ކޮންޓޭނާތަކެއް މަތިން ވެއްޓި އެމްޕީއެލްގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

އެމްޕީއެލް އިން ބުނީ މުވައްޒަފަކު ވެއްޓުނީ ދެބަރިއަށް ޖަހާފައި ހުރި ކޮންޓޭނާތަކެއްގެ މަތީގައި ހުރި މީހަކު ހަރުގަނޑެއް ބޭނުން ކޮށްގެން ތިން ބަރިއަށް ޖަހާފައި ހުރި ކޮންޓޭނާތަކެއްގެ މައްޗަށް އަރަން އުޅުނު މުވައްޒަފެއް ކަމަށެވެ. އޭނާ ވެއްޓި އަތް ވިދުނު ގޮތަކުން އުޅަނބޮއްޓާއި ކޮނޑުހުޅާއި ދެމެދުން ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

އޭނާގެ ހާލު ސްޓޭބަލް ކަމަށާއި އޭޑީކޭ އާއި އައިޖީއެމްއެޗް އިން އޮޕަރޭޝަން ކުރެވެން ނެތުމުން މިހާރު އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން ބުނީ މުވައްޒަފުން ވެއްޓުނީ ނުވަވަރަކަށް ފޫޓް މަތިން ކަމަށެވެ. ވެއްޓުނުއިރު ވެސް މުވައްޒަފު ހުރީ ހެލްމެޓާއި އަދި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ވެސް އަޅައިގެން ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލްގައި ފަހަކަށް އައިސް ހިނގި ހާދިސާތަކާއި ގުޅިގެން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަނިކެ

    މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ނެތީމަ މިކަހަލަ ކަންކަން ދިމާވަނީ. ކޮބާ އިކޮނޮމިކް މިނިސްޓްރީ؟ ކޮބާ ލޭބަރ ރިލޭޝަންސް އޮތޯރިޓީ؟ ކޮބާ ހިއުމަން ރައިޓްސް ކޮމިޝަން؟ މި އިދާރާތަކުގެ ޒިންމާއެއް ހަމަނެތީތަ؟