ހދ. ކުޅުދުއްފުށީގައި ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެ، ގެއްލުން ލިބިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ތެޔޮ ބައުޒަރުގައި ރޯވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ސިފައިން އަލިފާން ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު މެންދުރު 11:55 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ތެޔޮ ބައުޒަރުގައި ރޯވުމުގެ ސަބަބުން ތެޔޮ ރައްކާ ކުރާ ޓޭންކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.