ސިޔާސީ ޕާޓީތަކުގެ އެތެރޭގައި ވެސް ވާދަވެރިކަން އޮންނަން ވާނެ ކަމަށާއި އެކަމަކު އެމްޑީޕީ ސަރުކާރުގެ މެދުތެރެއިން ރިޔާސީ އިންތިޚާބަށް ވާދަވެރިކަން ނަގަން އުޅުމަކީ އެ ޕާޓީ ހަލާކު ވެދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލައްވައިގެން ބޮޑު ކޯލިޝަނެއްގެ އެހީތެރިކަމާ އެކުގައެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމް ހިމެނެއެވެ.

ރައީސް ސޯލިހްގެ ވެރިކަމަށް ތިން އަހަރު ވެސް ނުވަނީސް، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފާޅުކުރައްވައިފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު ރައީސް ސޯލިހް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. މި ކަންކަމާ މެދު ރައީސްގެ ފަރާތްޕުޅުން ދެއްވާ ހަމައެކަނި ޖަވާބަކީ އެމަނިކުފާނުގެ ހުރިހާ ސަމާލު ކަމެއް ހުންނެވީ ވައުދުފުޅުތައް ފުއްދެވުމަށެވެ. އެހެންވިޔަސް ބެލެވޭ ގޮތުގައި ރައީސް ވެސް ދެވަނަ ދައުރަކަށް ނުކުންނަވަން ބޭނުންފުޅުވެއެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ރައީސް ސޯލިހަށް ވެސް ތާއީދު ކުރައްވާ މެންބަރު ރޮޒެއިނާ ވިދާޅުވީ، އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާ ހުންނަވަނިކޮށް ސަރުކާރު ނިމެން ގާތް ނުވަނީސް ރިޔާސީ އިންތިޚާބުގެ ޝައުގުވެރިކަން ފާޅުކުރައްވައިގެން ޕާޓީގެ އެތެރެއިން ބަޔަކު މަސައްކަތް ފަށައިގެން އުޅުމަކީ އޭނާއަށް ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ.

"އެ ވަގުތު ވެސް އަންނާނެ، ޕްރައިމަރީއެއް ބާއްވާނަމަ އެ ޕްރައިމަރީއަކަށް ކުރިމަތި ލުމުގެ ވަގުތު ވެސް އަންނާނެ، އެ ކަމެއްގެ ވަގުތު ނައިސް ޕާޓީ ތެރެއިން އެ ކަމަށް ޝައުގު ހުންނަ ކެންޑިޑޭޓުން ނުކުމެ ސަރުކާރު ބަދުނާމު ކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފެންނަ ކަމެއް ނޫން." ރޮޒެއިނާ ވިދާޅުވިއެވެ.

މީގެ ކުރީގައި ވެސް ރައީސް ނަޝީދު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ވުމުން އެމްޑީޕީގެ ގައުމީ މަޖިލީހުން ޕްރައިމަރީއަކާ ނުލައި ނަޝީދަށް ރިޔާސީ ޓިކެޓް ދެއްވިކަން ފާހަގަކުރައްވައި ރޮޒެއިނާ ވިދާޅުވީ އެ ކަން ބަދަލުކޮށް ޕްރައިމަރީއަށް ހުޅުވާލަން ނިންމުމުގެ ބާރު ވެސް އެމްޑީޕީގެ ގައުމީ މަޖިލީހަށް ލިބިގެންވާ ކަމަށެވެ. އެކަމަކު އެ ކަމެއް ވެސް ކުރަން ވާނީ އެ ކަމެއްގެ ވަގުތު އައިސް ޖެހުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަވާ ނަމަ، އެމަނިކުފާނަށް މި ފަސް އަހަރުގެ ތެރޭގައި އެމްޑީޕީގެ އެތެރެއިން ސަޕޯޓް ދޭން ވާނެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އެމަނިކުފާނަށް ސަޕޯޓް ދޭން ވާނެ. އޭގެ ތެރެއިން ކުރި ފަޅައިގެން އެ ގޮތް މި ގޮތަށް ދާން އުޅެފިނަމަ ޕާޓީ ހަލާކު ވުން ނޫން ގޮތެއް ވާނެ ކަމަކަށް އަޅުގަނޑު ނުދެކެން." ރޮޒައިނާ ވިދާޅުވިއެވެ.

ނަޝީދުގެ ނުރުހުން ދާދި ފަހުން ވަރަށް ބޮޑަށް ރައީސްއަށް އަމާޒުކޮށްގެން ދިޔައީ، "ލާދީނީ ގޮވުން" އެއީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގައި ފާސްކުރުން ލަސްކޮށްގެންނެވެ. ނަޝީދު ބޭނުންފުޅުވީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ފާސްކޮށް ބަޔަކަށް ފިޔަވަޅު އެޅުމަށެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުން ސަލާމަތް ވުމަށް ފަހު، އެމަނިކުފާނު ގެންދަވަނީ "ހަރުކަށި ފިކުރު" ރާއްޖޭގައި އިންތިހާއަށް އޮތް ކަމަށް ސިފަ ކުރައްވައި ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތަކެއް ވަރުގަދަކޮށް ގިނަ ބަޔަކު ހައްޔަރު ކުރަން ގޮވާލައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. hussain

    ކަލޭ ދެކޭ ގޮތަކީ ރައްޔިތުން ދެކޭގޮތެއް ނޫން. މީމިނިވަން ގައުމެއް، ކޮމްމެ މީހަކުވެސް އެމީހަކު ދެކޭގޮތް ބުނުމުގެ ހައްގު އޮންނަން ޖެހޭނެ. ހަމަ އެގޮތުން އަންނި ދެކޭގޮތް ބުނުމުން ތި ފުމެ އަރުވަނީ.... އެމްޑީޕީގެ އަސާސީ ގަވާއިދު ކީންތަ. ޢޭގާ އެއޮއްތީ ރައީސަކައް ކުރިމަތި ލެވޭގޮތް ޕުރިމަރީން. އެހެންވެ އަންނި ދެކޭގޮތް ބުނީ... އަންނި ތަބަކައްލާފާ ވެރިކަން އިބޫ ޔައް ފިންގޮތަކައް ދެނެއް ނުދެވޭެނެ ޖެހޭނީ ޕުރައިމަރީން ކާމިޔާބު ކުރަްން. އަޅެ ކެރިގެން އަންނި ޔާ ކުރިމަތި ލާބަލަ.... ގުދޯ ނުގޮވާ!!!

    11
    3
  2. ރީތި މޫސަ

    ރޮޒައިނާއަކީ ކޮންމެސް އަމިއްލަކަމަކާހުރެ އެމްޑީޕީއާއި ގުޅުނު މީހެއް ރޮޒައިނާ މިޔަދު ނަޝީދު އެއްޗެކޭބުނީމަ ތިރުޅިއަންނަނީ ތިރޮޒައިނާ ހިތުހުރިގޮތަކަށް ހިތުހުރިކޮންމެއެއްޗެއް ނަޝީދުއަށް ގޮވިހަނދާންއެބަހުރިތޯ؟ އެކަމަކު ވަންނާނާނެ ޕާޓިއެއްނެތި މަގުމަތިވީދުވަހު ޕާޓީއަށްވައްދާ ޕްރޮމޯޓްކޮށްދިނީ ނަޝީދު މިކަންހަނދާންނެތުނީދޯ

    8
    4
  3. މަސްއޫދު

    ކޮންއެއްޗެއް ނިވައިކުރަން ތިޔައުޅެނީ އެމްޑީޕީ އޮތީ ދެފަޅިވެފައި! އަންހެނާގެ އައުރަ ނިވައިކުރޭ!

    11
  4. މޯޑު

    ތިޔައީ ވިއްކާ ޕާޓީއެއް މިހާރު ތިޕާޓީއައް ވޯޓުދޭނެ ޖަނަވާރެއްވެސް ނެއް ކޮންކަމެއްކުރެވުނީ އައްޑު ރައްޔަތުންނައް ތިމެންބަރުގެ ފަރާތުން ލިބުނުތަރައްގީ އަކީ ކުރިންކޭ ތަކެތި ބަދަލުވީ މިހާރުކަނީ ވަޑަ ޕާނީޕޫރި އިޑިއައްޕާން ގަސަން ދިވެހިކެއުމަކައް ތިކާންދެނީ ރާކަނިމަސް ހައްހާ

    11
  5. ރަބަރޭ

    ވެރިކަމުގެ ދަ ހިވެތި ކަމުގައި އެމްޑީޕީ ރޫޅޭކަންނެތް
    އެމްޑީޕީ ރޫޅި ބައިބައިވެއްޖެ

    10
  6. އިންޑިއާ އައުޓް

    އިންޑިއާ އައުޓް. އަންނި އައުޓް. އެމްޑީޕީ އައުޓް.