ބޭރު ގައުމުތަކުން ރާއްޖެ އަށް އަންނަ ބޭނުންވާ ނަމަ، ރާއްޖެ އެތެރެވުމުގެ 96 ގަޑިއިރު ކުރިން ކޮވިޑް ޓެސްޓް ހަދަންޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލު ބަދަލުކޮށްފިއެވެ.

ރާއްޖޭގައި މީގެކުރިން އަމަލު ކުރަމުން އަންނަ އުސޫލުގައިވާ ގޮތުން ރާއްޖެ އެތެރެވުމުގެ 96 ގަޑިއިރު ކުރިން ކޮވިޑް ޓެސްޓެއް ހަދަން ޖެހެއެވެ. އަދި ރާއްޖެ އާދެވޭނީ އެ ޓެސްޓްގެ ނަތީޖާ ނައްސިވެއްޖެ ނަމަ އެކަންޏެވެ.

އަލަށް ގެނައި މި ބަދަލާ އެކު، މިއަދުން ފެށިގެން ރާއްޖެ އެތެރެވުމުގެ ހަތަރު ދުވަސް ކުރިން ދިވެހިން ވެސް ހިމެނެ ގޮތަށް އެންމެން ކޮވިޑް ޓެސްޓު ހަދަން ޖެހޭނެއެވެ. ރާއްޖެ އަށް އައުމަށް ކޮވިޑް ޓެސްޓު ހަދަން ކުރިން ކަނޑައަޅާފައި އޮތީ 72 ގަޑި އިރެވެ.

ގާތްގަަނޑަކަށް ދެ މަހަށް ފަހު ދެކުނު އޭޝިއާ އިން ރާއްޖެއަށް ޓޫރިސްޓުން އާދެވޭ ގޮތަށް އަލުން ހުޅުވައިލީ މިމަހުގެ 15 އިން ފެށިގެންނެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވުމާ އެކު ސަރުކާރުން ވަނީ ކުރިން އަޅާފައި ހުރި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. ހާއްސަކޮށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އެމީހުން ވެކްސިން ފުރިހަމަ ކުރާތާ 14 ދުވަސް ފަހުން ރާއްޖޭގެ ރަށްރަށަށް ކަރަންޓީނާ ނުލާ ދަތުރު ކުރެވޭ ގޮތް ވަނީ ފަހިކޮށްފައެވެ.

މީގެއިތުރުން ވެކްސިން ފުރިހަމަކޮށްފައި ތިބިި ދިވެހިން ނުވަތަ ވޯކް ވިސާގައި އަންނަ މީހުން ރާއްޖެ އަނބުރާ އައިސް ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. މީގެ އިތުރުން ކޮވިޑް ޖެހި ރަނގަޅުވިތާ 60 ދުވަސް އަދި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ރާއްޖޭގެ ރަށްރަށަށް ގޮސް ކަރަންޓީނު ނުވެ މިހާރު އުޅެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރީތި މޫސަ

    ތީވަރަށް ރަނގަޅުކަމެއް ނެގެޓީވް ރިޕޯޓާއިއެކު ރާއްޖެ އެތެރެވާނަމަ ބަލިފެތުރުން ކުޑަކުރެވޭނެ

  2. ގަލަން

    ޚަބަރުގަ އޮތް ގޮތުން ކުރިއާ މިހާރާ ތަފާތެއް ނެތް

  3. ޑްރާމާ

    ކޮވިޑެއް އަސްލު ނެތް.
    މީ ހަމަ ހުސް ޑުރާމާ.
    މިކަން ވީ އެންމެ އަވަހަކަށް ހުއްޓާލަން ވީ.