މިހާރު މާލެ އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަބަޔަކު ކޮވިޑް-19އަށް ފައްސިވަމުންދާ ކާށިދޫން އިތުރު ބަޔަކަށް ބަލި ޖެހި، އެރަށުން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.

މީގެ ކުރިންވެސް ކޮވިޑްގެ ގިނަ ވޭދަނަތަކެއް ފެނުނު ކާށިދޫން ދެ ވޭދަނަ ފެނި އެރަށް ބަންދު ކުރީ ޖުލައި 13 ވަނަ ދުވަހުއެވެ.

މީގެ ކުރިން އެރަށުން 54 މީހަކު ކޮވިޑަށް ފައްސިވިއެވެ. އޭގެ ފަހުން ޖުލައި 13 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ޖުމްލަ 106 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 105 މީހަކަށެވެ.

އެރަށު ސިއްހީ މަރުކަޒުން އާއްމު ކުރި މައުލޫމާތަށް ބަލާއިރު، މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ހަތް މީހެކެވެ. އެއީ ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުން ފައްސިވި ދެ މީހަކާއި، އަލާމާތްތައް ހުރެގެން ޓެސްޓު ހެދި ދެ މީހެކެވެ.

މިހާރު އެރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 160 އަށް އަރާފައެވެ.

އެރަށުން ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވަމުން އަންނައިރު، އެރަށުން މިފަހުން ނެގި 93 ސުންކެއްގެ ނަތީޖާ ނުލިބެއެވެ.

އަދި ކޮވިޑާއި ގުޅިގެން އެރަށުގެ 89 ގެ މޮނީޓަރިންގއަށް ލާފައިވައިރު، ކަރަންޓީން ކޮށްފައިވާ ގެތަކުގެ އަދަދަކީ ހަ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދި

    ކާށިދޫ އާއި ނަޑެއްލާ އެކަނިތޯ. ކޮބައިތޯ ށ. ފޯކައިދޫ. އެރަށުގެ ހާލަތު އެއްވެސް ނޫހަކުން ބަލާނުލަނީތޯ؟