އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ އެތެރޭގައި މާ ގިނަ މަޝްވަރާތަކެއް ނޯންނަ ކަމަށާއި މާ ގިނަ މަސައްކަތްތަކެއް ވެސް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ހިނގަމުންދާ ގޮތާއި މެދު އެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އެބަ އޮތެވެ. ޕާލިމެންޓްރީ ގްރޫޕްގައި ދެ ފެކްޝަނެއް ވެސް އެބަ އޮތެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަންއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންއެވެ. މި ދެ ބޭފުޅުންނަށް ވަކި ތާއީދެއް ނުކުރައްވާ މަދު މެންބަރުންތަކެއް ވެސް ތިއްބަވައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުންތައް މީޑިއާއަށް ހުޅުވާލަން ގޮވާލައި ރައީސް ނަޝީދުގެ ފެކްޝަންގެ ބައެއް މެންބަރުން ވެސް މީގެ ކުރިން ވާހަކަ ދައްކަވައެވެ. ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ފާހަގަކުރެވިފައި އޮތީ ނަޝީދުގެ ފެކްޝަންގެ ބޭފުޅެއްގެ ގޮތުގައެވެ.

އެކަމަކު އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދުގެ ހުށަހެޅުއްވުމަށް އާޒިމް ދެކޮޅު ހެއްދެވިއިރު، ރައީސް ސޯލިހްއާއި އާޒިމް ބައްދަލު ކުރައްވާފައިވެސް ވެއެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ރޮޒައިނާ ރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި މައްސަލަތަކާ ގުޅޭ ގޮތުން މާ ގިނަ މަޝްވަރާތައް ކުރުމާއި ފުޅާ ދާއިރާއެއްގައި ބަހުސްތައް ނުހިނގާ ކަމަށެވެ.

"ޕާޓީ ތެރޭގައި ކޮންކަމަކާތޯ މަޝްވަރާ ކުރާނީ، ކުރެވޭނީ، މަޖިލީހެއް ބިލެއް ދިޔައިމަ އެ ބިލާ ގުޅޭ ގޮތުން ނުކުރެވޭ މާ ބޮޑު މަޝްވަރާއެއް، ޕާޓީގެ އެތެރޭގައެއް، އެއްގަޑި ބައިގަ ވޯޓު ލާން އޮތިއްޔާ، ބާރަ ޖަހާއިރު ޕާލިމެންޓްރީ ގްރޫޕް ބައްދަލުވުން ބާއްވައިފަ މި ގޮތެއް ނިންމަނީ، ކޮން މަޝްވަރާއެއްތޯ ކުރެވޭނީ،" ރޮޒައިނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ފޮނުވާ ބިލުތަކާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ވެސް މަޖިލިސް މެންބަރުންނާއި ވަޒީރުންނާ ދެމެދު ގިނަ މަޝްވަރާތަކެއް ހިނގަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެކަމަކު އެފަދަ މަޝްވަރާތައް ވެސް ހިނގަން ޖެހޭ ވަރަށް ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަޒީރަކަށް ވެސް އަމިއްލައަށް މަޖިލީހަށް ވަދެވަޑައެއް ނުގަނެވޭނެ، މަޖިލީހުން ވެދިއްޔާ ވަދެވަޑައިގަނެވޭނީ، އެހެންވީމަ އަޅުގަނޑުމެންގެ ކަމެއް އެއީ ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވީމަ، އަޅުގަނޑުމެންގެ މެންބަރުންނާ އެ ބިލެއް ނިސްބަތްވާ މިނިސްޓްރީގެ ވަޒީރަކާ އެ ގޮތަށް މަޝްވަރާ ކުރުމަކީ، މިހާރު ނޯވޭ އެ ވަރަށް އެ މަޝްވަރާތަކެއް،" ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ޚިޔާލު ތަފާތުވުން ބޮޑުވެ އެ ޕާޓީގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް އައިސް އުޅޭ އެއް ކަމަކީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން "ލާދީނީ ގޮވުން" އެއީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްނުކޮށް އަނެއްކާ ވެސް ޖުޑިޝަރީ ކޮމިޓިއަށް ފޮނުވައިގެންނެވެ. އޭގެ އިތުރުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަޝީދު ބޭނުންފުޅުވާއިރު، އެކަމަށް ރައީސް ސޯލިހްއަށް ތާއީދު ކުރައްވާ މެންބަރުންގެ ތާއީދު ނެތުމުން ވެސް ނުރުހުން އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    އެމްޑީޕީ ވެންޓިލޭޓާރ ގައި މަރަށް ތެޅި ފޮޅޭ ވަގުތު މި ޤައުގާ މައުމޫނު އުފެއްދި އެންމެ ބޮޑު ސިޔާސީ ރަންޑި ހަމަ ބޭނުން އެއްޗެއް ގޮވާލާ. އެމްޑީޕީ އެތެރެ ގަޑު ބަޑު އުފައްދާފަ އަވަހަށް ނާޒިމް ޕާޓީ އަށް ދޭ. އެކަމް ތީ ނާޒިމާ ރިޔާޒާ ދިމާ އަށް ބާޣީ އޭ ގޮވި ގޮވުން ހަންދާން ކުރަން ވާނެ، ޕަކާސް

  2. އިންޑިއާ އައުޓް

    މިވައްތަރުގެ ބަރަ ހަނާ ހާލުގައި ތިބޭ ބަޔަކު ތިބޭ މަޖިލީ ހެއްގައި ދު ވަ ހަކުވެސް މިޤައުމަށް ކުރިއެރުމެއް ނުލިބޭނެ މަޖިލިސްތެރޭގައި ހަމަޖެ ހު މެއްދުވަ ހަކުވެސްނޯންނާނެ ލާދީނީ ފިކުރަކަށް ޖާގައެއް މިޤައުމަކުނެތް ތީމިޤައުމު ފަނާކުރާބައެއް މުޅި މުޖުތަމައު ފިތުންފަސާދަކޮށް ދޭތެރެ ޖެއްސުން ތިބައިގަޑުގެމަސައްކަތަކީ ތީމިޢައުމުގެ އަދުއްވުން ޤައުމުފަނާވުން ދީންބަދަލުކުރަން މަސަކަތްކުރާ ޖައްބާރުކަންގަދަ ޖާ ހިލުން މުޅި ދިވެ ހިރާއްޖެ އިނދަޖައްސާލި ބައިގަނޑު އެމްޑީޕީއާްއި ގުޅޭނީ އިސްލާމްދީން ދޮގުކުރާމީ ހުން :

  3. މަނިކޭ

    ރޮޒޭ މިއީ ވަގުތު ގުޅޭ ޕީޕީއެމާއި.
    މިހާރު ފަޅިވެ ....ރ.ނަޝީދު ، ރ ސޯލިހުގެމަށްޗަށްކުރިހޯދާނެ.