައަރާވާހަކަ ނުދައްކާ އެހެންމީހުންގެ ވާހަކަ އެ ބަދައްކަޔެއްނު ވަކިމީހަކައް ފައިދާވާގޮތައް ކަންތައްކުރާވާ ހަކަދހައްކަ ބަލަ .ފުރަތަމަ އަމިއްލަ މީހާގެ ކޮއްކޮ އިސްލާހުކޮއް ބަލަ.

  17. ބޯބުޅި

    އިނގިރޭސީންނަށް ޔޫރޯ ކާމިޔާބު ނުކުރެވުމަކީ އަހަރެމެން ދިވެހީންގެ ކުށެއްތަ؟