އެއްވެސް ދުވަސްވަރެއްގައި ބަނގުރާ ބޭނުން ކޮށްފައި ނުވާނެ ކަމަށް ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒް ބުނެފިއެވެ.
ލަވަކިޔުން ދޫކޮށްލުމަށްފަހު، ދީނީ ހޭލުންތެރިކަން އިތުރު ކުުރުމަށް މަސައްކަތް ކުރައްވަމުން ގެންދާ އަލީ ރަމީޒް ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށް ހުވާކޮށް ބުނެފައި ވަނީ އާންމު މީހެއް ކުރި ތުހުމަތަކާއި ގުޅިގެންނެވެ.
ބަނގުރަލުގެ ނުބައި ކަމާއި ގުޅިގެން އަލީ ރަމީޒް ފޭސްބުކްގައި ކުރި ޕޯސްޓްއަކަށް އަޒްލިފާ އަހްމަދުގެ ނަމުގައި އިން އެކައުންޓްއަކުން ކޮމެންޓް ކޮށްފައިވެއެވެ. އެ ކޮމެންޓްގައި ވަނީ އަލީ ރަމީލް ރާބުއި ކަމަށް ތުހުމަތުކޮށްފައެެވެ.
"ތިބޭފުޅާ ފްރީ ސައިޒް ބޭންޑްގައި ލަވަކިޔަން އުޅުނު އިރު ރާ ފޮދު ހިއްޕެވިއިރު ހަލާލްތޯ؟ އެވެސް ތޯތޯ ވާހަކައެއްތޯ ތިބޭފުޅާ ރާބުއިވާހަކަ؟" އަޒްލިފާ ނަމަކަށް ކިޔާ އެކައުންޓްއަކުން ކޮށްފައިވާ ކޮމެންޓްގައިވެއެވެ.
މި ކޮމެންޓްއަށް ރައްދު ދީ އަލީ ރަމީޒް ބުނީ، އޭނާގެ ހަޔާތުގައި ދުވަހަކުވެސް ބަނގުރާ ނުބޯ ކަމަށެވެ. އަދި މަސްތުވާ އެއްވެސް އެއްޗެއްވެސް ބޭނުންކޮށްފައި ނުވާނެ ކަމަށް ބުނެފައި ވެއެވެ. ރައްބު ގަންދީ މިކަމަށް ހުވާ ކުރުމަށްފަހު އޭނާ ވަނީ ތުހުމަތު ކުރި މީހާ ﷲ އަށް ތައުބާވުމަށް ގޮވާލާފައެވެ.
"ހަތް އުނޑުގެ ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަޅުގަނޑުގެ ހަޔާތުގައި ދުވަހަކުވެސް ބަނގުރަލެއް ނުބޮމެވެ. އޭގެ ތިއްކެއްވެސް ދުލުގައި ޖައްސާ ނުލަމެވެ. އަދި މަސްތުވާ އެއްވެސް އެއްޗެއްވެސް ބޭނުން ނުކުރަމެވެ. އަލްހަމްދުﷲ. ކަލޭ ﷲ އަށް ތައުބާ ވާށެވެ." އަޒްލިފާއަށް ރައްދުދީ އަލީ ރަމީޒް ކުރި ކޮމެންޓްގައިވެއެވެ.
އަޒުލިފާ އަށް ކެރޭނެތަ ހުވާކުރަން.މީހެއް ގެ ބޮލުގައި ދޮގު އިލްޡާމެއް އަޅުވާފަ ތަޢުބާވޭ.ކެނެރީގެ ސޮރު ބުނީ ޑަކުޓަރު ކައިރީ ރާބުއީމޭ މިހާރު ހުއްޓާލައިފީމޭ.އެހެންވީމާ އޭނާ އެއޮތީ ޢިއުތިރާފްވެފަ.އަލީ ރަމީޒު އެއޮތީ ﷲ ގަންދީ ހުވާކޮށްފަ.ނަޟީދަކަށް ނުކެރޭނެ ﷲ ގަންދީ ހުވާކުރާކަށް ރާ ނޮބޮމޭ ކިޔާފަ.7 ފެބުރުއަރީގައި މުލިޔާގެއިން ނެރުނު ހާ ރާ މިއީ ހަމަ ނަޟީދުމެން ބުއި އެއްޗަކާ ވައްތަރީ
ނަޝީދާ އަލީ ރަމީޒާ ހާސްކަމުން ތަފާތު...އަލީ ރަމީޒަކީ ކޮށްފަ ނުކުރާނެކަން އެނގޭ މީހެއް...ނަޝީދު ކޮށްފަ ނުކުރާނީ ކޮންކަމެއްކަން ހުދު އޭނާއަށްވެސް ނޭނގޭ...
ކަލޭ ކިޔާފަ ރައްދު ދިނީމަ ކަޑަ
"ކަލޭ"އަކީ ދިވެހި ބަހެއް. ވާހަކަދެއްކުމުގައި ބޭނުންކުރާ އާދައިގެ ބަހެއް. ދެން މައްސަލައަކީ ކޮބާ؟ ކަލޭގެ ބަދަލުގައި ކަލާތަ ކިޔަންވީ؟ ކަލާމެން ކަންތަކެއްބޮޑެއްނުވޭދޯ ކީރިތި ރަސޫލާއަށް އެ"ކަލޭ"ގެފާނު ކިޔާތީ؟
އަލީ ރަމީޒަކީ ހަމަ މޭންއެއް. ބީ ލައިކް އަލީ ރަމީޒް.
ރާ ނުބޯކަމަށް އަލީ ރަމީޒު ﷲ ގަންދީ ހުވާކުރުމުން އަލީ ރަމީޒުގެ ބަސް ގަބޫލުކުރެވެނީ. ތިބުނާ އަޒުލިފާއަކު ގެ ތުހުމަތު އެއީ ދޮގު ތުހުމަތެއް.
ދުވަހަކުވެސް އަލީ ރަމީޒް ބަނގުރާ ބުއި ވާހަކައެއް “ ތުން ތުން” މަތިން މީހަކު ބުނި އަޑެއްވެސް ނާހަން’ އަލީ ރަމީޒަކީ ވަރަށް އަޚްލާޤް ރަނގަޅު ދީނަށް ލޯބިކުރާ މީހެއް ! ތިކަހަލަ ސާބިތު ނުހިފޭ ދޮގުވާހަކަ ދައްކަން ހެޔޮނުވާނެ!! މީހެއްގެ އަބުރު ނަގާލުމަކީ ހާދަނުބައި ކަމެއް !!
އުސްތާޒް އަލީރަމީޒް އެޒުވާނާ ތައު ބާވުމަށް ނަސޭހަތްދެއްވި އިރު މިއަދު ޤައުމުދެކެ ލޯ ބިން ، ދީންދެކެ ލޯ ބިން އުޅޭ ސިޔާސީ މީހުން. ޢައްނިމެންކަހަލަ މިހެއްނަމަ ގޮވާލާނީ ރާ ބުއިވާހަކަ ދެއްކި މީހާއަކީ ހަރުކަށިފިކުރުގެ މީހެއްކަމަށް ، އަދި ހައްޔަރުކުރަންގޮވާނެ
މާޝާﷲ ރަލަކީ މުސްލިމުންނަށް ޙަރާންއެއްޗެއް
އަޒުލިފާ ގޮވައިގެން ކޯޓަށް ދޭބަލަ
ކީއްކުރަން ކޯޓަށް ދަނީ؟؟ އޭނަ ތައުބާ ވެއްޖެނަމަ އޭނައަށް އެކަމުގެ ފައިދާ އެބައޮތް.
ކަލޭ ފުރަތަމަ ތި ހޭ ކެނޑި ނީ ... ތަ އު ބާ ވާން މީހުން ނަށް ގޮވަން ތީ ކާކު..
އެމީހެއްގެ ދީނަށާއި އަބުރަށް އަރައިގަތުމުން ރުޅިނާންނަ މީހަކީ ފަހެ ޙިމާރެކެވެ.
ކަލޭ ދޭބަލަ މަހަށް.
ކަލޭ މައިތިރިވޭ... މީހެއްގެ ބޮލުގަ ދޮގު އިލްޒާމު އެޅުވުން ކަލެއަށް އޯކޭވިޔަސް އެންމެނަށް އޯކޭއެއް ނޫން. އިލްޒާމު އެޅުވިމީހާއަށް އަބުރުގެ ދައުވާނުކޮށް އޭނައަށް ތައުބާވާން ބުނުމަކީ އަލީ ރަމީޒުގެ ރަނގަޅުކަން. ތައުބާނުވެ ހުރެ މަރުވެއްޖެނަމަ ކަންތައް ވާނެގޮތް ކަލެއާ އޭނަޔާ ދެމީހުން ދަސްކުރޭ.. ހެޔަށް ގޮތްވިޔަސް ބޮޑުވަރު ތިއީ.
ދޮގު ދޮގު ދޮގު.... އަލީ ރަމީޒް ބުއި ބުއި ބުއި
އައްޔަ އެބުނީ "ބަނގުރާ" ކިޔާއެއްޗެއް ނުބޯކަމަށް. އެއީ ތެދެއް ބަނގުރާ ހުންނަނީ ތަފާތު ބުރޭންޑު ތަކުގެ ނަންނަމުގަ.
އަލީ ރަމީޒު ތި ކަހަލަ ކުދިންނަށް ރައްދު ނުދީ .....ބައިސްކޯފް އެޕް ގައިން އަލީ ރަމީޒު ގެ ނަން ނަގާބަލަ.....އަދިވެސް އެއިނީ ލަވަކިޔާ މިއުޒިކް ކުޅޭމީހެއްގެ ގޮތުގަ
އައްޔާ ކޮންމެތަނެއްގަވެސް ބޯބުރާންތިން އުޅޭނެ އެކަހަލަގެ މީހުންނައް ރައްދުދިނުމަކީވެސް އެހާބުއްދި މުހިންމު ކަމެއްނުވީ 5 ވަގުތު ނަމާދު ކުރާމީހުންނަކީ ހަރުކަށިފިކުރު އެހެންވެެްޖެއްޔާ އޮރިޔާން ނިވާގޮތައް ހެދުންއަޅާ ކޮންމެ މީހަކީ ހަށިވިއްކާ މީހަކެއް ބިލެއްލާންޖެހޭ މީހާހުންނަގޮތަކުން އެއީ ކާކުކަން ކިހާވަރެއްގެ މީހެއްކަން އިގެންޏާ މިކަންމަތީ މިއުޅޭ ހަރުކަށި ވަޅިއަޅާ މީހުންނަކީ ހަރުކަށިފިކުރު
ތިޔަ ވާނީ ލާދީނީ ބައިގަނޑުގެ އަންހެނެއް ކަމަށް. އެމީހުންގެ ރޫހާނީ ލީޑަރަށް ބަސް ބުނީމަ ހަޖަމް ނުވީ
ތީވެސް އިއުލާންކުރަންޖެހޭކަމެއްތަ..!؟ﷲއަށްޓަކާކުރާހެޔޮކަންކަން ﷲއާއި ތިބާއާއިދެމެދުބާއްވާނީ ތަގުވާވެރިން..
އަޑު އިވިއްޖެތަ އަޒްލިފާ؟
ބަލަގަ ތުހުމަތެއްގެ ސަ ބަބ ބުން އަދި މީހެއް ކުށްވެރިއެއް ނުވާނެ ހެކި ސާ ބިތު ނުވާހާ ހިނދަކު. މީހަކާ ދިމާލަށް ތުހުމަތުކުރާއިރު އެކަމާމެދު ޔަޤީންކަން އޮންނަންވާނެ. އެވާހަކައަކީ ދޮގު ވާހައަކަށް ވެގެން ނުވާނެ.
މީހުން ނުކުރާ ކަންކަން މީހުންގެ ބޮލުގާ އަޅުވާހެދުމަކީ ހުއްދަ ކަމެއް ނޫން.
ވާހަކަދައްކަން ވާނީ އިވޭ ކޮންމެ އަޑެއްގެ ތެދު ދޮގު ބަލާލާފާ. އެއީ އެވާހަކައަކަށް ހަވާލާދީ ވާހަކަދައްކާ މީހާ ކޮންމެހެން ބަލަންޖެހޭ ކަމެއް
އެހެންވީމާ މިހާރު ކުށްވެރިވެފާ ތިއޮތީ އަޒުލިފާ. މީހަކަށް ދޮގު ތުހުމަތުކުރީމާ.
މިއަޒުލިފާ އަކު އަލީ ރަމީޒާ އެއް ޒަމާނެއްގަ އޮތްޒާތީ ހަސަދައެއް ފިލުވާލަނީހެން ވަރައް ހީވޭ މީހުމީހުންގެ އަގުވައްޓާލަން އުޅުނަސް ނަބޮދުވަރު ކިތަންމެވަރެއް ވިއަސް އަލީރަމީޒު އާއި އެއްފެންވަރަކައް ނާދެވޭނެ ދެން. ޅަލަލާ😊
ދަންނަވަންތޯ. ކުރީގެ ބޮއުނަސް އެއީ މައްސަލައެއް ނޫން.
ތައުބާގެ ދޮރު އަބަދުވެސް ހުޅުވިފަވޭ.
މިބުނީ އައްޔަ ބޮއުނެކޭ ނޫން.
ކުރިން އެހެން މިހެން ކިޔާ ކުދިންނަށް ބުނެލީ.
އަޒްފާ، ކަލޭ ދެންވެސް ނޭގޭ ކަންތަކުގެ ތެރެއަށް ތިފާޑައް އަނގަ ނުތަޅާ އޮވެވޭތޯ ބަލާތި. ކަލޭގެ މުޑުދާރުކަން ތިކަމުން އެންމެނަށް ތި ހާމަވީ. ޗީޑި
އަލީ ރަމީޒަކީ އެއްވެސް ތަނަކުން ދީނީ އިލްމު ކިޔަވައިގެން ހުރި މީހެއްނޫން. ނުކިޔަވާތިބެ ކުރެވޭނެކަމަކީ ހަމަ އެކަނި ފިތުނަ އުފެއްދުން. ކިޔަވައިގެން ތިބި އިލްމުވެރިން އެބަތިބި. އެމީހުން ދީނީ ދަރުސް ދޭނީ. މިއީ ކޮއްމެހެން ވަކި ނިޔަތެއްގަ ބުނި އެއްޗެއް ނޫން. ހަގީގަތްވީމަ ބުނެލީ. އުއްމީދުކުރަން އައްޔައަށް މިބުނި އެއްޗެއް ވިސްނޭނެކަމަށް
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގައި (މިހާރު މިފެކަލްޓީގެ ނަން ވަނީ ބަދަލުވެފައި) ބެޗެލަރސް އޮފް އިސްލާމިކް ސްޓަޑީޒް އޮނާސް އަރަބި ބަހުން ކިޔަވާދެއްވި ކޯހެއްގައި އަޅުގަނޑާއި އެއްކުލާހެއްގައި އަލް އަޚް ޢަލީ ރަމީޒް ކިޔެވި އެހެން ވީމާ އެއްވެސް ތަނަކުން ތަޢްލީމް ހާޞިލް ނުކުރައްވާ ކަމަށް ބުނާބުނުމަކީ ތެދެއްނޫން!
ﷲ އަކްބަރު.. އަލީއަށް ހެޔޮރަޙްމަތްލައްވާށި..
އަލީއައްހެޔޮރަހުމަތް ލައްވާ ނުބައި ދޫތަކުގެ ވިހައިން ސަލާމަތްކުރައްވަާދޭވެ
ވަގެއް ވައްކަން ކޮއްފަ ވައްކަން ކުރީމޭ ބުނާނެތަ؟ މަގުމަތީގައި އުޅޭ ޕާޓޭއެއް ކާރީ އެހިޔަސް ބުނާނެ މަ ނުބޮމޭ އޭރުވެސް މީހާ ހުންނާނީ ނިދިފައި..
ވަގަކަށް ހީވާނީ ދެން އުޅެނީވެސް ވަވުންނޭ. ޜަދީފް ވަގެކޭނޫން
ދެން ބޮވިފައި ހުއްޓަސް އެވާހަކަ މީސްތަކުންގެ ކާރީ ނުދެއްކުން ރަގަޅުވާނީ.. ތައުބާވެފައި އެނުބައިކަމުން ދުރުވީމަ ރަގަޅުވާނީ.. ކުށެއް ނުކުރެވޭނެ އިންސާނެއް ދުނިޔޭގައި ނޫޅޭނެ..
އަޅުގަނޑުމެން ރަށަށް އަލީރަމީޒް ގެނައިން ހަމަގައިމުވެސް އަލީރަމީޒް އޭރަކު ސިނގިރޭޓެއްވެސް ނުބޮއި.އަނެއްކާ ފްރީޒް ބޭންޑަކީ އަލީރަމީޒްގެ ލީޑަރ ކަމުގާ ވަރަށް ޑިސިޕްލިންކޮށް އުޅުނު ބޭންޑެއް.އެވަރު ޑިސިޕްލިން ހިފަހައްޓައިގެން އުޅުނު ބޭންޑެއް ނުދެކެން
ތި ނުބޯ މީހުން ދިވެހިންގެ ތެރޭގައި ހަމަމަދުވާނެ...!
ތެދުމަގު ލިބިގަންނަން އެދޭމީހާއަށް މަސައްކަތް ކޮއްގެން ތެދުމަގު ލިބޭނެ އެގޮތުން ޢަލީރަމީޒަށްވެސް އެހެރީ ތެދުމަގު ދައްކަވާ ޙައްގު ގޮތް އެގިފަ މާތްﷲ ޢަލީރަމީޒަށް އަބަދުވެސް ހެޔޮގޮތްތަށް މިންވަރު ކުރައްވާށި އާމީން
މިއީ ކަނޑައެޅިގެން ދޮގެއް ކޮންމެ ދިވެއްސެއްވެސް ހުންނާނީ ކޯފް ސިރަޕް ބޮއެފާ އޭގައި ހުންނާނެ އަލްކޮހޯލް ކޮންޓެންޓް
މަ ނުބޮން ދުވަހަކުވެސް ކޯފް ސިރަޕެއް. ދެން އެހެންނޫނަސް އަލްކަހޯލަކީ ބަނގުރާ ކަމަށް ވަންޏާ ރިޒޯޓުތަކުން މުސާރައިގެ ގޮތުގަ ދޭ ފައިސާއަކީ ރަލާއި އޫރުމަސް ވިއްކައިގެން ލިބޭ ފައިސާ. އެވެސް ހަރާން ވާނެ ތިބުނާގޮތުން.
97 ވަނަ އަހަރު އަލީ ރަމީޒަށް ހަކުރު ގެންގޮސް ދިނިން. އޭރު ލަވަ ކިޔަނީ ގަދަޔައް ބޮއެގެން. ހާދަ ދޮގު ހުވާ ކުރާ މީހެކޭ