ބ. ފުޅަދޫން ގެނބިގެން ޒުވާނަކު ނިޔާވީ އޮޔާ ދިޔަ ކުދިންތަކެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު "ވަގުތު" އަށް ވިދާޅުވީ، އެމީހުންނަކީ މާލެއިން އެރަށަށް ޗުއްޓީ ހޭދަ ކުރުމަށް އިއްޔެ އައި ބައެއް ކަމަށާއި އެމީހުންނާއެކު ފުދޭވަރަކަށް ގިނަ މީހުން އައި ކަމަށެވެ.

އެރަށަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު ރަށެއްކަމުން، ދިވެހިންވެސް ވަރަށް ގިނައިން އެރަށަށް ދެއެވެ. އެރަށުގައި ގެސްޓް ހައުސްތައްވެސް ހިންގައެވެ. މިއީވެސް އެގޮތަށް ޗުއްޓީއަށް ދިޔަ ބައެއް ކަމަށް ވެއެެވެ.

އެހެންކަމުން އެގޮތަށް އައި ބަޔަކަށް ވުމުން އެމީހުންގެ މާބޮޑު މައުލޫމާތެއް ކައުންސިލަށްވެސް އެނގިފައެއް ނުވެއެވެ.

އެ ޒުވާނާ އާއި އެ މީހުންނާއެކު އައި ގިނަ މީހުން އެކުގައި މޫދަށް ދިޔައީ އެރަށު ހުޅަނގު ކޮޅު ތުނޑީ ސަރަހައްދަށެވެ. އެ ސަރަހައްދަކީ އޮއިބާރު ސަރަހައްދެެއް ނޫނެވެ.

އަޒުހަރު ވިދާޅުވީ، އެ ޒުވާނާ ގެނބިފައިވަނީ ރަށުގެ ހުޅަނގު ކޮޅު ތުނޑީ ސަރަހައްދު މޫދަށް ކަމަށެވެ. އެ ސަރަހައްދަކީ އެއީ އެހާ އޮއެބާރު ސަރަހައްދެއް ވެސް ނޫން ކަމަށް އަޒުހަރު ވިދާޅުވިއެވެ.

އެ ޒުވާނާ ނިޔާވީ މޫދަށް އެރި އުޅުނު ކުދިންތަކެއް އޮޔާ ދާތީ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް އަޒުހަރު ވިދާޅުވިއެވެ.

"އެތަނުން މޫދަށް އެރި އުޅުނު ކުދިންތަކެއް އޮޔާދާތީ އޭނާ އެކުދިންތައް ސަލާމަތް ކުރަން އުޅުނީ. އެއްކުއްޖަކު ސަލާމަތް ވެސް ކުރި. ހީވަނީ ޕެނިކް ވެގެން ވީ ކަމެއް ހެން" އަޒުހަރު ވިދާޅުވިއެވެ.

މިއަދުގެ މެންދުރު ފަހު 13:10 އެހާކަންހާއިރު މި ހާދިސާ ހިނގާފައިވާއިރު، ގެނބުނު ޒުވާނާގެ ހަށިގަނޑު 13:30 ގައި އެރަށު ސިއްހީ މަރުކަޒަށް ވަނީ ގެންދިޔައެވެ. އެހެން ނަމަވެސް ސިއްހީ މަރުކަޒަށް ގެންދެވުނުއިރު ވެސް ޒުވާނާ ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުގައި ހުރި ޑޮކްޓަރާއި ހަވާލާދީ އަޒްހަރް ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މެންދުރު ފަހު 14:30 އެހާކަންހާއިރު ކަމަށާއި އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއީ މިއަދު ހިނގާދިޔަ މިފަދަ ދެވަނަ ހާދިސާއެެވެ. މީގެ ކުރިން މިއަދުގެ ވަގުތެއްގައި ޅ. ކުރެންދޫ ކައިރީގައި އޮންނަ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު ދިވެހި އަންހެނަކު ގެނބިގެން ފަރުވާ ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޟަޒް

    ޝަހީދަކަށް ވާނީ. އާއިލާއަށް ކެތްތެރިކަން ދެއްވާށި.

    106
  2. ސަކޫން

    إنّالِله وَإنّا إلَيْهِ راجِعُوْنْ
    މަރުހޫމްގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި !
    ޢާމީން.

    118
  3. މުސްލިމް ޒުހުރީ

    ވަރަށް ހިތާމަވެރި ޚަބަރެއް. އެކަމަކު 36 އަހަރަކީ ޒުވާން އުމުރެއްނޫން . 35 އަހަރުން މަތިވީމަ އެއީ މެދު އުމުރު.

    32
    18
    • ޒުހޫރާ

      ކޮންއެއްޗެއްގައި އޮތީ 35 އަހަރަށް ވުރެން މަތިވީމަ މެދު އުމުރޭ…

    • ރައްޔިތުމީހުން

      ވަގުތާއި ތަންތަން އޮންނާނެ.. ތިކަހަލަވާހަކަ ދައްކަން.. މިއީ އެކަހަލަ ތަނެއްނޫން

  4. ހަސީނަ

    "ޕެނިކު" ވެގެންމަރުވީ ކޮންމެދެލަފްޒެއްގެދޭތެރެއަށް ބޭރުބަހެއްވައްދައިގެން ނޫސްތަކުގައިލިއުނީމަ ލިއުންތެރިޔާބުނަންއުޅޭ އެއްޗެއްނޭގުނު "ޕެނިކު" ވެގެންނޭބުނީމައަހަރެމެންހީކުރީ މާގިނައިން މެންދުރުކައިގެން މޫދަށްއެރުނީމަމަރުވީކަމަށް

  5. ނާނި

    إنّالِله وَإنّا إلَيْهِ راجِعُوْنْ
    މަރުހޫމްގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި !
    ޢާމީން.

  6. ޠޯތާ

    ކާފު ހަމަކޮށް ޚަބަރު ލިޔެބަލަ

  7. ل م

    ކޮންމެ ބަންދު ދުވަސްވަރެއްގައި މީހުން ތަންތަނައްގޮސް މޫދަށް ފައިބާ އެބަހަދާ އެތަނުގެ އޮއިވަރާއި ދިޔަވަރު ނުބަލާ މީ ވަރަށް ދެރަކޮށް ހިގާކަމެއް، ރައްކާވެ ތިބުން ރަގަޅު !
    انا لله وانا اليه راجعون
    اللهم اغفر له وارحمه

  8. ކޮތަރު

    މުސްލިމް ޒުހުރީއަށް ތިޔައޮތީ ވަރަށް ބޮޑަށް އޮޅިވަޑައިގަތްފަ. ޒުވާން ޢުމުރު ގޮސް ހަރު މީހެއް ކަމަށް ބަލަނީ ޢުމުރުން ސާޅީސް އަހަރުވީމަ. އިސްލާމް ދީނުގައިވެސް އަދި މިހާރު ޢަމަލުކުރާ ޢާއްމު އުޞޫލުގައިވެސް ބަލަނީ މިގޮތަށް. މާތްﷲ އެ ޒުވާން މުޙްމަދު ޔޫޝަޢް ކަށްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ޢަޛާބުން ދިންނަވައި ސުވަރުގޭގެ ދާއިމީ ނިޢްމަތުގައި ލައްވަވާށި. އަދި ޢާއިލާއަށް ކެޔްތެރިކަން ދެއްވަވާށި. އާމީން، ޔާރައްބަލް ޢާލަމީން.