ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޙާއްސަކޮށްގެން ހަދާފައިވާ ޕާކިން ސްލޮޓްތަކުގައި އާއްމު ފަރާތްތަކުން ސައިކަލު ފަދަ އުޅަނދުތައް ޕާކް ކުރާތީ ބައެއް ފަރާތްތަަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޙާއްސަކޮށްގެން ހަދާފައިވާ ޕާކިން ސްލޮޓްތައް ހުންނައިރު، އެފަދަ ތަންތަނުގައި އާއްމުންގެ މީހުންގެ ސައިކަލުތައް ޕާކު ކުރާތީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން މިފަދަ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި މީސް މީޑިއާގައި ވާހަކަތައް ހިއްސާކުރެއެވެ.

މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޕާކިން ސްލޮޓެއްގައި އެހެން ބަޔަކު ސައިކަލުތައް ޕާކުކޮށްފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހިއްސާކޮށް މީހަކު ވަނީ ފުލުހުންނާއި މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު އާއި ޖެންޑަރ މިނިސްޓަރ އައިޝަތު ދީދީ ޓެގް ކުރައްވާ، މިއަދު އެ މީހުންނަށް އެތަނުގައި ޕާކް ނުކުރެވުނު ކަމަށް ވަނީ ބުނެފައެވެ.

އެ ޓުވިޓު، ރީޓުވިޓު ކުރައްވަމުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

މުއިއްޒުގެ ޓުވިޓުގައި ވިދާޅުވީ، އެފަދަ ޕާކިން ސްލޮޓްތަކުގައި އެހެން ފަރާތްތަކުން ޕާކު ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.

"މިގޮތަށް ނުހެއްދެވުމަށް ވަރަށް ވަރަށް ބޮޑަށް އެދެން. ޑިސްއޭބަލްޑް ޕާކިން އަށް ޙާއްސަ ސްލޮޓެއްގަ އެހެން ފަރާތްތަކުން ޕާކު ކުރުމަކީ ވަރަށް ވަރަށް ދެރަ ކަމެއް. އަޅުގަނޑުމެންގެ މުޖުތަމައު ތަރައްޤީ ވާނީ އަޅުގަނޑުމެންގެ ވިސްނުމާ އަމަލު ތަރައްޤީ ވެގެން" މުއިއްޒު ކުރެއްވި ޓުވޓެއްގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަރަހައްދު މީހާ

    ތިޔައީ ނުކުޅެދުންތެރިކަން ހުންނަ ބަޔަކަށް ހަދައިދިން ސްލޮޓެއް ނޫން. ތިޔަ ގޭގެ ފުރަތަމަ ފަންގިފިލާގެ ހުންނަ ގުދަނަކަށް މުދާ އަރުވަން އަންނަ ބޮޑު ޕިކަޕަށް ޚާއްސަކޮށް ހެދި ޒޯނެއް. މިސަރަހައްދުގައި ނުކުޅެދޭ މީހުންގެ ސައިކަލެއް ގޮނޑިއެއް ގެންގުޅޭ މީހެއް ނެތް. އެކަމަކު ހަމަ ބޮޑު ޕިކަޕެއްގެ ސައިޒުގައި ތިހުރީ ޒޯނެއް ހަދައިދީފަ. މިތަނުގައި އެޕިކަޕު މިހާރުވެސް މުދާއަރުވާ ބާލަން މަޑުކުރޭ! ތިޔައީ ސިޔާސީ ނާޖާއިޒު ބާރަކުން ހެދި ޒޯނެއް.

    4
    2
    • ކުޅެދޭ

      އެގޭގައި ކޮންމެހެން ނުކުޅެދޭ މީހަކު ހުންނާކަށް ނުޖެހޭނެ. މަގުމަތީގައި ތަންތަން ހަދާފައި ހުންނަނީ އޭގެ ބޭނުންކުރަންޖެހޭ މީހަކު އޭގެ ބޭނުންކުރުމަށް. އެ ނޫން ބޭނުމެއްގައި ބޭނުންކުރާނަމަ އެކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭނީ.

  2. ޙހހހ

    ފޮޓޮއެއްނޫން މުހިއްމީ ، ތިސައިކަލްތަކުގެ ވެރިން ޖޫރިމަނާކުރަންޖެހޭނެ

  3. ރަބަރޭ

    ސަރުކާރު ހިންގަން ނޭތްގޭނަމަ މުސާރަނުކާ ގެއަށް
    ދޭ ބަލަ ސަރުކާރު ހިންގޭނެ ފަދަ މީހުން އެ ބަތި ބި
    ކޮ ބާތަ މިމާލޭގައި ޕާކިންގް ޒޯނެއް ގިނަފަހަރު ސާކަލް
    ޕާކުކުރާނެ ތަނެއް ނޯވޭ ރޭގަނޑު މިޖެހެނީ ޕާކުކުރާނެ
    ތަނެއް ނެތިގެން ތެޅެއް

  4. އާދަމުގެދަރި

    ކަންބޮޑުވާންވީ ކަމެއް ނޫން. ފުލުހުން ތިބޭނެ. ދައުލަތުގައި ވެހިކަލް ހުންނާނެ. ބަހައްޓާތޯ ބެލޭނެ. ވަގުތުން ނަގައިގެން ޓޯޔާޑަށް ގެންދެވޭނެ. ގާނޫނު ހަދާ މަޖިލީހެއް އޮންނާނެ. މިކަހަލަ ތަނެއްގައި ޕާކުކުރާ ސައިކަލެއް ޓޯކޮށްފިއްޔާ އަބުރާ ލިބޭނީ 30 ހާސް ރުފިޔާ ދެއްކީމާ ކަމަށް ނިންމޭނެ. ކަންކަން ނުކޮށް އަޗާތަޅަން ކަންކަން ކުރެވެން އޮތް ބާރުހުރި މީހުން ތިބޭތީ ވާގޮތެއް.