ބ.އަތޮޅު ފުޅަދޫގައި އިއްޔެ ހިނގި ހާދިސާގައި ނިޔާވި މުހައްމަދު ޔޫޝައު ނިޔާވީ އޭނާގެ އެކުވެރިންގެ ފުރާނަ ސަލާމަތް ކުރެއްވުމުގެ މަސައްކަތުގައި އެންމެން ފަހުރުވެރިވާ ހިތްވަރާއި މިސާލު ދައްކަވާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައިފިއެވެ.

އިއްޔެ މެންދުރު ހިނގި ހާދިސާގައި އުމުރުން 36 އަހަރުގެ ޔޫޝައު ނިޔާވީ ފުޅަދޫގެ ހުޅަނގު ކޮޅަށް މޫދަށް އެރި އުޅެނިކޮށް ރަހުމަތްތެރިންތަކެއް އޮޔާ ދަމައި ގަތުމުން އެމީހުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ. ޔޫޝައު ވަނީ ނިޔާވުމުގެ ކުރިން ބައެއް މީހުން ސަލާމަތް ކޮށްފައެވެ.

ޔޫޝައު ނިޔާވުމާއި ގުޅިގެން އާއިލާއަށް ތައުޒިއާ ފޮނުއްވަވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫޝައު ނިޔާވެ ދިޔައީ އެކުވެރިންގެ ފުރާނަ ސަލާމަތް ކުރެއްވުމުގެ މަސައްކަތުގައި އުޅުއްވުމުގައި އަޅުގަނޑުމެން އެންމެން ފަހުރުވެރިވާފަދަ ހިތްވަރާއި މިސާލު ދައްކަވާފައި ކަމަށެވެ. "މާތްﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި." ނަޝީދު ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޔޫޝައު ނިޔާވުމާއި ގުޅިގެން އޭނާ ދަންނަ ވަރަށް ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި އެކި ޕޯސްޓްތައް ކޮށްފައެވެ. ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔޫޝަޢުއަކީ ދަރުމަވަންތަ ސްކޫލުގެ ލޮބުވެތި ދަރިވަރެއް ކަމަށެވެ. އޭނާ އަކީ ވަރަށް ހިތްހެޔޮ ކުއްޖެއް ކަމަށާއި އެއީ އެކުވެރިންނަށް ލާމަސީލު މިސާލެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ. "ކޮންމެ ތާކުން ފެނުނަސް ހާލު އަހާނެ. ހިނިތުން ވެފައި ނޫނީ ދުވަހަކު ވެސް ބަހެއް ނުބުނޭ." އަޝްރަފް ވިދާޅުވިއެވެ.

ޔޫޝައުގެ ޖަނާޒާ ވަނީ ރޭގެ ވަގުތެއްގައި މާލޭގައި ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނނމ

    މީ ޖަމާލުއްދީން ސްކޫލުން ކިޔެވި ކުއްޖެއްތަ؟ އައި ތިންކް ހީއިސް އަ ކްލާސްމޭޓް އޮފް މައިން. ވީ ކޯލްޑް ހިމް ޔޫ. އިފްހީއިސް ދަސޭމް ޔޫ، ވެރީ ސޮރީޓު ހިއަރ އަބައުޓް ދިސް

    6
    3
    • މހތ

      ޔެސް. ތިބުނީ ރަނގަޅަށް! އޭރުންސުރެން އެންމެންގެ ޔޫބެ!

  2. ޜަނާ

    ނަޝީދުގެ ތިމާގެ ކުއްޖެއްވީމަ ތޯ
    ތަޢު ރީފް ކު ރެއްވީ

    4
    5
  3. ދީނާ

    އާއިލާއާއި ރައްޓެހިންގެ ފަރާތުން މައުލޫމާތު އޮޅުން ފިލުވިނަމަ މާފުރިހަމަވީސް. އެކަޑަމީގެ ރައީސް ޕޯސްޓެއް ކޮށްލާއިރަށް އެވާހަކަ ލިޔާކަށް ނުޖެހޭ. އެއީ މީހުންކިޔާކިޔާ ބާވެފައިވާތީ.

    4
    3