ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިއީ އެތަނުގައި ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ތިންވަނަ ފަހަރެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގެ ހަތަރުވަނަ ފަންގިފިލާގެ ރޫމެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހެނދުނު ހިނގާފައިވާ ކަމަށެވެ. ވިލިމާލޭ ފަޔާ ސްޓޭޝަނުން ވަނީ ރޯވި އަލިފާން ނިއްވާލާފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އަލިފާނުގެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް އިމާރާތައް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
އަލިފާނުގެ ހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 06:03 ކަންހާއިރުއެވެ.
މިދިޔަ މަހު ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކާއި ގުޅިގެން އޭރު ޖެންޑާ މިނިސްޓްރީން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއް ގަސްދުގައި އެތަނުގައި އަލިފާން ރޯކޮއްލުމުން ކަމަށެވެ. ނަމަވެސް މިއަދުގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އަދި މިހާތަނަށް ޖެންޑާ މިނިސްޓްރީން އެއްވެސް އެއްޗެއް ނުބުނެއެވެ.
ދައުލަތުން ބަލަހައްޓަމުން ގެންދާ ކުދިންގެ ތެރެއިން ކުޑަކުދިންގެ ހިޔާގައި މިހާރު ތިބެނީ އުމުރުން 13 އަހަރަށްވުރެ ދޮށީ ކުދިންނެވެ. އެތަނުގައި ތިބޭ ކުދިން ބެލެހެއްޓުމުގެ ކަންކަން ދޯހަޅިކަމުގެ ޝަކުވާ އަބަދުވެސް ކުރެވެމުން ދެއެވެ.
ޖެންޑާ ގައި ހުރީ އެމްޑީޕީ މިނިސްޓަރެއް ... ޢެއްކަމެއްވެސް ނުވާނެ...މީހަކު ޗުއްޕުވެސް ނުބުނާނެ
ނަންވާނީ ސިދާތާ...އަލިފާން...މިނިސްޓަރޭ ވެސް ކުރިންނަމަ ގޮވީސް
މިހާކު ރޯކުރަނީބާ
ކޮބައިތަ މިނިސްޓަރު ބޭރުކޮށްގެން ލިބުނު މޮޅެއް؟ މިހާރު ކިތަންމެ އިހުމާލެއް ވިޔަސް އެއީ މިނިސްޓަރުގެ މައްސަލައަކަށއ ނުވޭ، ހަމަ ތިމާ ރުހޭ މީހެއް ވީމަތޯ؟ މިރާއްޖޭގައި އޮތީ ހުސް ބޭއިންސާފު
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އިސްތިއުފާ
ބަލަ މޮޔަ ވަނީ މިނިސްޓަރަކާ ބެހޭ ކަމެއްތަ އެތާގަ ރޯކުރީމަ! މިނިސްޓަރު ވަކި ކޮން ކަމެއް ކުރާނީ! ކުދިން ތައް މާ ރަގަޅީ އެއްނުން