ކޮވިޑް-19 އާ ގުޅިގެން ދެ މަހަށްވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތް ގއ. ވިލިނގިލި އާއްމު ހާލަތަށް ގެނެެސްފިއެވެ.

ކޮވިޑާއި ގުޅިގެން އެރަށް ބަންދު ކުރީ މެއި ފަސް ވަނަ ދުވަހުއެވެެ.

އެ ދުވަހުގެ ފަހުން އެރަށުން ކޮވިޑްގެ ގިނަ ވޭދަނަތަކެއް ދިޔައީ ފެންނަމުންނެވެ. އެގޮތުން އެރަށުން ޖުލައި 15 ވަނަ ދުވަހާއި ހަމައަށް 166 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޭގެ ފަހުން އެރަށުން ކޮވިޑްގެ ވޭދަނަތައް ފެންނަމުން ނުދާ ކަމަށް ބެލެެވެއެވެ.

ވިލިނގިއްޔަކީވެސް މިފަހުން ކޮވިޑް ވަރަށް ބޮޑަށް ފެތުރިގެން ދިޔަ ރަށެކެވެ. އެރަށުގައި ކޮވިޑް ފެތުރެން ފެށުމުން ހަރުކަށި ފިޔަވަޅުތަކެއްވެސް އެޅިއެވެ.

ކޮވިޑާއި ގުޅިގެން މިހާރު ރާއްޖެއިން ބަންދުކޮށްފައި އޮތީ 12 ރަށެެކެވެ. އޭގެ ތެރޭގައި އިއްޔެ ބަންދު ކުރި ދިއްދޫ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަންބަނެ ބުދާ

    ވަރަށް ބޮޑު އޮޅުވާލުމެއް.. ވިލިނގިލިގަ ބަލި އަދިވެސް އެބައޮތް.. އަތޮޅުގެ އެހެން ރަށްތަކުން ވިލިގިއްޔަށް ދާ ރައްޔަތުން ސަމާލުވާން ޖެހޭނެ..