22:25

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ބަލި މީހަކު ނެތި، ހުސްވެއްޖެ.

22:02

އިތުރު 108 މީހުން ކޮވިޑަށް ފައްސިވެއްޖެ.

21:23

ކޮވިޑްގައި މީހަކު ނިޔާވުމުގައި އިހުމާލު އޮތުމުން ދުވާފަރު ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެ.

16:32

ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ ކ. އަތޮޅު ކާށިދޫގައި އެ ބަލީގެ ކަންކަމުގައި އޮޅުވާލުމާއި، ދެކޮޅުހެދުމާއި އުސޫލުތަކާއި ހިލާފުވާ މައްސަލަތަކެއް ފެންމަތިވެއްޖެ.

15:04

ޗައިނާއިން ތައްޔާރުކޮށްފައިވާ ސިނޮފާމް އާއި ސިނޯވެކް ވެކްސިން ޖަހައި ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް އެހެން ގައުމުތަކުގައި ތައްޔާރު ކޮށްފައިވާ ވެކްސިނުން ބޫސްޓާ ޑޯޒެއް ދިނުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށް ކައިޒިންއިން ރިޕޯޓްތައް ބުނެފި

10:30

އެސްޓްރާޒެނެކާ ވެކްސިން ޖަހައިދޭން އެޕޮއިންޓްމެންޓް ދޫކުރަން ފަށައިފި.

09:32

ޔޫއޭއީ އިން އެޅި ފިޔަަވަޅާއިއެކު އަނެއްކާވެސް ރާއްޖެ ކަރަންޓީން މަންޒިލަކަށް ވެދާނެ!

09:05

ކޮވިޑް-19 އަށް މާލެ އިން ފައްސިވާ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް ފާއިތުވި ތިން ދުވަހު ވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މިއަދު ވެސް މާލެ އިން ފައްސިވީ 22 މީހުންނެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 98 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 20 މީހުން މިއަދު ފައްސިވިއެވެ. އޭގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކުން އެކަކު ފައްސިވިއެވެ.

މިއަދަކީ ފާއިތުވި ހަތް ދުވަހުގެ ތެރެއިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފާއިތުވި އަށް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ފައްސިވީ މިއަދު އެވެ.

މިއަދު 5152 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އޭގެތެރެއިން ކޮވިޑަށް ފައްސިވީ %2.74 މީހުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.