ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއް ކަން ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ހުށަހެޅުއްވި އިސްލާހުތަކަކީ ވަކި ސިޔާސީ ޕާޓީއެއްގެ ނުފޫޒުން ހުށަހެޅުއްވި އިސްލާހުތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި އެ ބިލަކީ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މަގްސަދުގައި ހުށަހެޅުއްވި ބިލެކެވެ.
އެ ބިލުގައި އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުން ދީނީ އިލްމުވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮތެވެ. އަދި އާންމުންގެ ފާޑުކިއުން ވެސް ބިލަށް އަމާޒުވެގެން ދިޔައެވެ.
ޖުޑިޝަރީ ކޮމިޓީން ބިލަށް ގެނައި އިސްލާހުތަކާއެކު ވެސް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ހިމެނޭ ގޮތަށް ބިލާ މެދު ކަންބޮޑުވުންތަކެއް އޮތެވެ. މި ގޮތުން ޔައުގޫބް ވެސް ބިލަށް އިސްލާހުތަކެއް ހުށަހެޅުއްވިއެވެ.
އެކަމަކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ނިންމީ އެ ބިލު އިތުރަށް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ފާސްވުމުން ޔައުގޫބްގެ އިސްލާހުތައް އަނބުރާ ނެންގެވިއެވެ.
މިކަމާ ގުޅިގެން ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވީ، އެ ހުށަހެޅުމަކީ އަދާލަތު ޕާޓީގެ ނުފޫޒު އޮންނަ އިސްލާމިކް މިނިސްޓްރީން އެދިގެން ޔައުގޫބް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.
ވަކި މެންބަރެއްގެ ނަން ވިދާޅުނުވެ، އިންތި ސިފަކުރެއްވީ އެއީ ރައްޔިތުންގެ މަޖިލީހުގައި ގޮނޑިއެއް ވެސް ނެތް އަދާލަތު ޕާޓީގެ ނުފޫޒުން އެމްޑީޕީގެ މެންބަރަކު މެދުވެރިކޮށް ހުށަހެޅުއްވި އިސްލާހެއް ގޮތުގައެވެ.
އިންތިގެ ވާހަކަތަކާ ގުޅިގެން ޔައުގޫބް "ވަގުތަށް" ވިދާޅުވީ، ގާނޫނުލްއުގޫބާތަށް ހުށަހެޅުއްވި އިސްލާހުތަކަކީ އަމިއްލައަށް ފެނިވަޑައިގެން އަމިއްލަ އިޚްތިޔާރުގައި ހުށަހެޅުއްވި އިސްލާހުތަކެއް ކަމަށެވެ.
ޔައުގޫބް ފުރަތަމަ ވެސް ފާހަގަ ކުރެއްވި ކަމަކީ، ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވެސް ބިލުގައި ހިމެނޭ ބައެއް ކަންކަން ފާސްކުރަން ދެކޮޅު ހައްދަވާ އޭނާ ދެއްކެވި ވާހަކަތަކެވެ. އަދި ކޮމިޓީ މަރުލަހާގައި އެ އިސްލާހު ކުރަން އޭނާ ގޮވާލެއްވި ގޮވާލެއްވުމެވެ.
"އަދާލަތު ޕާޓީއެއް، އެހެން ޕާޓީއެއްގެ ނުފޫޒެއް ވެސް އޮވެގެން ހުށަހެޅި އިސްލާހެއް ނޫން އެއީއެއް، އަޅުގަނޑު ބޭނުންވެގެން އަޅުގަނޑު ހުށަހެޅި އިސްލާހެއް އެއީ،" ޔައުގޫބް ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ އިސްލާހު ހުށަހެޅުއްވުމުގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯއްދެވި ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޔައުގޫބް ވިދާޅުވީ އޭނާއަކީ ދީނީ އިލްމުވެރިޔަކަށް ނުވެފައި، އެ އިލްމުގެ ބޭފުޅުންގެ މަޝްވަރާ ލިބިގެން އިސްލާހު ހުށަހަޅުއްވަން ބޭނުންވާތީއެވެ.
"އަޅުގަނޑަށް ފެނިގެން އަޅުގަނޑު އިސްވެ އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދީ، އަޅުގަނޑަކީ އެންމެ މޮޅު މީހާއެއް ނޫން، މޮޅު ގޮތަކީ މަޝްވަރާ، އެހެންވެ އިސްލާހު ހުށަހެޅުމުގެ ކުރިން މިނިސްޓްރީގެ މަޝްވަރާ ހޯދީ،" ޔައުގޫބް ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ، ގާނޫނެއް ފަރުމާކޮށް އަމަލު ކުރަން ފަށަން ވާނީ ވެސް އެ ގޮތުގެ މަތިން މަޝްވަރާ ވީހާވެސް ފުޅާކޮށް ކުރުމަށް ފަހު ކަމަށެވެ. އެކަމަކު ކޮމިޓީ މަރުހަލާގައި ބޭނުންވާ އިސްލާހުތައް ނައުމާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދިފައި ނެތުމުން އިސްލާހުތައް ހުށަހެޅުއްވީ ކަމަށް ވިދާޅުވިއެވެ.
ޔައުގޫބްގެ އިސްލާހުތައް
ޔައުގޫބް އިސްލާހެއް ހުށަހެޅުއްވީ ކޮމިޓީން އިސްލާހު ގެނައި މާއްދާއަކަށެވެ.
އެ ގޮތުން ޚިލާފް އުފެދިފައިވާ ކަންކަމުގައި ވަކި ރައުޔަތަކަށް މީހަކު ތާއީދު ކުރުމުން އިސްލާމީ ޝަޚްސިއްޔަތު ކަތިލާ ގޮތަށް ސިފަ ކުރުމުގެ ކުށަށް އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގައި ވަނީ އިސްލާމީ ޝަޚްސިއްޔަތަށް އުނިކަން ދީ އަނިޔާވެރިވާން ގޮވާލުމަކީ ކުށަކަށް ހެދުމަށެވެ.
މުރުތައްދުވެއްޖެ ކަމަށް ދައުލަތުގައި ސާބިތުވާ މީހަކާ ދިމާއަށް ކާފަރު ގޮވުމުގެ އިސްތިސްނާ ހާލަތުގެ މާއްދާއަށް ވެސް އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގައި ވަނީ، ކުށަކަށް ވާނީ މުރުތައްދު ވެއްޖެ ކަމަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުން އެ ތުހުމަތު ކުރުމެވެ.
ޔައުގޫބް ވިދާޅުވީ، އިސްލާމް ދީނަށް ފުށު އަރާ ގޮތަށް އޮންނަ އެއްވެސް ބަދަލެއް އަދި ރައްޔިތުންގެ ކަންބޮޑުވުން އެހާ ބޮޑަށް އޮންނަ އެއްވެސް ގާނޫނީ އޮނިގަނޑަކަށް އޭނާގެ ތާއީދު ނޯންނާނެ ކަމަށެވެ.
ބިލުގަ އެވަނީ ރައްޔިތުންގެ އަޑު އަލްހަމްދުލިﷲ. ނަޝީދުގެ ލާދީނީ ފެކްޝަންގެ މީހުން އެއަހަން ބޭނުން ނުވަނީ.
*އަސްލާހުގަ އެވަނީ ރައްޔިތުންގެ އަޑު
ޔައުގޫބް ވިދާޅުވީ، އިސްލާމް ދީނަށް ފުށު އަރާ ގޮތަށް އޮންނަ އެއްވެސް ބަދަލެއް އަދި ރައްޔިތުންގެ ކަންބޮޑުވުން އެހާ ބޮޑަށް އޮންނަ އެއްވެސް ގާނޫނީ އޮނިގަނޑަކަށް އޭނާގެ ތާއީދު ނޯންނާނެ ކަމަށެވެ. އެހެންކަމުގައިވާނަމަ މިބިލްގައި ހިމަނަންވީ އިސްލާމްދީނަށް ފުރައްސާރަކުރާ އެންމެނަށް ހަރުކަށި އަދަބު ދިނުމަށާއި ކުޑައިމިސްބަހެއްވެސް ބުނެފިނަމަ އެމީހަކު އިސްލާޙްވާން އެންގުމަށާއި،ނުވެއްޖެނަމަ އެމީހަކު ވަޒީފާއިންވެސް ވަކިކޮށް އަދަބުދިނުމަށެވެ. އަދި އެމީހަކީ އިސްލާމްކިޔަވައިގެންހުރި މީހަކަސް ނުވަތަ އެހެންމާއްދާއެއް ކިޔަވައިގެންހުރި މީހަކަސް ހަމަހަމަ ވާއުސޫލުންނެވެ.
ދެއްކިޔެއްވެބާ ރިސްވަތާ ދަށުންދެމުމުދަ ތިޔައުޅެނީ އެއީ ދީހުންދަކުރަނީތޯ ނުވަރަ ރައްޔިތުންނައް ސަޅި ކަމަކީތޯ ރައްޔިތުންހީކުތީ މަނިކުފާނުގެ ކިޔެވުމަކީ ނުވަތަ ފައްނަކީ ވަގުފިފުންކައް ހީކޮއްވޯޓުދިނީ ނަމަވެސް ވަގުންނާގުޅެއް އިގުނީ
"މާއްކޫ އޮޑިޓަރު" ލަދެއް ނުގަނޭތަ؟
މަކޫ ޢޮޑެޓަރެކެ.. ހެހެހެހެހޭ
ވަރައް ސާފުކޮއް އެބަފެނޭ ޔައުގޫބް ވަގުން ހިފަާތަން.