ސިފައިންގެ ނޮދަން އޭރިޔާގެ ހެޑުކްއާޓާޒް އިމާރާތް ކުރުމަށް ބޭނުންވާތީ ހދ. ހަނިމާދޫގެ ދަނޑުބިންތައް ހުސްކުރަން އެ ރަށު ކައުންސިލުން އަންގައިފިއެވެ.

ހަނިމާދޫ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ނެރުނު އިއުލާނެއްގައިވަނީ ވަނީ ހަނިމާދޫގެ ރަންވޭ މަގާއި، އަރާ މަގާއި އަދި ވަޑައިގެން މަގު ހިމެނޭ ސަރަހައްދުން ކަންސްޓަމްސް އިމާރާތުގެ އިރުމަތިން ދޫކޮށްފައިވާ ދަނޑު ބިންތައް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ހުސްކޮށް ނިންމަން އެދޭ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާ ބިމުގެ ސަރަހައްދަށް ޓްރާންސިޓް ހޮޓަލަކާއި، އެމްއެންޑީއެފް ނޮދާން އޭރިއާއަށް ބަޔަކާއި އަދި ރަންވޭގެ ދުރު މުސްތަގްބަލުގެ ޕްލޭނަށް ބޭނުން ކުރެވޭނެ ބިމެއްގެ ގޮތުގައި ހިމަނައި 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު ވަނީ ހުށަހަޅާފައެވެ.

އެކަމާއި ގުޅިގެން ހަނިމާދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމާއި އެކު ފަހުން ސަރުކާރުން ވަނީ ބޭނުންވާ ބިމުގެ ސައިޒް 420،316 އަކަފޫޓަށް ކުޑަކޮށްފައެވެ. އެއީ އެ ރަށަށް މި މަހުގެ 18 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަޑައިގެން، ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް މައްސަލަ ހައްލު ކުރެއްވުމުންނެވެ.

ބިމުގެ މައްސަލާގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސާއްބަ ޖަމިއްޔާ އަދި ކެތިއަރާ ކުލަބުގެ ފަރާތުން ރައީސް ސޯލިހަށް ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ. އަދި ގިނަ ބަޔަކު އަންނަނީ އެކަމާއި ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮރަލް

    ދަނޑުވެރީންގެ ހައްގުތައް ހޯދަން ޕާޓީ އެއް ހަދަން ވީ އެވެ. ޕާޓީ ތަކުން މަސްވެރީންނާ ދަނޑުވެރީންގެ މައްސަލަ ނުބަލަ އެވެ.

    15
  2. ތިމާވެށި

    ހަނިމާދޫ މަޖްލިސް މެމްބަރާ ވާހަކަ ދައްކަ ބަލާށެވެ.

    12
  3. އޭސަހަރޯ

    ތިޔައީފެށުން ފަލަސްތީނުން ފަލަސްތީނު ރައްޔިތުން ބާލާހެން ބާލާ ހުސްކުރާނޫ އޭ ދުނިޔޭގެ ތިބިބަޔަކައް ދައްކަވާނެ ސަހަރޯ

    • ދެބޯގެރި

      ޢިންޑިއާގެ އަތްގަދަ ކު ރުން. މާލޭގަ ވެސް މިހާ ރު ހިނގަނީ އިންޑިއާ އެމްބަސީގެ އަމު ރު. އެމީހުން ބޭނުންވީމަ ގޯޅިތަކާ ޕޭމަންޓްތައް ބަންދުކު ރެވޭ. ރައްޔިތުންނަށްވާ އުނދަގުލަކަށް ބެލުމެއް ނެތް. އިބޫ ބުންޏެއްނު ހަނިމާދޫގަ އިންޑިއާ ސިފައިން ނުތިބޭނެޔޭ .އެއަ ރޕޯޓް ތަ ރައްގީ ކު ރަނީ އެމީހުންގެފްލައިޓް ތައް ޖައްސަން .އެތަން ބަލަހައް ޓަން ތިބޭނީ އ.ސިފައިން މިހާ ރު ވެސް ތިބޭ ކަމަށްވަނީ އިންޑިއާ ސިފައިން.

  4. ރްނާ

    މުޅި ގައުމުގައި އިންޑިއާ ސިފައިން އައްޑޫގަ ކައްދޫގަ ހަނިމާދޫގަ އުތު ރު ތިލަފަޅުގަ. ޢިބޫ ބުނާނެ ހަނިމާދޫގަ އިންޑިއާ ސިފައިން ނުތިބޭނެޔޭ .ތިޔަ އެއަރޕޯޓެއް ނިމޭ އި ރަށް ގެނެސް އަޅާލާނެ ބައިވަ ރުގަނޑު. މިހާ ރުވެސް ކޮންމެވެސް ވަ ރަކަށް ސިފައިން ތިބޭ. ޢެމީހުންގެ އަމިއްލަ ބޭނުމެއްނެތި ނުކު ރާނެ އަނެކުންނަށް ފައިދާވާނެ ކަމެއް . ޜަތްލާޖެހި ހިންދޫންނެއްނު އެއީ.އަދި އެތައްހާސް މުސްލިމުންނެއް މަ ރާފަހު ރި މީހެއް މިހާ ރު ވެ ރިކަމުގައި ހު .ރީ

  5. ރީތި މޫސަ

    ހަމަސާބަސް މުޅިޤައުމުދީ އިންޑިޔާއަށް

  6. ސ.ޔ

    ރާއްޖޭގެރަށްތަކަކީ ކުޑަރަށްތަކެއް އާއްމުކޮށްއެރަށެއްގެ ރައްޔިތުންނަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އަދ އޮޑިދޯނިފަހަރު އެއްގަންކޮށް މަރާމާތުކުރުމާއި މިފަދަ އެތައްމަސައްކަތްތަކެއް އެރަށެއްގެ އެކިހިސާބުތަކުގައި ކުރާބަޔަކަށްވާއިރު އެކިނަންނަމުގައި ސަރުކާރުންވެސް އެރަށެެއްގައި އޮންނަހާބިމެއް ނަގައި ބަނޑުއަޅައިލުމަކީ ބޮޑުބޭއިންސާފެއް މިފަދަބޮޑެތި ބިންތައް އެކިނަންނަމުގައި ނަގައިގެން ކޮންކަމެއްއެތަންތަނުގައކުރަންއުޅެނީ އޭގަ ބަދަލުގައި ރަށާއި އާބާދީއާއި އެރަށުގައި ދިރިއުޅޭ އަހުލުވެރިންގެ ދިރިއުޅުމަށްކުރާ އަށަރުނުކުރާވަރުގެ ކުޑަބިމެއް ބޭނުންކުރީމާ އެންމެ ފައިދާބޮޑުގޮތަކކީވެސް

  7. ގަލަން ތުނޑު

    ހިންނަވަރުގަ އިންޑިޔާގެ ކިތައް ސިފައިން ތިބޭތޯ