ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޔޫއޭއީ އިން ދެކުނު އޭޝިއާގެ ބައެއް ގައުމުތަކުގެ ދަތުރުވެރިން އެގައުމަށް ދަތުރު ކުރުން މަނާ ކުރުމާއިއެކު އަނެއްކާވެސް ދިވެހިރާއްޖެ ކަރަންޓީން މަރުކަޒަކަށް ވެގެން ހިނގައިދާނެ ކަމަށް ބެލެވިއްޖެއެވެ.

ޔޫއޭއީ އިން މިހާރު ނިންމާފައި ވަނީ އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ޕާކިސްތާނުން އެގައުމަށް ދަތުރުކުރުން މަނާ ކުރާށެވެ. އެއިން ގައުމެއްގެ މީހަކަށް ޔޫއޭއީއަށް އެތެރެވެވޭނީ އެހެން ގައުމެއްގައި އެންމެ މަދުވެގެން 14 ދުވަސް ހޭދަކޮށްފައިވާ ނަމައެވެ. އެހެންކަމުން ރާއްޖެ އައިސް ރާއްޖޭގައި 14 ދުވަސް ހޭދަކުރުމަށް ފަހު ޔޫއޭއީ އަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ޔޫއޭއީ ސަރުކާރުގެ ނިންމުމާއި ގުޅިގެން މިހާރު އެމިރޭޓްސް އިން ވެސް ވަނީ ދުބާއީން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ޕާކިސްތާނަށް ކުރާ ޑައިރެކްޓް ފްލައިޓްތައް މެދުކަނޑާލާފައެވެ. އެމިރޭޓްސް އިން ބުނެފައިވާ ގޮތުގައި މިހާރު ހަމަޖެހިފައި އޮތް ގޮތުން އެންމެ އަވަހަށް ވެސް އެގައުމުތަކަށް ދަތުރުތައް ފަށާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާއަށް ފަހުއެވެ.

މެއި މަހު ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ސިއްހީ ހިދުމަތްތެރިންނަށް ބާރުބޮޑުވެގެން ދިޔައީ ވެސް ދެކުނު އޭޝިއާގެ އެކި ގައުމުތަކުން އަރަބި ގައުމުތަކަށް ދަތުރު ކުރާ މީހުން ރާއްޖެ އަށް އައިސް ކަރަންޓީން ވާން ފެށުމުންނެވެ.

މިހާރު ރާއްޖޭގެ ހާލަތު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައި އޮތްނަމަވެސް އަދިވެސް ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގެ ހާލަތު ގޯހެވެ. ނަމަވެސް މިހާރު ދެކުނު އޭޝިއާގެ މީހުން ރާއްޖެ އަށް ދަތުރު ކުރަން ވެސް ހުރަހެއް ނެތެވެ. ހަމައެކަނި ޝަރުތަކީ ވެކްސިން ފުރިހަމަ ކޮށްފައިވުން ނުވަތަ ގެސްޓްހައުސްއަކަށް ދަތުރު ކުރާނަމަ ގެސްޓްހައުސް ހުންނަ ރަށުގެ އާބާދީގެ %60 މީހުން ވެކްސިން ފުރިހަމަ ކޮށްފައިވުމެވެ. ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ވެކްސިން ފުރިހަމަ ކުރުން ކޮންމެހެން މަޖުބޫރެއް ނޫނެވެ.

ޔޫއޭއީ އާއި އަދި އަރަބި ގިނަ ގައުމުތަކެއްގައި ދެކުނު އޭޝިއާގެ ވަރަށް ގިނަ މީހުން ވަޒީފާ އަދާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮވިޑް

  ވެދާނެ އެއް ނޫން ވާނެ. އޮގަސްޓް އެކަކުން ފެށިގެން މިކަން ކުރަން މީހުނާ ކޮންޓެކްޓް ހަވާލުވެސް ކޮށްފަ ވަނީ ބުވާލަކަށް މީހަކަށް 800 ޑޮލަރު . ވަގުތުން ސަރވޭ އެއް ކޮށްލެވިދާނެ ހުޅުމާލެ މާލޭގެ ގެސްޓް ހައުސް ތަކުގެ ބްކިންގ ތަށް. އެ އެންމެން ފަތުރުވެރިން ގެ ގޮތުގަ ބަލާފަ މައުސޫމް ޕަސެންޓް ބަލަނީ ކެކެކެކެކެ.

 2. ރީތި މޫސަ

  ކުރިންވެސް އިންޑިޔާމީހުން މިޤައުމުގަ ކަންޓީނުކުރުވީމަ ހެސްކިޔާފަ ބަލިފެތުރުނު ނަމަވެސް ޓޫރިސްޓުންގެ ގޮތުގައި ހެޑްކައުންޓް ކަރަންޓީންވާން ފުރުސަތުދިނީ

 3. އިލްޔާސްލަބީބުކެނެރީ

  ނުޖެހޭ ވާކަށް. ވަގުން ދަހިވެތި ވެގެން ބޮޑުބޭބެ ބުނާގޮތަށް ހަދަންޏާ ވާނެ

 4. ކާފަދ

  ތީ އިބުރާހިމު ބުނެގެން ގެސްޓުން ހޯދަން ކުޅަކަމަކާ ވައްތަރު.

 5. ބުރުގާ

  ދިވެހި ސަރުކާރު އޮތީ 3 ވަނަ ރާޅަކައް ފެން ބޮވާގެންފަ.

 6. ޢަލިޔު

  އެމީހުންގެ ކަރަންޓީނު މަރުކަޒަކައް ރާއްޖެ ހަދާ މިތާ ކޮވިޑް ފަތުރައިގެން ނުވާނެ،