ހަރުކަށި ފިކުރުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އިސްތިރާތީޖީ ގޮތުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތުގައި ވެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ބުނެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކަތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފިއެވެ.

ނަޝީދު މިއަދު ވަނީ ޑރ. ޝަހީމް އޭނާގެ ވެބްސައިޓުގައި ލިޔުއްވަފައިވާ ހަރުކަށި ފިކުރާއި ބެހޭ ވާހަކަތައް ޓުވިޓާގައި ހިއްސާކޮށް، ޝަހީމް ވިދާޅުވެފައިވާ ބަސްކޮޅެއް ހިމަނާފައެވެ.

ނަޝީދު މިގޮތަށް ޓްވީޓް ކުރެއްވުމުން ބޮޑަށް ބެލެވެނީ ޑރ. ޝަހީމްގެ އެ ލިޔުއްވުމަށް އެމަނިކުފާނު ތާއިދު ކުރެއްވީ ކަމަށެވެ.

ޑރ. ޝަހީމް އޭނާގެ ވެބްސައިޓުގައި މިއަދު ލިޔުއްވާފައިވާ ގޮތުގައި ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮބައި ކަމާއި އިސްލާމީ ފިގުހީ އުސޫލުތަކާއި ޝަރުއީ އިސްތިލާހުތަކާ މެދު އެ ފިކުރުގެ މީހުން ގެންގުޅޭ ނުބައި މަފްހޫމްތަކުގެ ހަގީގަތް ޒުވާނުންނަށް ރަނގަޅަށް ކިޔައިދީ، މުޅި މުޖުތަމައު ހޭލުންތެރި ކޮށްގެންނެވެ.

އެ މައްސަލައަކީ ގާނޫނުލްއުގޫބާތުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ދިގުދެމިގެންވާ ހައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ދައްކާފައިވާ ވާހަކަތަކަށް ނަޝީދު ތާއީދު ކުރައްވާފައިވާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް މަސައްކަތް ފެއްޓެވި ދުވަސްކޮޅު ނަޝީދު ވަނީ ޝަހީމް އާއި ހަރުކަށި ފިކުރާ ގުޅުވައި ގިނަ ތުހުމަތު ތަކެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަބުދު

  މިމީހުންގެ ކަމަކީ އޮޅުވާލުމައް ކޮއްމެވެސް އާބަހެއް އާއްމުންނާ ހަމައަށް ގެނައުން އިޖުރާއަތު ނައްސި ފައްސި ނަޒާހަތު މީހައްތާ މަމޮޅުވާން ވެގެން ހަދާބަސް ބަސް . ބޭނުންކުރަމުން ގޮސް އާއްމުންގެތެރޭގަ ހަރުލާފަ ހުންނަ ބޭރު ބަސްބަހަކީ އެގައުމެއްގެބަސް މިހުއްޓާ އާ ބަހެއް ބުނެލައިގެން އާއްމުންގެ ދަތްދޮޅި ވެއްޓުން މީ ކިހާދެރަކަމެއް.!!!!!!!!

  1
  1
 2. ގޭންގްބޯއީ

  މިމީހުންނަށް ބޮޑުވެގެން މިއުޅެނީ ހަރުކަށީގެ މައްސަލަ. ގޭންގްތަކުގެ ސަބަބުން އެތައް ކުދިންނެއް ކޮންމެ އަހަރަކު މަގުގެއްލިގެންދޭ މިކަން ހައްލުކުރަން ވިސްނާ އެއްވެސް ލީޑަރެއް ނޫޅޭ.

 3. ސޮއި

  މިކަލޭގެ މިހާރު ބޯހަމަޖެހޭތަ؟
  ސިޔާސީ ފެއިލިއަރއެއް.

 4. ޢބްދުއްﷲ

  ހަރުކަށި ފިކުރާ ދެކޮޅަށް ޑރ. ޝަހީމް ދެއްކެވި ވާހަކަތަކަށް ނަޝީދު ތާއީދު ކުރައްވައިފި

  48 ސިކުންތު ކުރިން ( ޖުލައި 27, 2021 )

  ނަޝީދު ބަނގުރާ ބުއި މައްސަލަ މަޖިލިހުން ބަލަން ޖެހޭނެ: އަލްހާން

  ރައީސް ނަޝީދު ބަނގުރާ ބުއިން ހުއްޓާލައިފި

  ބަނބޫ
  އަދަބު ވާޖިބުވީ. އިއުތިރާފު ވިކަމަށްވާނަމަ. 100 އެތިފަހަރު

  އޭރުން މިކަން ގަބޫލުކުރެވޭނީ،

 5. ަަސދ

  ޝަހީމް ދައްކާ ވަރަށް ރަނގަޅުވާހަކަ. ރާނުބޯން، ލާދީނީ ނުވާން. އަދި މިކަހަލަ ކިތައްމެ ވާހަކައެއްދެއްކިޔަސް އެވާހަކަ ގަބޫލުކުރާނަމަތާ އެވާހަކަ އެއްޗަަކަށް ވާނީ.

 6. ރީތި މޫސަ

  ރާއްޖޭގައޮތް އެންމެހަރުކަށި ފިކުރަކީ އިސްލާމްދީނާ ދެކޮޅު ފިކުރުތައް އެއީ އިސްލާމް ކިޔަވައިގެން ހުރިމީހަކަސް ނޫނީ އެހެންއެއްޗެއް ކިޔަވަގެންހުރި މީހަކަސް މީކަންއޮތްގޮތް ވަރައްސާފު

 7. ސޯލިހްބިންޔާމިން

  އަބަދު ހަރުކށި ދޫނި ސިކުންޑި ބޮލަން ރަންގަޅައް ވާވަދާއެބަ…ހަބަރު ކިޔާ މީހުނަ ހުސް ފެނާނީ ހަރުކށި