ލާދިނީ ފިކުރާއި ހަރުކަށި ފިކުރުގެ ވިއުގަތައް ރާއްޖޭގައި ފެތުރެމުން ދިއުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ނެޝެނަލް ކައުންޓާ ޓެރެރިޒަމްގެ ސެންޓަރުގެ ޑިރެކްޓަރު، ބްރިގޭޑާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 56 މިނިވަން ދުވަހާ ދިމާކޮށް "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ޒަކަރިއްޔާ ވިދާޅުވީ ގައުމުގެ އެއްބައިވަންތަކަމަށް ބޮޑު އަސަރެއް ކުރަމުންދާ މަންޒަރުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށެވެ. އަދި މި ދެ ފިކުރުގެ ވިއުގަތައް ފެތުރުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވި ގޮތުން މި ނުރައްކާތެރި ދެ ފިކުރުގެ މައި މަގްސަދަކީ ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ނަގާލުމެވެ. މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކުރަމުން ދާއިރު މިނިވަން ދައުލަތެއްގެ ގޮތުގައި މި ގައުމު ދެމި އޮތީ ދީނީ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދީނީ އެއްބައިވަންތަކަން ގެއްލިއްޖެ ނަމަ ގައުމުގެ އަމަން ގެއްލިގެން ދާނެ ކަމަށާއި، އިޖްތިމާއީ ގިނަ މައްސަލަތައް ފެންމަތިވެގެން ދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ މި ދެ ފިކުރުން ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ގެންގުޅޭ އުކުޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ކުރިން ކަނޑި އަދި ބަަޑިން ކުރި ހަނގުރާމަ މިއަދު ފިކުރީ ހަނގުރާމައަށް ބަދަލުވެފައިވާ އިރު، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އިސްލާމްދީނާ ދެކޮޅު ފިކުރުތަކުން އެއްކިބާވެ، އިސްލާމީ ސައްހަ އަގީދާ މަތީގައި ސާބިތުވެ ތިބުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޒަކަރިއްޔާ ދެކެވަޑައިގަންނަވައެވެ. އަދި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ޒަކަރިއްޔާ ވިދާޅުވި ގޮތުން ބާރުގެ ބޭނުން ކޮށްގެން، މުޖްތަމައުގެ ހަމަޖެހުން ނަގާލެވޭނެ، 1400 އެއްހާ މީހުން ރާއްޖޭގައި އެބަތިބިއެވެ. ބައެއް މީހުންނަކީ ބޮން ހެދުމަށް ކުޅަދާނެ މީހުން ކަމަށާއި، އެ މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ ވިއުގައިގެ މޫތައް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުން އެމީހުންގެ ހަރަކާތްތައް ގެންދަނީ ވަރަށް ސިއްރިއްޔާތު ގައެވެ. އަދި ބޭރު އެކި ގައުމުތަކުގެ ދާހިލީ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގެ މަސައްކަތްވެސް ކުރަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކު ދީނަށް އުޅޭ މީހާގެ ސިކުނޑި ދޮވެގެން ކަމަށް ވިދާޅުވިއެވެ. ޒަކަރިއްޔާ ވިދާޅުވީ ހަރުކަށި ފިކުރުގެ ނިރުބަވެރިކަމުން ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

"އެހެން މީހުން އެމީހުން ދެކެ ޖެހިލުންވާ ވަރާއި، އެމީހުންގެ ޖެހިލުން ކުޑަކަމަކީ މިއަދު ހާމަވާ ކަންކަން." ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ހާމަކުރައްވައި ޒަކަރިއްޔާ ވިދާޅުވިއެވެ.

ލާދިނީ ފިކުރަކީވެސް ހަރުކަށި ފިކުރުހާ ނުރައްކާތެރި ފިކުރެއް ކަމަށް ޒަކަރިއްޔާ ސިފަކުރެއްވިއެވެ. އިސްލާމީ ދެބަސްވުންތަކެއް ގައުމުގައި ހިނގައިފި ނަމަ، ނަފްރަތާއި ރުޅިވެރިކަން އާންމުވެ، ފިތުނައާއި އަނިޔާވެރިކަން އާންމުވުމަކީ ގާތް ކަމެއް ކަމުގައި އޭނާ ވެސް ދެކެވަޑައިގަންނަވައެވެ.

"މިނިވަންކަމަށް އަސަރު ކުރާނެ އެބައެއްގެ ދީނާއި، ސަގާފަތަށް ބުރު އަރާނަމަ، މިކަންކަން ދިމާވަނީ އެހެން މުޖްތަމައުއެގެ އާދަކާދަތަކާއި ސަގާފަތްތައް މި ގައުމަށް ގެންނަން ބަޔަކު މަސައްކަތް ކުރާތީ. މުސްލިމް ގައުމަކަށް ކޮންމެ ގައުމެއްގެ އާދަކާދަތަކެއް ފިޓެއް ނުވާނެ. މިހާރު އެ ފެންނަނީ އެ މަންޒަރުތައް" ޒަކަރިއްޔާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ މި ދެ ފިކުރުން ގައުމު ސަލާމަތް ކުރުމަށްޓަކައި ތައުލީމީ ނިޒާމުގެ ތެރެއިން މިކަންކަމަށް ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި މި ފިކުރަށް ތަބާވާ މީހުން ދެނެގަނެ ރިހެބިލިޓޭޓްކޮށް އެމީހުން ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވި ގޮތުގައި މިފަދަ ހަރުކަށި ފިކުރުގެ ނިރުބަވެރި އަމަލުތަކަކީ 2007 އިން ފެށިގެން ހަރުކަށި ފިކުރުގެ ވިއުގައިގައި ރާއްޖޭގައި ހިންގަމުން ދާ ނުރައްކާތެރި ހަރަކާތްތަކެކެވެ.

ދީނަށް ފުރައްސާރަކޮށް ދީނާ ހިލާފު ވިސްނުންތައް ފެތުރުމުގެ ފިކުރާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ތަކްފީރީ ފިކުރަކީ މިހާރު ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ގޭންގްސްޓާރ

  ހަރުކަށި ފިކުރުގެ ނުރައްކާ ބޮޑުވަމުން ދާވަރަށް ދައްކާ ގޭންގް ފިކުރުގެ ނުރައްކާ އިންތިހާޔަށް އޮތްވާހަކަ ޒަކަރިއްޔާ އަށް ދަންްނަވަން

  12
  1
 2. Anonymous

  މަންސޫރުގެ ވާހަކަ ރަނގަލު. އެކަމަކު ގައުމުގަ މިއަދު އަޑުގަދަ ވަމުންދަނީ ހަރުކަށި ހައްދުފަހަނަޅާފައިވާ ފިކުރުގެ ވާހަކަ. މަޖިލީހުގެ ރައީސުއާ މެންބަރުންވެސް ދައްކަނީ އެވާހަކަ. ގާނޫނުތައް ބަދަލުކުރަނީވެސް އެވާހަކަތަކުގެ މައްޗަށް. ރާއްޖޭގަ ލާދިީނީ ފިކުރުގެ ފެތުރެމުންދާ ވާހަކަޔާ އެކަން ހުއްޓުވަން ބަޔަކު މަސައްކަތް ކުރާތަނެއް ނުފެނޭ. ހުސް ހިތާމަަވެރި ކަންކަން.

  23
  4
  • ތެދު

   ﷲއަށް އުރެދޭމީހުންނައްއޮތީ ނަރަކައިގަ (މުރުތައްދުވާމީހުން) އަދި ހައްދުފަހަނައަޅާދާމީހުންނަށް ތާއަބަދު ނަރަކައިގައޮވޭބާ...؟ އޮޅުވައިނުލާތި ޝިރްކް ބޮޑެތިފާފާތަކައްވުރެބޮޑުވާނެކަން...!؟

  • ޏަސް

   މީހުސް އެކައްޗެއް އެކި ނަންނަން ކިޔަސް.. މި މީހުން ބޭނުންވަނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ދީން މުޖުތަމައުގައި ކަސްތަޅު އަޅުވާފަ ބާއްވާފަ އެހެން ހުރިހާ ލާދީނީ އަމަލަކާއި ބަހަކާއި ކަމަކައް މިނިވަންކަންދޭން.

 3. އިއްބެ

  ޒަކިއްޓޭ ކަލޭމެންގެ ސަބަބުންނާ މިހާރު ގައުމް ނުރައްކަލުގެތެރޭގަ މިއޮތީ ފާޑުފާޑުގެ އެގުރިމެންޓުތަޚާ ތިތަޅާހާ އަނގަ ތަކުން މިހާރު ރައްޔަތުންނައްހަމަ ނިދިނުނިދޭ ދުނިޔޭގެއެއްވެސް ބަޔަކައް ނުވާކަމެއްކަލޭ މެންނަކައްނުވާނެ މިތާކަންކަން މަތީބމިތިބަ ޓެރަރިސްޓު ވަޅިހަރާ މިއުޅޭ މީހުން ކާރިތިތިބެނީ ސައިޒުގަ މުސާރަ ބަނޑުއަޅާލާދެން އަރާމުކުރޭ އަހަރެމެން ޓެކުސްފައްކާނަން

  10
  4
 4. ފުތާބެއްޔާ

  ތި ހުރިހާ ފިކުރަަކަށް ވުރެންވެސް ނުރައްކައީ ގެރިގޮރު ފިކުރު މިތަނަށް އަތްގަދަކުރަން އުޅުން. ކަލޭމެން އެމީހުން އަތުން ބިރިޔާނި ކާންލިބޭތީ ތިތިބެނީ ގައުމު އަޅުވެތި ވާއިރުވެސް

  18
  5
 5. Anonymous

  ތިކަހަލަ ވާނުވާ ނޭގޭ ބީތާއިން ތިބޭތީވެ މިގައުމު ހަލާކު މިވަނީ

  11
  8
 6. ދެން

  ދެން އެއްމެ ރަނގަޅޭ މަންސޫރާ... ތިޔަ މަޢުލޫގައި ހަރުކަށްޓާއި މަޑުކަށީގެ ވާހަކަ ދައްކާއިރު އަދި ވަރަށް މުހިއްމު އެއްވާހަކަ ނުދައްކާ ތިޔަ ދޫކޮށްލީ ... އެއީ މި އިސްލާމީ ގައުމުގައި އިސްލާމީ ޝަރީޢަތް ތަންފީޒު ނުކުރާވާހަކަ.... ހުރިހާ ގެއްލުމަކާއި މި ކުރިމަތިލާންޖެހެނީ އިސްލާމީ ޝަރީޢަތް ތަންފީޒުކުރާތީ... މީ ދެބަސްވެވެންނެތް ހަގީގަތެއް

  15
  5
 7. އަނެއްމީހާ

  މަންސޫރު އިސްތިއުފާ

  4
  1
 8. ެައަބްދުﷲ

  ސާބަހޭ ބުރިގޭޑިއަރ. އެ ދެފިކުރަކީވެސް ބަަލަންޖެހޭ ކަމެއް. ވާހަކަދައްކައިގެން ހައްލުކުރެވޭނެ، ލާ ދީނީ ފިކުރުއޮތީމާ، ހަރުކަށި ފިކުރުއޮތްކަން މޭ 6 ގެ ހަމަލާއިން އެނގޭނެ

  4
  4
 9. ނާނުނީ

  ޒަކަރިއްޔާމެން ނަށް ހިލަމެއްވެސް ނުވެ މިކަންކަން މިހާމައްޗައް މިދިޔައީ ، ނުއުފުއްލޭވަރަށް ތަރިތަކާ ހަނދާ ކަތިވަޅިޔާ ކުލަބަރި އަރުވައިން އަމިއްލަޔަށް ބޮޑުވެފަ ތިޔަތިއްބަވަނީ ހިހޫތަނުން ކާލައިގެން ދުފާލައިގެން ކޮންކަމެއްތޯ ރަނގަޅު ކުރެވޭނީ ،ރަނގަޅުކުރަން ތިބިމީހުން ތިބީ ގަދަނިދީގައި، ގައުމެއްނެތް ދީނަށް އުޅޭ އެއްމެންނަކީ ހަރުކަށި ހައްދުފަހަނަ އަޅައިފައިވާ ބަޔެކޭ ކިޔައިގެން އެމީހުން ހައްޔަރުކުރަން ގާނޫނު ހަދަން އިސްވެހުރެ ގޮވަނީ ރާފޮދު ހިއްޕަވައިގެންކަން އަމިއްލަޔަށް އިއުތިރާފްވީމަވެސް މިދައްކަނީ ހަރުކަށި ވާހަކަ ކީކޭދެންބުނާނީ މިވަރުވާއިރުވެސް ޒަކަރިއްޔާމެނަށް ހިލަމެއްވެސް ނުވޭ؟

  5
  1
 10. އައްޑޫ ސިޓީ

  މަންސޫރު ކަލޭ ތިޔަހުރީ ރަނގަޅުއެއްޗެއް ބޮއިގެންހެން ހީވަނީ ކަލޭ އަކީ ގައުމުގެ ގައްދާރެއް މިހާރު ތިޔައީ ސިއާސީ މީހެއް.

  3
  3
 11. ހަސަނާ

  ކަލޭ އިސްތިއުފާ ދީ. ތިކަހަލަ މީހުންގެ ސަބަބުން ގައުމު ހަލާކުވެގެން މިދަނީ.

  2
  3
 12. ޢބްދުއްﷲ

  ހަރުކަށި ފިކުރާއި ލާދީނީ ފިކުރުގެ ސަބަބުން ގައުމީ ސަލާމަތަށް އޮތް ނުރައްކާ ބޮޑު: ޒަކަރިއްޔާ

  1 މިނެޓް ކުރިން ( ޖުލައި 28, 2021 )

  ތިކިޔާ ހަރުކަށި ފިކުރަކީ ކޮބާބާ؟ރާއްޖޭގަ ފަތިސް ނަމާދުގަ މކިސްކިތު ގައި ތިންސަފު

  ހަމަނުވޭ . މަގުނަތީގަ ޒުވާނުން ސިކުވެފަ ، ބިއްޖެހިފަ .

  އަންހެނުން ރޯޔަލް ރޭޕްގެސިކާރަޔަކަށް ވެފަ.

  މިސްކިއްތަކުގަ ބާތިލް ދީން ތަކުގެ އަހުލުވެރިން އަޅުކަންކުރނީ

  މިސްކިއްތަކުގަ މަސްތުގެ ހާލަތުގަ ޒުވާނުން ނިދާފަ.

  ﷲއަށާ ރަސޫލާއަށް ހަޖޫޖަހައިފި.

  ރާބޯމީހެއް ގާނޫނު ހަދާ މަޖްލިހުގެ ރައީސަކަށް ލައިގެން ހަމަހޭގަ ނެތި ގާނޫނޫ ހަދާ ފާސް

  ކޮށް ހަތަރެސްފައިގަ އަނދަގޮނޑި ޖެހިއްޖެ.

  200000 މިލިޔަނުގެ އިންވެސްޓް ކޮށްދިން ރައީސް ޖަލަށްލާ ، 300 މިލިޔަނު މުދާ އަންދާ

  ލުމަށް ހިތްވަރުދީ އަންދާލާ އެންމެބޮޑުއާމްދަނީ ލިބިލިބ ހުރި 03 ކުންފުނި ބޭރު ބަޔަކަށް

  ދީ އަހަރެމެންގެ އަތްނުފޯރާ ފަށްލާ ހެދިމީހާއަށް ނިޝާން ޖެހި ކާރެއް ދީ އިއްޒަތްތެރި

  ކިޔަން ފަށައިފި. މީތޯ ޑިމޮކް ރަސީއަކީ!!!

  4
  1
 13. ނަސީރު

  އިސްލާމް ދީނޭ ކިޔައިގެން ގައުމީ ސަލާމަތުގެ ވާހަކަ ދައްކާ ފަރާތްތަކުން ފުރަތަމަ ދިވެހި ސިފައިންނަކީ ފަރުލު ފަސް ނަމާދު ގާއިމު ކުރާބަޔެއްތޯ ބެލުން ރަނގަޅެވެ.

  3
  1
 14. ޢަހުމަދު

  އުމުރު ހަމަނުވާ ބޭފުޅާ

 15. ގައުމު

  ތި ދެފިލުރަކީވެސް އެއްބަޔަކު މަގައުމު ސުންނާފަތި ކޮއްލުމުގެ ނިޔަތުގައި ރޭވި ދެފިކުރެއް. މިއަދު އަހަރެމެން މިއުޅެނީ މިކަމަކުން ސަލާމަތް ނުވެވިގެން.

 16. ކައުންސެލަރު 🙌

  ތިދެފިކުރަށްވުރެ ޤައުމީ ސަލާމަތަށް ނުރައްކަލީ އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔަކަށް ލަގަން ހަވާލު ކޮށްގެންނާ އަވަށްޓެރި ޤައުމެއްގެ ގޮށްމުށުގެބާރުގެ ސަބަބުން ކަމަށް ވަޒީފާގެ ބިރުއޮތީތީ ތިބޭފުޅާ އަށް ނުބުނެވުމަކީ ހައިރާންވާކަމެއްނޫނެވެ.