ޗައިނާއަށް އަމާޒުކޮށް އަބަދުވެސް އެކި ވާހަކަތައް ދައްކަވާ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް އެ ގައުމަށް އަމާޒު ކުރައްވައި ޓްވީޓެއް ކުރެއްވުމުން ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީއިން ރައްދު ދީފިއެވެ.

ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސްޕާޓްލީ އައިލެންޑް ނަމަކަށް ކިޔާ ރަށް ކައިރިން ހަނގުރާމަ މަތީ އިނގެރޭސި މަނަވަރުތަކެއް ވަން ފޮޓޯއަކާއެކުއެވެ. އެ މަންޒަރު ފެނި އުފާވި ކަމަށް ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

މި ޓްވީޓާ ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ކުރި ޓްވީޓެއްގައި ބުނީ ބައިނަލް އަގްވާމީ ހަމަތަކާއި އުސޫލުތަކާ އެއް ގޮތަށް ދުނިޔޭގެ ގައުމުތަކުގެ އުޅަނދުފަހަރާއި މަނަވަރުތައް ދަތުރު ކުރުމުގެ މިނިވަންކަން ދީގެން ތިބުމަކީ އަބަދުވެސް އިހުތިރާމާއެކު ބަލައިގަންނާނެ ކަމެއް ކަމަށެވެ.

އެހެންވިޔަސް، ޗައިނާގެ ސިޔާސަތާއި އަމިއްލަވަންތަކަމަށް އުނިކަން އަންނަ ގޮތަށް އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގެއްލިގެންދާ ގޮތަށް ޗައިނާއަށް އަމާޒުކޮށް ހިންގޭ ހަރަކާތްތަކާއި ބާރުގަދަކަން ދައްކަން ކުރާ ކަންކަން އެއްވެސް ހާލެއްގައި ބަލައިނުގަންނާނެ ކަމަށް ޗައިނާ އެމްބަސީން ލިޔެފައިވެއެވެ.

ޗައިނާ އެމްބަސީން ކުރި އެ ޓްވީޓްގައި ރާއްޖޭގެ ރައީސް ކަން ވެސް ކުރައްވާފައިވާ ނަޝީދުގެ ޓްވިޓާ އެކައުންޓް ޓެގް ކޮށްފައި ވެސް ވެއެވެ.

ބައިނަލް އަގްވާމީ އެކި ޕްލެޓްފޯމްތަކާއި ޓްވިޓާގައި ނަޝީދު ވަރަށް ގިނައިން ޗައިނާއަށް އަމާޒުކުރައްވައި އެކި ވާހަކަތައް ދައްކަވާފައިވެއެވެ. މި ގޮތުން ޗައިނާއާ ގުޅޭ ބައެއް ވާހަކަތަކުގައި ހަގީގަތެއް ނެތް ކަން ހާމަކޮށް އެމްބަސީން އަބަދުވެސް ރައްދު ދެއެވެ.

ނަޝީދުގެ ވާހަކަތަކުގެ ސަބަބުން ޗައިނާއާއި ރާއްޖެއާ އޮންނަ ގުޅުމަށް ހީނަރުކަން އައިސްދާނެ ކަމުގެ ކަންބޮޑުވުން ވެސް އޮވެއެވެ.

ޗައިނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް ބޭއްވި ގައުމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ ރާއްޖެއާ އަވަށްޓެރި އަދި ޗައިނާއާ އެންމެ ވާދަވެރި އިންޑިއާއާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަހުދީ

    ނަށީދާ ދޭތެރޭ ފިޔަވަޅު އަޅާ، ނަފުރަތު އުފައްދަން ކުރާ މަސައްކަތަށް.

    20
    1
    • ޚާރު

      ނަފްރަތު އުފައްދާފަ ބިރުން އުޅެނީ ގޮއްވާލަފާނެ ކަމަށް ... ދެންމިޖެހެނީ ނަފްރަތު ގާނޫނު ހަދާފަ މީނަ ހިމާޔަށް ކުރަން

  2. ޒަބީބު

    ނަޝީދަކީ އެމެރިކާ އިސްވެއޮވެ އިނގިރޭސިވިލާތާއި ހުޅަނގުގެ ބަޢެއްޤައުމުތައް ގުޅިގެން ޗައިނާގެ އިގްތިސޯދީ އަދި މިލިޓަރީ ކުރިއެރުމާއި ތަރައްޤީ އަށް ހުރަސް އެޅުމަށް އޭޝިއާ ޕެސިފިކް ޕުޝް ގެ ނަމުގައި އުފައްދައިގެން އުޅޭ މޫވްމެންޓްގެ އޭޖެންޓް އެއް. ނަމަވެސް ސުވާލަކީ ދވެހިރާއްޖެ ސަލާމަތްކުރަން އައްޑަނަ ހިފައިގެނ ހުރީ މީހާކަމަށް ވަކާލާތުކުރަމުންދާ ނަޝީދު ދިވެހިރާޢްޖެއާއި ޗައިނާއާއި ދެމެދު އޮތް އެތައް ސަތޭކަ އަހަރުވީ ގާތް އެކުވެރި ގުޅުން ޤުރުބާންކޮށްފައިވެސް ޗައިނާއާއި މިވަރަށް ޖައްސާ މިލަނީ ފަހެ ކޮން ސަބަބަކާއި ހުރެތޮ؟

    ޖަވާބު ވަރަށް ސާފު. މިމަސަތްކަތުގައި އުޅޭ ނަޝީދު ފަދަ ހުޅަނގުގެ އޭޖެންޓުންނަކީ ވަރަށް ބޮޑެތި އަދަދުން ފަންޑު ކުރެވިފައިވާ ބައެއް. ޢަދި އެމީހުންގެ ސިޔާސީ ކެރިއަރު ކުރިއަރުވައި ޤައުމުގެ ވެރިކަމަށް އިންތިޚާބުވުމަށް އެމެރިކާ އާއި ޔޫރަޕުން ފަންޑު ކުރާ ބައެއް. 2023 ގެ އިންތިޚާބަށް ނަޝީދު ފަންޑު ހޯދަނީ މިގޮތަށް އެމެރިކާ އާއި ހުޅަނގުގެ ޤަޢުމުތަކަށް މައުލޫދު ކިޔައިދީގެން. ޢެ މައުލޫދުތަކަކީ ޗައިނާގެ ކަރާމާތް ގެއްލޭ ގޮތަށް އެޤައުމަށް ބަދުބަސް ބުނުމާއި، މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާގެ ސުންނަތަށް ހަޖޫޖެހުން. އަދި ފާޅުގައްޔާއި ސިއްރިޔާތުގައި ސެކިލުލާފިކުރު ޕްރޮމޯޓް ކުރުން.

    22
  3. ޢަހުމަދު1

    ރާއްޖޭގެ ސިޔާސަތަކަށް ވާންޖެހޭނީ އަމިއްލަ މިނިވަންކަމަށް ލޯބިވާ ބަޔަކަށް. ޢެހެން ގައުމުތަކަށް ފާޑުކިޔާ މިގައުމުގައި ފިނިހަނގުރާމަ ހިނގިޔަ ދީގެން ނުވާނެ.

  4. ސޮއި

    އެމަނިކުފާނަކީ އަބަދު ހަމައިގައި ތިބުމަކީ މުހިއްމުކަމެއްނޫންކަމަށް ވާހަކަ ދައްކާފައި.
    ޙަމައިންނެޓިފައި ބޮއިގެން ތިބެ އެއްވެސް މީހަކު ޓްވީޓްކުރުމަކީ ރަނގަޅުކަމެއްނޫން.