ބ. ފުޅަދޫގައި މޫދަށް އެރި އުޅުނު ދިވެއްސަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒްހަރު "ވަގުތު" އަށް މި ކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ އެއީ އެ ރަށަށް ޗުއްޓީއަށް ގޮސް އުޅުނު ބަޔެއްގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ. ނިޔާވީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 1:10 ހާއިރު އެވެ.

އަދި އޭނާ ފުޅަދޫ ސިއްހީ މަރުކަޒަށް 13:30 ގައިގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުގައި ހުރި ޑޮކްޓަރާއި ހަވާލާދީ އަޒްހަރް ވިދާޅުވިއެވެ.

އޭނާ ނިޔާވީ ބަޔަކު އޮޔާ ދަނިކޮށް އުޅެނިކޮށް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.

މިއީ މިއަދު ހިނގި މިފަދަ ދެވަނަ ހާދިސާއެވެ.

އެގޮތުން މިއަދު ކުރިން ޅ. ކުރެންދޫ ކައިރީގައި އޮންނަ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު ދިވެއްސަކު ގެނބިގެން ފަރުވާދީފައި ވެއެވެ.