މިއަދު ރާއްޖެ އިން އިތުރު 141 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ވެސް މާލެ އިން ފައްސިވީ 22 މީހުންނެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 98 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 20 މީހުން މިއަދު ފައްސިވިއެވެ. އޭގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކުން އެކަކު ފައްސިވިއެވެ.

މިއަދަކީ ފާއިތުވި ހަތް ދުވަހުގެ ތެރެއިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފާއިތުވި އަށް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ފައްސިވީ މިއަދު އެވެ.

މިއަދު 5152 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އޭގެތެރެއިން ކޮވިޑަށް ފައްސިވީ %2.74 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 225 މީހުން މިއަދު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. މިހާރު ކޮވިޑް ޖެހިފައި ތިބީ 2527 މީހުންނަށެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 14 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ވަރަށް މޮޅު ފޮޓޮގުރާފަރު

  2. ޖިމީ

    ރިސޯޓް ތަކުން ފައްސިވާންވީ ސަބަބެއް ނުވިސްނޭ....
    #.ގެސްޓުން ފޭކް ޕީސީއާ ޓެސްޓް ހަދައިގެން ކަންނޭގެ
    # މުވައްޒަފުންނަށް ރަށަށް ނުދެވޭ