އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވަން އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް އަންގައިފިއެވެ.

މި ފަހުން ހުޅުމާލޭ ސަހަރާ މިސްކިތުގައި ކުޑަކުދިންލައްވާ ނަމާދުކުރުވާ ކަމުގެ ވާހަކަތަކެއް ފެންމަތިވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ "ވަގުތު" އަށް މިއަދު ވިދާޅުވީ، އެ މިސްކިތުގައި އިމާމުވެ ނަމާދުކުރި ކުދިންނަކީ އިމާމު ކޯސް ހަދަމުންދާ ކުދިން ކަމަށެވެ. އެ އުމުރުގެ ކުޑަކުދިންލައްވާ އިމާމުވެ ނަމާދު ނުކުރުވަން މިހާރު އަންގާފައިވާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ. ކުޑަކުދިން އިމާމުވެ ނަމާދުކުރުމާއި ގުޅޭ ގޮތުން، ބަންދަށް ފަހު ސަރުކާރު ހުޅުވުމުން ސާކިއުލާއެއް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބެލެނިވެރިންގެ އިއުތިރާޒެއް ނެތް ނެތްނަމަ ތަރާވީސް ނަމާދު އިމާމުވެކުރަން މީގެ ކުރިން ހުއްދަ ދީފައިވާނެ ކަމަށެވެ. ނަމަވެސް އެއީ އާއްމުކޮށްކުރާ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވިއެވެ. އެ ހުއްދަވެސް ދެމުން އައީ އުމުރުން 15 އަހަރުން މަތީގެ ކުދިންނަށެވެ.

ކުޑަކުދިންލައްވާ އިމާމުވެ ނަމާދުކުރުވާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ބައެއް ރަށްރަށުންވެސް އަންނަނީ ލިބެމުންނެެވެ.

މިސްކިތުގައި އިމާމުކޮށް ނަމާދުކުރެވޭނީ މިނިސްޓްރީން ދޫކުރާ ހުއްދައަކާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ރީތި މޫސަ

  ކީއްވެބާ؟ ކުޑަކުދިންގެތެރޭ ޙާފިޒުންވެސް އެބަތިބި ޤުރުއާން ކިޔަވަނީ ނުލާހިކުރީތިކޮން ތިޔަށްވުރެމާރަނޅުވީސް ބަލައިގެން ދިވެބަސްކިޔަން ފަރިތަނޫން އަދި ރީތިކޮށް ޤުރުއާން ކިޔަވަންނޭގޭ ޚަތީބުންލައްވާ ހުކުރު ނަމާދު ކުރުވުން ހުއްޓުވިނަމަ

  48
  2
  • ޒައިކް

   ދަޢުލަތުން މުސާރަ ދީފަ އެބަތިބޭ އިމާމުން ލައިފަ.. ޤާނޫނުގަ ބުނޭ ވަކި ހުއްދައެއް ލިބިގެންކަން އިމާމުކަން ކުރަންވާނީ.. ދެން ކޮންމެކަމެއްގަ ސިޔާސީކޮށް ޖަދަލުކޮށް ނުރުހުންތެރިކަން އިސްނުކުރަންވީނު.. ހައްދު ފަހަނަ އެޅުމާ ލާދީނިއްޔަތު އުފަންވަނީ ތިޔަ ކަހަލަ ބީދާ ޖަދަލުކުރުންތަކުގެ ތެރެއިން.. ބައެއް ކަންކަމުގަ ނިކަން ދެން ޤާނޫނު ވާނެ ބައެއް މީހުން

 2. ސސ

  ކުޑަކުދިންގެ ތެރެއިންވެސް ރަގަޅަށް ނަމާދު ކުރަން ދަންނަ ރީތިކޮށް ރަގަޅަށް ޤުރުއާން ކިޔަވަން ދަންނަ ކުދިން އިމާމުވެ ނަމާދު ކުރުމަކީ ރަގަޅުކަމެއް އެއީ މައްސަލައެއްނޫން އޭރުން ކުދިން ނަމާދު ކުރުމަށާއި ޤުރުއާން ކިޔަވަން ހިއްޖެހި އާދަވާނެ !

  43
  1
 3. ކޮރަލް

  ހަމަޖެހޭ ވާހަކަ އެއް ނޫނެވެ.

  14
 4. އަނިލް

  ދެން އަންގާނެ އެވަރުގެ ކުޑަކުދީން މިސްކިތްތަކަށް ނުފޮނުވުމަށާއި ނަމާދު ނުކުރުމަށް އޭރުން
  އެކުދިންގެ ހިތްތަކުން އިސްލާމް ދީންގެ ބިންވަޅުކެޑިގެންދާނި މިއީ މިކަން މިމީހުނގެ ކިބައިން
  ރޭވިގެން އަންނަގޮތް

  15
  2
  • ނައިމް

   ތިޔަށް ކިޔަނީ ހައްދުފަހަނަ އެޅި ހަރުކަށި ވިސްނުން.. ހަމައެކަނި ބޮން ގޮއްވުމެއް ނޫން ހަރުކަށިވުމަކީ.. ލަަދީނިއްޔަތުވެސް އުފެދެނީ ތިޔަ ޒާތުގެ ކުޅޭކުޅޭ ވިސްނުމުން.. ޤާނޫނާ ޤަވާއިދުތައް ހުންނަނީ ވަކި ބޭނުމެއްގަ.. އިމާމުކަން ކުރެވޭނި ވަކި ހުއްދައެއް ލިބިގެން ވަކި އިމްތިހާނުތަކަކުން ފާސްވެގެން.. ކޮންމެކަމެއްގަ ޖަދަލުކޮށް އިދީކީލަވާން ހަމަޖެހޭބާ؟؟ ވަލީއުލްއަމްރަށް ވެސް އޮންނާނެ އިންތަކަކާމިންތަކެއް ކަނޑައެޅުމުގެ ހައްޤު އެއީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކާ

 5. ސަޓޯ

  މި ސަރުކާރުން ދީނާ މީހުން ދުރުކުރަން ވަރައް ނުސީދާކޮއް އުޅޭކަމުގެ ހެއްކެއްމީވެސް

  14
  2
 6. މުޙައްމަދު

  18 އަހަރު ވީމަތަ ނަމާދު ކުރަން ޖެހެނީ ވެސް..؟

  12
 7. މޯޑު

  ލާދީނީ މީހުން ބޭނުންވާ ގޮތް

  7
  2
 8. ޠަސް

  13 އަހަރު ވާއިރު ބާލިޣުވެފަ ތިބޭ ކުދިންނަކީ ކުޑަ ކުދިންނެއް ނޫނެވެ.

 9. ޢަޔޒީން

  މިނިސްޓަރު މިހާރު އިސްތިއުފާދީ.. 18 އަހަރު ނުފުރޭ ކުދިންނައް އިމާމްވެ ނަމާދު ކުރެވެންވާނެ.. އެެއީ ރީތި ކޮއް ގުރުއާންކިޔަވާ އަދި ގުރާންގެ ފޮތްތައް ހިތުން ކިޔަން ދަންނަ ކުއްޖެއް ނަމަ އަދިވަކީން ބޮޑައް އެމަތިވެރި ޝަރަފު ދެއްވަންވާނެ. ތިފަދަ ގަވާއިދުތަކަކީ ދީނުގެ ރޫޚާއި މުޅިން ބީރައްޓެހި އަދި ފިތުނަވެރި ގަވާއިދުތަކެއް.

 10. ށައޫދު

  18 އަހަރު ނުފުރޭ ކުދިން ދީނައް ލޯބިޖެއްސުމައްވެސް ވަރައްމުހިންމު އިމާމްވެ ނަމާދު ކުރުމުގެ ފުރުސަތު ދޭން. ށުވާން ކުދިން ހިތްޖައްސުވަން ޖެހެނ މިފަދަ ހެޔޮ ކަންކަމައް.. ނާޗަރަންގީ ކުޅުމާއި ސަކަރާތް ޖެހުނާއި ޓިކްޓޮކު ވީޑިއޯ ހެދުމަކަށެއްނޫން ހިތް ޖައްސުވަން ޖެހެނީ. ގަބޫލު ކުރެވެނީ މުޖުތަމައު އިން ދީނީ ރޫޚު ފިލުވާލުމުގެ ޢައު އެޖެންޑާއެއް އިފްތިތާހު ކޮއްފިހެން.

 11. ލޮލް

  އިމާމުވެ ނަމާދެއް ކޮއްލަން ނޭނގޭ ބޮޑެތި ފިރިހެނުންވެސް މުސްލިމުންނޭ ކިޔައިގެން ރާއްޖޭގައި އެބައުޅޭ. އަނބިދަރިންނަށްވެސް މުސްލިމުންނަށްވެސް ހުތުރެއްނު.