ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ދައްކަން ޖެހޭ ފީ ބޮޑު ކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފުއެވެ. އެ އިސްލާހުގައި ބުނެފައިވާ ގޮތުން އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ފީގެ ގޮތުގައި 100،000 ރުފިޔާ ދައްކަންޖެހޭނެއެވެ.

އެ ގާނޫނުގައި މިހާރު ބުނާގޮތުން އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ދައްކަން ޖެހޭނީ 40،000 ރުފިޔާއެވެ.

ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް އިތުރު އިސްލާހުތަކެއް ވެސް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި އެހެން ގައުމެއްގެ ރައްޔިތުކަން ދޫކޮށްލިތާ 10 އަހަރު ނުވާނަމަ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށް ވެސް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މި އިސްލާހު އެ ގާނޫނަށް ހުށަހަޅާފައިވާ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާންއެވެ. މިއީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ގެންނަ އިސްލާހެއް ކަމަށް ނިހާން ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ މީހުން ބަހައްޓަންޖެހޭ ޑިޕޮސިޓް އަށް ބަދަލު ގެނައުމަށް ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މީގެއިތުރުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ވެސް އިސްލާހުތަކެއް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ރިޔާސި އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހުރިހާ ޓީވީ ޗެނަލްތަކުން ހަމަހަމަ ފުރުސަތު ދޭން ލާޒިމުކުރާ އިސްލާހު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފްރޮމްދިސް

    ކޮންމެހެން ޕްރޯ އުގައިލް ޖެހޭތޭ ރާއްޖޭގެ މިނިސްޓަރު ކަން 10 އަހަރު ނުކޮށް ރާއްޖޭގެ ރައީސް ކަމަށް ސީދާ އަންނަން މިރާއްޖޭގެ ރައީސް ކަން ކުރިއޭ ޕީއެޗްޑީ ހޯލްޑަރަކު އޭނާ ކުރި ވެރިކަމަކީ އެއީ އަލިފުބާ ޖަހާ ވެރިކަމޭ އަދި ޕީއެޗްޑީ އޮތަސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެ ކަން މިރާއްޖޭގެ ރައްޔިތުންނަށް އިނގޭނެ އެއް ނޫންތޭ. ޕްރޯ އުގައިލް ފްރޮމް ދިސް މޯމެންޓް އޮން ޔޫ ބެޓަރ ޖޮއިން ޕިންކީސް ފްރޮމް ދިސް މޯމެންޓް އޮން ޔޫ ބެޓަރ ޖޮއިން އަސް ޔުއަރ ބިލީވް އިޒް އަވަރ ބިލީވް އޯލް ވީ ނީޑް އިޒް ޖަސްޓް ޔޫ ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން...