އިސްލާމް ދީނަށް ފުރައްސާރަކޮށް ދީނާ ހިލާފު ވިސްނުންތައް ފެތުރުމުގެ ފިކުރާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ތަކްފީރީ ފިކުރު ރާއްޖޭގައި ފެތުރުނީ ޣައިރު މުސްލިމް މުޖްތަމައެއްގެ ކަންކަން މި ގައުމުގެ އިސްލާމީ މުޖްތަމައު ތެރެއަށް ފައްތަން ބަޔަކު މަސައްކަތް ކުރުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހާ ގުޅިގެން "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިކުރާއި ލާދިނީ ފިކުރު މި ގައުމަށް އައީ ޣައިރު މުސްލިމް އެހެން މުޖްތަމައުއެއްގެ ސަގާފަތާއި އާދަކާދަތައް ރާއްޖޭ ގެންނަން ދިވެހިންތަކެއް އިސްވެ ކުރި މަސައްކަތުން ކަމަށެވެ. ނަމަވެސް އެކަންކަމަކީ ރާއްޖޭގެ އިސްލާމީ މުޖްތަމައު ތެރެއަށް ފެއްތޭނެ ކަންކަން ނޫން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކޮށްގެން އަދިވެސް އެފަދަ ކަންކަން ރާއްޖެ ގެނެއުމަށް ބަޔަކު ވަކާލާތު ކުރަމުން ދާކަމަށެވެ. އަދި ޑިމޮކްރެސީގެ އުސޫލާވެސް ހިލާފަށް މަދު ބަޔަކު ގަބޫލުކުރާ ކަންކަން ނުފޫޒުގެ ތެރެއިން ރާއްޖެ ގެންނަން މަސައްކަތް ކުރާކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ ހިޔާލް ފާޅުކުރުމުގެ ނަމުގައި ދީނާއި ފުށު އަރާ ކަންކަމުގެ ވާހަކަ ބައެއް ދިވެހިން ދައްކަމުން ދާތީ މުޖުތަމައުއަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މުސްލިމު މުޖްތަމައުއެއްގައި އޮންނަ އާދަކާދަތައް އެހެން މުޖްތަމައުތަކާ ތަފާތުވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ދީނާ ދެކޮޅު ވާހަކަދައްކާ، ދީނަށް މަލާމާތް ކުރުމުގެ ސަބަބުން، ދީނަށް އުޅޭ މީހުންގެ ހިތްތަކުގައި އެމީހުންނާ މެދު ނަފްރަތު އުފެދިގެން ދާ ކަމަށް ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ޖަޒުބާތުގައި ޖެހި އެފަރާތްތައް މުރުތައްދުވި ކަމަށް ކަނޑައަޅާ، ލޭ ހުއްދަކުރަން ގޮވޭ ފަހަރުތައްވެސް ދިމާވާ ކަމަށް ވިދާޅުވިއެވެ.

"ހިޔާލު ފާޅުކުރުމުގެ ނަމުގައި ދީނާއި ހިލާފު ފާޑުފާޑު ވާހަކަދެއްކުން ހުއްޓުވަން އެބަ ޖެހޭ. ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާ ހަރުކަށި ފިކުރުގެ ކަންކަމާއި ދީނާއި ދެކޮޅު ފިކުރުގެ ކަންކަން. މި ފިކުރުތައް ނުހުއްޓުވިއްޖެ ނަމަ ގައުމުގެ އަމަން ގެއްލި ނަފްރަތާއި އަނިޔާވެރިކަން އާންމުވެ ހިނގައިދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމްދީނުގެ ނަމުގައި ހައްދު ފަހަނަ އަޅާފައިވާ ފިކުރާއި، އިސްލާމްދީނަށް ފުރައްސާރަކުރާ ލާދިނީ ފިކުރަކީ އެއް ފައިސާ ފޮއްޗެއްގެ ދެ ފަރާތުގެ ގޮތުގައި ފާހަގަކުރައްވާ، މިނިސްޓަރު ވަނީ އެ ދެފިކުރުން ރާއްޖެ ސަލާމަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

އަދި އެކަން ކުރުމަށްޓަކައި ތައުލީމީ ނިޒާމުގެ ތެރެއިން ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނުގެ ކަންކަން އުނގަންނައި ދިނުމަށް އިސްލާމް މާއްދާގެ ސިލަބަހަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޏނ

  އެބަ ރަގަޅުވޭ

  10
  1
 2. އަމީތާބް

  މިވެސް ހަރުކަށި ފިކުރުގެ މީހުންގެ ބޮޑެއް..

  4
  9
 3. ކަޟާލް

  -މި ވެރިކަމުގަ އިވުނު ހަމައެކަނި ހަމަޖެހޭ ތެދުވާހަކަ މީ.

  5
  2
 4. ލލ

  އެމްޑީޕީގެ ލީޑާޝިޕަކީ ޕާޓީ މެމްބަރުންނަށް އޮޅުވާލައިގެން އިސްތިއުމާރީ ބާރުތަކު ފަންޑުކޮށްގެން ދިވެހިރާއްޖެ އިސްތިޢުމާރު ކުރަން އިގިރޭސިން އަޑީގައި ތިބެގެން އުފެއްދި ބައިގަޑެއް 30 އަހަރުގެ ސަރުކާރާއި ދެކޮޅަށް ސަރުކާރު ބަދަލްކުރަން 2008 ގެ އިންތިހާބަކީވެސް އަސްލު ރައްޔިތުން ބޮޑު އޮޅުމެއްގެ ތެރޭގައި ރުޅިވެރިކަމުގެ ތެރެއިން ހިގާދިޔަ އިންތިހާބެއް !

  7
  6
 5. ބަލާއއްމީ

  ބަލަ މީގެ 100 އަހަރު ކުރިންވެސް މިގައުމުގަ ބުރުގާ އަޅައިގެން އުޅޭ އަންހެނަކު މަދުވާނެ އަދި ލަވަޔާ މިއުޒިކް ޢެރުވެސް ކުޅެއުޅޭ އެއިރަކު ތިކިޔާ މިނިވަން ފިކުރޭ ކިޔާއަޑެއްނީވޭ އަދި ހަރުކަށި ފިކުރޭ ކިޔާއަޑެއްވެސްނީވޭ ދެން ހުޅަނގެކޭ ތިކިޔަނީ މިތަން ހަލާކުވީ ޑޮޓުތަކެއް މިތަނަށް ފާވިފަހުން

 6. އަބްދޫ

  އިސްލާމް ދީނުގަ ކަންކަން އޮންނަ ގޮތް ނޭގޭ މީހުން އަދި ދީނީ ކަންކަން އުގެނި ދަސް ނުކުރާ މީހުން .ދީނީ ފޮތްތަށް ނުދެކެޭ މީހުން ހައްދުފަހަނަޅާ ގޮސްގެން މި އުލެނީ. މިސާލަކަށް އެންމެނަށް ވެސް އެގޭ ނަމާދުގަ ސަފުހަދާ އިރު އިނގަިލި ތަކުގެ ބަފަލުގަ ފައިގެ ފުންނާބާ ދިމާވިމަކަން ސަފުތައް ތެދު ކުރެވޭނީ . ފައިގެ ފުންނަބަ ދިމާލަށް ރޮނގެއްދަމައިގެން ނަމާދު ކުރާނަމަ ސަޖިދައިން ތެދުވާއިރު ގިނަމީހުން ތިބޭނީ އެރޮގަށްވުރެ ކުރީގަ ނުވަތަ އެ ރޮނގަށް ވުރެ ފަހަތުގަ އެއްވެސް ސަފެއް ސީދާ ނުކުރެވި. ފުރަގަހުގަ ލޮލެއްނުހުރޭ ސަޖިދައިންތެދުވެ ފަހަތަށް ބަލައިގެން ސަފު ސީދަލެއް ނުކުރެވޭނެ ނަމާދު ބާތިލްވާނެ. މީގެ ބަދަލުިގަ އިގިލި ތަކަށް ރޮނގު ހުރެފަ ފުންނާބަށް ސަފު ސީދާ ކުރާނެގޮތް ކިޔާ ދިންނަމަ ސަފުސީދާ ކުރަން އެންމެނަށް އެގޭނެ.ފުރަގަހަށް ރޮނގު ދެމުމަށް ކިޔަންޖެހޭނީ ހައްދުފަހަނަޅާ ދިއުން. މިހާރު މިސްކިތްތަކުގަ ފުންނާބުގަ ރޮގުދަމައިގެން ރޮގުގެ ކުރީގަޔާ ރޮނގުގެ ފަހަތުގަ ސަފު މިހަދަނީ . އިސްލާމިކް މިނިސްޓްރީ އެއް ހުންނައިރު މިކަންކަން ކިޔާ ދިންނަމަ ފުންނާބުގަ ރޮނގު ދަމާން ބުނެދޭނެ ނުޖެހޭނެ.

 7. Anonymous

  ތިހެންވީރު އަރަބިކަރައިގެ ފިކުރުވެސް ގެންނާނެކަމެއް ނެތް

  2
  3
 8. އަންނިބުންޔާމިން

  އިސްލާމ ދީން ކޮން ދަލީލެގެ މަޗައް ތޯ ތި ޕާޓީތައް ހަދާގެން ޑެމޮކްރެސީ ތެރޭތި ެުޅެނީ

  1
  1
 9. ވަރައްކުރުކޮއް

  ޑިމޮކްރަސީ އޮތީ އިސްލާމްދީނުގަ