ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ހުޅުމާލެ ނެރުމައްޗަށް މިއަދު އުރިއްޖެއެވެ.

މަންޒަރު ދުށް މީހަކު "ވަގުތަށް" ބުނި ގޮތުގައި ޖާބިރުގެ ޔޮޓް ހުޅުމާލެ ނެރުމައްޗަށް އުރިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ޔޮޓުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު ކަން ކުރައްވާ ޖާބިރު ވެސް އިންނެވި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް މިކަމާ ގުޅިގެން ޖާބިރުގެ ބަހެއް ހޯދަން ގުޅާލުމުން ފޯނެއް ނުނަންގަވައެވެ.

ދިގުމިނުގައި ފަސް ދޮޅަހަކަށް ފޫޓު ހުންނަ މި ޔޮޓް ހުޅުމާލޭ ނެރުގެ ކަނާއަތް ފަރާތަށް އުރިފައިވާ އިރު އެ ޔޮޓުން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެ ޔޮޓް ހުޅުމާލޭ ފަޅަށް ވަންނަން ދިޔައީ ތިލަފުށީގައި މަރާމާތު ކުރުމަށް ފަހުއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ވެސް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ހިނދުކޮޅުގަ ދެއްތޮ؟

    26
    • ދޮދި

      އެ އެއްޗެ ހޯދި ގޮތަކަށް އެ ދާނީ ވެސް

      26
  2. ތުނިޔަ

    މިއީ ޔޮޓެއް؟

    17
    • Anonymous

      އެބުނާހެން ތިއީ ޔޮޓެއްތަ ނޫނީ ބާ ލޯންޗުގަޑެއްތަ؟

      21
  3. ބުރުގާ

    އަނެއްކާ އަނެއް އިންސުއަރެންސް ލާރިގަޑެއް ކާލަންވެގެން ޗަރުކޭހެއް ޖެއްސީ،.

    22
  4. ސަރީފް

    ތި މަންޒަރު ދުއްމީހާ ހުރީ ރޭދުވާ ވަކިނުވާ ހާލަތުގައި ކަމަށްވާނީ

    17
    1
  5. ރަބަރޭ

    ބޮައެގެން ގޮސް ވާނުވާގަ ނެރުމައްޗަށް އަރުވާލީ ކަންނޭނގެ ދުއްވަން އިންމީ ހާ އަށްވެސް ނެރުފާކަށްޓެއް
    ބައްތި އެއް ވަތްކެއް ނުވޭ ސާބަސް

    16
    1
  6. ހުސޭނުބޭ

    ޖާބިރު އެއްޗެއްވިއްޔާ ކޮންމެވެސް ނެރެއް މައްޗަށް، ފަރެއް މައްޗަށް ނޫނީ ގިރިޔަކަށް އުރިފައި އަބަދުވެސް އޮންނާނީ. އެއީ ޖާބިރަކީވެސް ހޮނޑައިދުވަށް އުރުނު މީހެއް!

    22
    1
  7. ނަައީމް

    އަގަޖާބިރުންވީމާ ލެވޭނީގުއިބޯނީސައި

  8. Anonymous

    ....... : ..........
    ޖާބިރު: ދެން މީގެފަހުން މަށާ ވާހަކަ ނުދައްކާތި!

  9. ޒެޑޭ

    ޔޮޓްގަ އެވަގުތު އިނީ ޖާބިރު އެކަނި، ދުއްވަން އިނީވެސް ޖާބިރު އެކަނި، ނެރުމަށްޗައް އެރުމުން އެހެން އެޢޗެއްގަ ލޯންޗް ކެޕްޓަން އައީ، މީ މިކަން ހިނގިޖޮތް، އެވަގުތު އެތަނަށް ދިޔަ ކޯސްޓް ގާރޑް ގެ މީހުންނާއި ފުލުހުންގެ އުޅަނދެއްވެސް، ޖާބިރު ހިތު ހުރި އެއްޗެއް ގޮވަން ފެށުމުން ވަގުތުން ވަގުތަށް އެ މީހުންގޮސްފި

    12
  10. 😡😡

    ކާށިދޫ މީހުން މިތިބެ ހަނާވަނީ ކޮވިޑް ގަ މީނަ އުފަލުގަ
    މިއަދުވެސް 13 މޯހުން ޕޮސިޓިވް

  11. ބިސްބޮންގޮންގު

    ލައިސަންސް ނެތި ޔޮޓު ދުއްވައިގެން އެކްސިޑެންޓުވެއްޖެނަމަ ކުށްވެރިވާނެ! ހައްޔަރުކުރޭ

  12. މޮޑަލި

    ޔޮޓޭ ؟ ތީ ފެރީ އެއްނޫންތަ ؟ ޔޯޓު ޓުއާރސް ގަ ހުންނާނީ ހުސް ޔޮޓު ދޯ. ހުޅުމާލެ ނެރު މައްޗަށް ހެޕީކުލަބު ގެނެސްދިނީނު އެ. ދެން އެމެން އެޔައް އަރާ ހެޕީ ކޮއްބަލަ

  13. ޒީރޯ ޓޮލަރަންސް

    މޫސުން ރަގަޅު، ރީތިކޮށް، ނަލަކޮށް އޮތްދުވަހެއްގަ މިވީކިހިނެއް؟ ތިޔަނެރު ކުޑަވެގެން މަޖުލިހަށް ގަރާރެއް ހުށައަޅަންވާނެ. އަދި މަގާމުން ވަޒީރު ދުރުކުރަން ހުށަނާޅާނެބާ.

  14. ޢަބްދުﷲ

    ޖާބިރުގެ ޔޮޓު ހުޅުމާލެ ނެރުމައްޗަށް އުރިއްޖެ

    18 ގަޑިއިރު ކުރިން ( ޖުލައި 29, 2021 )

    ހާސްކަނޑާލާ ކޭބަލްކާރު އޮންނާނެ.