ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ސުލްހަވެރި ސިޔާސީ ހަރަކާތް އިސްކޮށްގެން ވެރިކަމަށް ވާދަކުރެއްވުމަށް ނިންމެވުމަކީ ރަނގަޅު ފާލެއް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައި ދުވަހު، އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގެ އިސް ސަފުގައި ކާނަލް ނާޒިމް އާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުންނެވިއެވެ.

ނަޝީދުގެ ވެރިކަން ނިމުމަކަށް އެ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒަހާރާގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ނަޝީދު އާއި އެމަނިކުފާނުގެ ސަޕޯޓަރުން ދެކެނީ އެއީ "ބަޣާވާތެއް" ކަމުގައެވެ. ނަޝީދުގެ ނައިބު ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ނާޒިމްއަށް ޑިފެންސް މިނިސްޓަރު ކަން އަދި ރިޔާޒަށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހަވާލު ކުރެއްވިއެވެ.

އެހެންވެ، ނާޒިމްއާއި ރިޔާޒްއަކީ އެމްޑީޕީގެ ސަޕޯޓަރުން އެންމެ ބޮޑަށް ފާޑުކިޔާ ދެ ބޭފުޅުންނެވެ. އެކަމަކު އެއީ ބަޣާވާތެއް ނޫން ކަމަށް ތަހުގީގު ކުރި ރިޔާސީ ކޮމިޝަނުން ކަނޑައެޅިއިރު ނާޒިމްއާއި ރިޔާޒް ވެސް ރައްދު ދެއްވަނިީ ކޮމިޝަންގެ ރިޕޯޓަށް އިޝާރާތް ކުރައްވައެވެ.

ނާޒިމް އާއި ރިޔާޒް އިސްވެގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާއިރު އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަން ވަނީ އިއުލާން ކުރައްވައިފައެވެ. އަދި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ނާޒިމް ވާދަކުރައްވާނެއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުން ވައްޑެ ވިދާޅުވީ "ބަޣާވާތުގެ" މަގު ދޫކޮށްލައްވާފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތުން ތާއީދު ހޯދައިގެން ވެރިކަމަށް އަންނަން މަސައްކަތް ކުރެއްވުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

ނާޒިމްއާއި ރިޔާޒު ހިމެނޭހެން މަޖިލިހުގެ ފަސް މެންބަރަކު އާ ޕާޓީއަށް ގުޅިވަޑައިގަތެވެ. އެއީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޓަކިބެ

    ވައްޑެއަށް އެބައެނގޭތަ ވައްޑެއަށް ކިޔޭ ނުކިޔޭ އެއްޗެއް؟؟

  2. ޒަބީބު

    އަސްތާ ހާދަ ބޮޑަށް ތިޔަ ބިރުނެގީ؟ އެމްޑިޕީގެ މެމްބަރުންނާއި އަހަރެމެންގެ ރޫހާނީ ލީޑަރު މިހާ ބިރުގަތީމަ ދެން ނާޒިމަކީ ވަރަށް އޮއްޓަރު ހުރި އެއްޗެއްކަން އެގިއްޖެ. މަގޭ ވޯޓު ވެސް ދެން ދޭނީ ނަޒިމްއަށް! ރާބޮމުންދިޔަކަމަށް އިއުތިރާފް ވީމަ ރައީސް ނަސީދުއަށް ރައްޔިތުންގެ އިތުބާރު މިހާރު ވަނީ ގެއްލިފަ.

  3. އަހުމަދު

    މީނަމެން ވަރަހިމަ މީސްމީހުން ބޮލުގައި ތުޙުމަތު އެޅުވިޔަސް. ކޮން ކޯތަކުންތަށް ބަޢާވާތެކޭ ބުނީ. އަޖައިބެއް ނުވާނެ. ވަރަށް ޤަނޫނުވެގެން އުޅެނި..މީހުންގެ އަބުރު ތިކަތިލަނީ...ނަފްރަތު ބިލް ބޭނުމަކީ ކޮބާ ދެން

    7
    1
  4. ސޮއި

    މަޖިލިހުގެ ދައުރު ނިމުމުން ކަލޭ ތިއީ އުޅޭމީހެއްކަމެއްވެސް ބަޔަކަށް ނޭނގޭނެ. ނާޒިމް މެންނަކީ ހިންގުންތެރި ކޮލިޓީ މީހުން

    8
    2
  5. ވައްޑެ

    ލާދީނީ އެމްޑީޕީއާއި ދެކޮޅައް ބަގާވަތް ކުރަންޖެހޭ.

  6. އަޙްމަދު

    ނަޝީދު ވެރިކަމުން ފޭބީ ބަޢާވަތުން ނުންކަން ކޮންމެވެސް މީހަކު މީނާކާރި ބުނަބަލަ! މިފެންނަ ޙަބަރުތައްވެސް ނުފެންނަމީހެތަމީ!