ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ތެރެއިން ސިނޮފާމް ވެކްސިން އަލުން ދޭން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މާލެ ސަަރަހައްދުގައި ސިނޮފޯމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަމުން ދާނީ ސެނެހިޔާ ވެކްސިން ސެންޓަރުގައި ކަމަށެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުން މެދުކަނޑާލީ އީދު ބަންދާއި ދިމާކޮށެވެ.

އިއްޔެ އާ ހަމައަށް ރާއްޖެއިން ޖުމްލަ 321،429 މީހަކަށް ފުުރަތަމަ ޑޯޒް ވެކްސިން ޖަހާފައި ވެއެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 261،605 އަށް އަރާފައެވެ.

މިވަގުތު މާލެ ސަރަހައްދުގައި ވެކްސިން ޖަހަމުން ގެންދަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިން އާއި ކޮވިޝީލްޑް އާއި ފައިޒާ ވެކްސިނެވެ. ރާއްޖެއަށް އިތުރު ވެކްސިން ގެނައުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު