މާލެ ސިޓީގެ ގޭބިސީތަކުގެ ކަރަންޓު ބިލު މި މަހު ބޮޑުވެފައިވަނީ ސަރުކާރުން ހަމަޖައްސާފައިވާ ސަބްސިޑީ މި މަހު އުނިކުރުމުން ކުރިން ސަބްސިޑީއިން ކަރަންޓު ލިބުން އުނިކުރި ބައި ބިލުތަކަށް އިތުރު ވުމުން ކަމަށް މާލޭގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުނި، ސްޓެލްކޯއިން ބުނެފިއެވެ.

މި މަހުގެ ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ އިރު، މި މަހަކީ ކުރިން ސަރުކާރުން ހަމަޖެއްސި ކަރަންޓުގެ ސަބްސިޑީ ކަނޑާލި ފަހުން އައި ފުރަތަމަ މަހެވެ.

މި ސަބްސިޑީއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އޭގެ ސަބަބުން އެޅި ފިޔަވަޅުތަކާ ގުޅިގެން ދިމާވި އިގްތިސާދީ ތަދުމަޑުކަމުގައި ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރު ކުރުމާ ގުޅިގެން ސަރުކާރުން ހަމަޖެއްސި ސަބްސިޑީއެކެވެ.

މީސްމީޑިއާގައި ޚިޔާލު ފާޅު ކުރަމުންދާ ބައެއް ފަރާތްތަކުން އަންނަނީ ރައްޔިތުންގެ އިގްތިސާދީ ހާލަތު އަދިވެސް ރަނގަޅު ނުވާތީ، ސަބްސިޑީ ކަނޑާނުލައި ކުރިން ވެސް ކުރިއަށް ގެންދިޔަ ގޮތަށް ގެންދަން އެދި ޝުއޫރު ފާޅުކޮށްފައެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހްމީ "ވަގުތު" އަށް ވިދާޅުވި ގޮތުގައި، ގޭބިސީތަކުގެ ކަރަންޓު ބިލުގައި މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލަކީ ވެސް ސަބްސިޑައިޒްކޮށްފައިވާ ބައި އުނިކުރުމުން އައިސްފައިވާ ބަދަލެކެވެ.

މީގެ އިތުރުން ކަރަންޓު ބިލުގައި ފާހަގަކުރެވޭ ވަރުގެ ބޮޑު ބަދަލެއް އައިސްފައިވާ ކަން ފާހަގަވާ ނަމަ ސްޓެލްކޯގެ ކޯލް ސެންޓަރަށް އެ ކަން ރިޕޯޓް ކުރުމުން، ދެވަނަ ފަހަރަށް ރީޑިން ނަގަން އެ ގެއަކަށް ޒިޔާރަތްކޮށް ކަރަންޓު ބިލުގެ އަދަދު ދެ ވަނަ ފަހަރަށް ކަށަވަރު ކުރާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

"އެއީ އަބަދުވެސް ސްޓެލްކޯއިން އަމަލު ކުރަމުންދާ އުސޫލެއް، މިހާރު ވެސް އަޅުގަނޑުމެންނަށް ރިޕޯޓް ކުރެވޭނެ، ރިޕޯޓް ކުރުމުން އަޅުގަނޑުމެންގެ ފަރާތުން ދެ ވަނަ ފަހަރަށް އެ ގެއަކަށް ޒިޔާރަތްކޮށް ބިލުގައިވާ އަދަދު ކަށަވަރުކޮށް ދޭނަން،" ފަހުމީ ވިދާޅުވިއެވެ.

މާލެ ސިޓީގެ ކަރަންޓު ބިލުތައް މި މަހު ބޮޑު ވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މާލެ ސިޓީގެ ދާއިރާތައް ތަމްސީލް ކުރައްވާ ބައެއް މެންބަރުންނާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މޯޖޯ

    އަހަރެމެންގެ ބިލަށް ކުރިން އަރަނީ 1100ރ އަށްވުރެ ބޮޑު ނޫން ޢަދަދެއް!
    މިފަހަރު 2000ރ. އަށްވުރެ ބޮޑު!!!!!!!!!!!!؟؟؟؟؟؟؟؟؟

  2. .....

    އިހައްދުވަހު ދިވެހީން މިނިވަން ދުވަސް ފާހަނގަކުރީ...މިއަދު މިއޮށް ހާމަވަނީ އަޅުވެތިކޮށްގެން ތިބި މިންވަރު...މިވަރު ދެނެގަންނަން ދަތި ސިކުނޑިތައްވެސް ގިނައީ ދިވެހިން ގެ ތެރޭގަ...ހަރުކަށި ފިކުރާ ލާދީނީ ފިކުރުގެ ވާހަކައިގެ ކުރިން ދައްކަން ވީ ހަގީގީ މިނިވަންކަން ނެތް ވާހަކަ

  3. ގަލަން ތުނޑު

    މުޣުނީ އިސްތިއުފާ

  4. އަބްދޫ

    ސަބްސިޑީން އުނިކޮށްފިނަމަ އަލުން ބިލަށް އިތުރު ކުރަންޖެހުނީ މަ ސަބްސިޑީ ދެވުނު ކަމަށް ވޭތަ؟ ސަބަސިޑީ ސްޓެލްކޯ އިންދިނީ ދަވްލަތުން އެފައިސާ ސްޓެލްކޯ އަށް ދައްކަން ވައުދު ވެގެން ނޫންތަ؟ ދަވްލަތުން އެފައިސާދޭން މިހާރު ދެކޮޅުހެދީތަ؟ ސަބްސިޑިއެއް ދީފަިނަމަ ދެން އަލުން އޭސަބްދިޑީ އިތުރެއްނުކުރެވޭނެ. ދެން ދެރަވާކަމަކީ ކަރަންޓް ބިލް ގެ މައްސަލަ އަބަދުވެސް މިނިކުންނަނީ އެމްޑީޕީ ވެރިކަމަށް އައުމުން . އެނޫންވެރިކަމެއްގަ ކަރަންޓް މައްސަލަ ނުނިކުމޭ. މިވަނީ ކިހިނެތް. މީޓަރުތައް ރާއްޖޭގަ މިހުންނަނީ 220ން 250 އާދެމެދުގެ އެލެކްޓްރިކް ސާމާނު ބޭނުންކުރެވޭ ހާލަތުގަ .މިދެމެދުގެ ރޭންޖަކަށް ކަރަންޓްގެ ބާރު ދޫކޮށްގެން މީޓަރު ޓެސްޓ ކުރަނީ . 100 ވޯޓްގެ ބޮތްކެއް 10 ގަޑިއިރު ދިއްލާފަ ބެހެްޓުމުން 1 ޔުނިޓް ހިގާ ސްޕީޑްގަ މިއީ އިންޓަރނޭސަނަލް ރޭސިއޯ، މިގޮތަށް މީޓަރ ޓެސްޓް ކުރުމަށްފަހު އިންޖީނުގެއިނ ޕަވަރ ޕްލަސް މައިނަސް ވާނަމަ މީޓަރުތަކުގަ ހިގާ ޔުނިޓް ވެސް ޕްލަސް މައިނަސް ވާނެ. ވީމާ އިންޖީނުގޭއިން ޕަވަރ ދޫކުރުމުގަ މައްސަލަތަކެއް އުޅޭ ކަމަށް ސައްކު ކުރެވޭ.

  5. ޖނޖޖ

    ޑަބަލް ބިލު ބޮޑު މިފަހަރު، ޑިއުޓީގަ ހުއްޓަ ބިލު ފޯނަށް އައި ގަޑީގަ ހާޓް އެޓޭކެއް ނުޖެހުނީ ކިރިޔާ، މުޅި ދުވަހު އެކަށް މޫޑު ވެސް އޮފް ވެފަ ހުރީ ދެން

  6. ރަނާ

    ތިޔަ ސަބްސިޑީޒް ނުދޭ އިރުވެސް މަމެންގެ ބިލް 2700އަށްވުރެ މައްޗަ ކަށް ނާރާ މިފަ ހަރު 3000އަށް ވުރެ މަތި ކަރަންޓް ބޭނުންކުރަނީ އެއް ވަރަކަށް . މިވީ ކހިނެއްބާ. ސަބްސިޑީ ދިން ތަންކޮޅު ހިފާލީތޯ.

    5
    1
  7. ދޮނާ

    މިކަމުގައި މައުލޫމަތު ދިނުމުގެ މައްސަލައެއް އެބައުޅޭ.މިމަހު ކަރަންޓުބިލް ބޮޑުވުމެކޭ ނުކިޔޭނެ ސަރުކާރުން ދެމުން ދިޔަ އެއްޗެއް ނުދިނުމަކުން. ސަރުކާރުން ރައްޔިތުންނަށް ސަބްސިޑިއެއް ދިނީކީ ކަރަންޓު ބިލް ބޮޑުވާތީ ކުޑަކުރުމަށް ކަމަށް ދޭހަވާގޮތަށް މަޢުލޫމާތު ދޭ ފެންވަރުގެ ފެރިން ސްޓެލްކޯގަ ތިބީތީ ހައިރާންވޭ. ވީގޮތަކީ ރައްޔިތުންގެ ތެރެއިން ބަޔަކު ވަޒީފާ ގެއްލި ބައެއް ވިޔަފާރިތައް ހުއްޓުމާއި ގުޅިގެން ދައުލަތުން ބޭނުންވީ އެކަމަށް ލުޔެއް ދޭން. އެގޮތުން 40% ޑިސްކައުންޓެއް ކަރަންޓު ބިލުން ދިނީ. އެއްގޮތަކަށްވެސް ކަރަންޓު ބިލް ކުޑަކުރުމެއް ނޫން މަގުސަދަކީ. ދެން ތިދައްކަވަނީ މިމަހު ކަރަންޓު ބިލް ބޮޑުވެއްޖެ އޭ ޑިސްކައުންޓު ނުދިނުމުން. ޑިސްކައުންޓަކީ އަބަދު ދެވޭނެ އެއްޗެއް ނުން. އަދި ބިލް ބޮޑުވެގެން ޝަކުވާ ކުރާ މީހުންގެ ބިލް ބޮޑުކަމަށް ބެލެވޭނީ ޑިސްކައުންޓު ނުދޭ މަސްތަކުގެ އެވްރެޖް ބިލަށް ވުރެން މި މަހުގެ ބިލުގެ ޔުނިޓު ބޮޑު ވަންޏާ. އޭރުން އެކަނި ތިގޮތަށް ބިލް ބޮޑުވެއްޖެ ކަމަށް ބެލެވޭނީ. ޝަކުވާ ކުރާ ފަރާތަށް އެއްޗެއް ފަހުމްވާގޮތަށް މައުޅުމާތު ދިނުމުން ރައްޔިތުންވެސްގަބޫލުކުރާނެ ވެގެން އުޅޭ އެއްޗެއް. މިހާރު ތިދެއްވި މަޢުލޫމާތުން ރައްޔިތަކަށް އެގުނު އެއްޗެއްވެސް ނެތް ތާގައި ސަރުކާރުން ދިން ޑިސްކައުޓުން ސަރުކާރަށް ލިބުނު ތައުރީފެއްވެސް ހަރާމުން ހަރާމް.

  8. މާލެ މީހާ

    ސަބްސިޑީ ނުދޭ އިރު ނާރާ ވަރެއް ކީއްވެބާ ސަބްސިޑީ ކަނޑާލީމަ މިއެރީ ކަލޭމެން ހީނުކުރާތި ދީވެހި ރަތްޔިތުން މީ ކޮހުން ނޭ އެޒަމާން ހިނގައްޖެ ސަބްސިޑީ ނުދޭ އިރު ބިލް -/400 ސަބްސިޑީ ލިބުނުމަހު -/280 މިމަހު -/800 ކިހާސަޅި. އޮޅުވާލާގެން ވެސް ބަލާ ވައްކަން ކޮއްގެން ރަތްޔިޔުން ފެލަން

  9. ދިދަ ދަނޑި

    1 މަހު އުނިކުރިއްޔާ ޖެހިގެން އަންނަ މަހު ބިލް އަންނަނީ އެބައިވެސް ލައިގެން.. ސްޓެލްކޯއިން ހީކުރަނީ ހުރިހާ އެންމެނަކީ ޤަމާރުން ކަމަށް…އިރުވައި މޫސުމަށް ބިލް ބޮޑުވެފަ ހުޅަނގު މޫސުމަށް ބިލް ކުޑަވާން މިދެން ކޮންފަދަކަމެއް.. ކަރަންޓު ހިދުމަތް ދޭން އިތުރު ބަޔަކު ހޯދަންވީ.. އޭރުން ހުންނާނީ ލާރި ކެވިފަ..

  10. ސަނީމާ

    ކޮންމެސް އެއްޗެކެ ކިއާފަ ހަމަ ޖައްސާނެ،
    ތީ ކަރަންޓް ބިލް ބޮޑުވީ ހޫނު ގަދަވީމައޭ ބުނި މީހުންނެއްނު..
    ނުހަދާނެ ތެދެއް

  11. Anonymous

    ކުރިން 900 ވަރު އަރާ ގެއަކައް މިފަހަރުއެރީ 1700 މި ކިހިނެއް ވާކަމެއް؟

  12. ނަޝީދު

    ވަރައް ބޮޑުތަން ބޮޑު ތަނުން ބޮޑު

  13. ހުސޭނުބޭ

    އައިއެސްއޯ ސްޓޭންޑަޑަށް ހިންގާ ތަންތަންނުގެ ބިލްތައް ބޮޑެތިވާނެ! އެވަރިހަމަ ރައްޔިތުން ކަނު އަދިރީގައި ތިއްބަކަސް! އަދިވެސް ތަންތަނުން ސެޓްފިކެޓް ދިންވަރު މަދީކަން ނޭގޭ!

  14. ހަސަން

    ކަޑާލި ބައި ކަރަށް ފައިން އަރާފަ ދަމާގަތީ.

  15. ޓައިގަރ

    މަކަރުވެރި ކަމުގެ ތެރެއިން ލާރިކޮޅެއް ފަސޭހައިން ހޯދާލީ ދެން އެނޫން ކޮންކަމެ

  16. ޑޮގު

    ދޮގުހެދުން ހުއްޓާލާނީ ކޮންދުވަހަކުން. މުގުނީ ކަލޭ ހީކުރީ އާއްމު ރައްޔިތުން ނަކީ ކަނޑުކޮހުން ކަމައްތައް. ރޯމާ ދުވަަލު މަކަރާހީލަތް ހެދުން ނޫންކަމެއް ކުރޭތަ. ޜައްޔިތުން ފެލާލަނީ ހަމަ.

  17. ޑޮގު

    ދޮގުހެދުން ހުއްޓާލާނީ ކޮންދުވަހަކުން. މުގުނީ ކަލޭ ހީކުރީ އާއްމު ރައްޔިތުން ނަކީ ކަނޑުކޮހުން ކަމައްތައް. ރޯމާ ދުވަަލު މަކަރާހީލަތް ހެދުން ނޫންކަމެއް ކުރޭތަ. ޜައްޔިތުން ފެލާލަނީ ހަމަ. 900 ޔަށްވުރެއް މައްޗަށް ނާރާ ބިލެއް ކުއްލިޔަކަށް ޑިސްކައުޓް ދޭންއޮތް މަހު 1800 އަށް އަރުވާލާފަ ދެން މިބުނަނީ ބިލަށް ދިސްކައުންތޭ ދެނީޔޭ ކިޔާފަ އެބިލުން އެތިކޮޅެ ކަނޑަލީ. ޢަނެއްކާ މިމަހު 2000 މައްޗަށް ޖައްސާލީ. މިޔަށް ކިޔަނީ މަކާރާއި ހީލަތުން ފެލާލުން.

  18. ޑޮގު

    900 ޔަށްވުރެއް މައްޗަށް ނާރާ ބިލެއް ކުއްލިޔަކަށް ޑިސްކައުޓް ދޭންއޮތް މަހު 1800 އަށް އަރުވާލާފަ ދެން މިބުނަނީ ބިލަށް ދިސްކައުންތޭ ދެނީޔޭ ކިޔާފަ އެބިލުން އެތިކޮޅެ ކަނޑަލީ. ޢަނެއްކާ މިމަހު 2000 މައްޗަށް ޖައްސާލީ. މިޔަށް ކިޔަނީ މަކާރާއި ހީލަތުން ފެލާލުން.

  19. ސަގަރު

    ތިޔަކަހަލަ ސިޑިއެއް އަހަރުމެންނަށް ދޭނެކަމެއްނެތް މަކަރުވެރި ކެހިވެރި ސަރުކާރު.