ރައްޔިތުންނަށް މިއަދު ކުރިމަތިވަމުން އަންނަ އުނދަގުލާއި ތަކުލީފް އުފުލަން ޖެހުނީ ކުރީ ސަރުކާރުގެ ކެބިނެޓުގެ ނިންމުންތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އާޒިމް އެގޮތަށް ވިދާޅުވީ މާލެ ސިޓީގެ ގޭބިސީތަކުގެ ކަރަންޓު ބިލު މި މަހު އިންތިހާ އަށް ބޮޑުވެ އެ ކަމުގެ ޝަކުވާ މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައި ވަނިކޮށެވެ. މުއިއްޒު ވިދާޅުވީ މި މަހުގެ ކަރަންޓު ބިލު އޮތީ މާލޭގެ ރައްޔިތުންނަށް ދެއްކޭ ވަރަށް ވުރެ ބޮޑުކޮށް ކަމަށާއި ނިކަމެތި ހާލަތުގައި ތިބި ރައްޔިތުންނަށް އެ ބިލު ދެއްކޭނެ ގޮތް ދަތިވާނެ ކަމަށެވެ.

އެ ޓުވީޓަށް ރައްދު ދެއްވައި އާޒިމް ވިދާޅުވީ މިހާރު ކުރިމަތިވާ އުނދަގުލާއި ތަކުލީފު ޖެހިފައިވަނީ މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު، އެ ކެބިނެޓުން ދެކޮޅުނުޖެހޭ އިގްތިސާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުން ކަމަށެވެ.

"އިރާދަފުޅުން މާދަމައަކީ މާރަގަޅުދުވަހަކަށް ހަދާނަން،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވާ އާޒިމް ވިދާޅުވިއެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު، މި މަހުގެ ކަރަންޓު ބިލު ދެގުނަ ބޮޑު ކަމަށް ބުނެ އާއްމުން ދަނީ ޝަކުވާ ކުރަމުންނެވެ.

ސަރުކާރުން ވަނީ ޖޫން މަހުގެ ކަރަންޓު ބިލާއި، ފެން ބިލުން ޑިސްކައުންޓު ދީފައެވެ. އެގޮތުން އާންމު ރައްޔިތުންނަށް ނުވަތަ ޑޮމެސްޓިކް ކަރަންޓު ބިލްތަކުން 40 އިންސައްތަ އަދި ފެން ބިލްތަކުން 30 އިންސައްތަ ޑިސްކައުންޓު ދިން އިރު ވިޔަފާރިތަކަށް 20 އިންސައްތަ ޑިސްކައުންޓް ދީފައިވެއެވެ.

ނަމަވެސް ޖުލައި މަހުގެ ކަރަންޓު ބިލު އައި އިރު، ވަރަށް ގިނަ ގެތަކުގައި ދިރިއުޅޭ މީހުން ދަނީ ޝަކުވާ ކުރަމުންނެެވެ.

މީސްމީޑިއާގައި ޚިޔާލު ފާޅު ކުރަމުންދާ ބައެއް ފަރާތްތަކުން އަންނަނީ ރައްޔިތުންގެ އިގްތިސާދީ ހާލަތު އަދިވެސް ރަނގަޅު ނުވާތީ، ސަބްސިޑީ ކަނޑާނުލައި ކުރިން ވެސް ކުރިއަށް ގެންދިޔަ ގޮތަށް ގެންދަން އެދި ޝުއޫރު ފާޅުކޮށްފައެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހްމީ "ވަގުތު" އަށް ވިދާޅުވި ގޮތުގައި، ގޭބިސީތަކުގެ ކަރަންޓު ބިލުގައި މައިގަނޑު ގޮތެއްގައި އައިސްފައިވާ ބަދަލަކީ ވެސް ސަބްސިޑައިޒްކޮށްފައިވާ ބައި އުނިކުރުމުން އައިސްފައިވާ ބަދަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. Anonymous

    ކަލޭގެ ގަރުދިޔަ ދަބަހާ ހެދި ހުރިހާ ކަމެއް ގޯސް ވެގެން މިދަނީ .

    71
    1
    • Anonymous

      ޔާމީން ނިންމި ކޮންމެ ކަމެއް ބަދަލުކޮށް ރައްޔިތުންނަށް ނޮހޮރުއްޕާން ޖައްސަނީ އިބޫ ސޯލިހު.
      ހާދަ ނުލަފާ ދޮގުހަދާ ހުރިހާ ޒިންމާ އަކުން ރެކެންނތެޅޭ ބައިގަނޑެކޭދޯ މިއީ..
      މީހަކު ކިޔައި އާދޭސް ކޮށްގެންތަ ވެރިކަަށް އަރައިގެން އެއުޅެނީ. ތިމާމެންގެ ނެތޭ ގައުމެއް ހިންގޭވަރުގެ ގާބިލު ކަމެއް.. ފެއްސި ރައްކާވާން އުޅޭ؟

    • Anonymous

      ގައުމެއްގެ ވެރިކަން ކުރެވޭނީ އެވަރުގެ ލިޔާގަތާ ގާބިލުކަން ހުރެގެން.. އިބޫ ސޯލިހަކަި ވެރިކަން ކުރެވޭ ވަރުގެ މީހެއްނޫން. މުސާރަނަގައިގެން ހުންނަ ޞެކާރު މީހެއް. ރައްޔިތުންނަށް އިނދަގުލާ ދުއްތުރާ ކުރުން ނޫން ކަމއއް ނުކުރޭ.

    • Anonymous

      މިސަރުކާރުގަވެސް އޮތީ ކުރީ ސަރުކާރުގެ ކެބިނެޓްތަ؟

  2. ނަައީމް

    އަޅެފަހެ ތިނޫން އެއްޗެކޭ އެބަކިޔޭތެ ގައުމު ހިންގުމުގެއާރާއި ބާރު ހިފައިގެން ގޭގާތިބީމާ ކަމެއްނުކުރެވުނުތާގަ ފިކުރެއްވެސްނެތޭ

    61
    1
  3. ރޯނުއެދުރު

    ސަރުކާރު ކަޅު ދަބަހަކަލައިގެން ހިންގަން ލިބުނުތާ 3އަހަރާ ގާތްވީ އަދިވެސް މިދައްކަނީ ކުރީސަރުކާރު ކަންކުރި ގޮތުގެ ވާހަކަ ، ތިމާމެންނަށް ލކަމެއް ރަނގަޅަކަށް ކުރަން ނޭގެންޏާ އިސްތިއުފާދީފަ ބުނެބަލަ ކުރިން ކަންކުރިމީހުން ކަންކުރަން ހަވާލުވާށޭ ތިމަންނާމެނަކަށް ކުރެވޭވަރުކަމެއް ނޫނޭމީކީ! އަދިވެސް ތަނެއް އޮތިއްޔާ ބޯގަޅާލާތި!

    27
  4. މަސްއޫދު

    ގަރުދިޔަ އާޒިމުއަށް: ތިޔަބުނީ ހަމަރަގަޅަށް ޔާމީނުގެ ކެބިނެޓުން ތަރައްގީގެ މަސްރޫޢުތައް ރާވައި އޭގެ ޚިދުމަތްތައް ރައްޔިތުންނަށް ލިބި އެންޑީޕީގެ ނާގާބިލް ކެބިނެޓުން އެއްވެސް ކަމެއް ނުރޭވި ރައްޔިތުންގެ ކުރިތީގައި ބޭޒާރުވުން އުދަގޫވާނެ! ނުހިތުގައިވެސް ޢަޒިމުގެ ދުލުން ބަސްބުނެވެނީ ޔާމީނަށް ތައުރީފު ލިބޭގޮތައް!

    24
  5. ޖަޒީރާ ވަންތަ ކެހެރިނުފަޅަ ޖަނަވާރު

    ނެއްތަ ގަރްދިޔަ ކޮޅެއް ނާގާބިލު ސަރުކާރުގެ ވަކީގަ ބަދެވި ހުސްވެފަ

    22
  6. އަހަރެން

    ޔާމީން ކުރީ ސަރުކާރޭ ނުކިޔާ 5 އަހަރުގެ ދަޢުރެއް ނިންމާލީ

    27
  7. Anonymous

    ޢެއްޗެއް ގާއި ފޮރި ޖެހުމުން ވާގޮތް މިފެންނަނީ

    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    25
  8. ނާޅި

    މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ގިނަ ވުމުގެ ސަބަބުން ރައްޔޮތުންނާއި ބަލާވެރިކަން ޖެހި ދަރަނިވެރިވަނީ، މިއަދު ދައުލަތުގެ ދަރަނި އެހާބޮޑު ކޮންމެ މީހެއްގެ ބޮލުގައި ހައުސިން ލޯނު ދަރަނި ކުލީ ދަރަނި އެޅިފައި ނެތްމީހަކު މަދުވާނެ !

    22
  9. ރަން ރީނދޫ

    ތި ލަވަޔަށް ދިވެ ހިން ދެނެއް ނުނަށާނެ. އިސްތިއުފާ. އިންޑިއާގެ މިލިޓަރީ އައުޓް.

    28
  10. ކާފަބޭ2020

    ބަލައާޒިމޫ އޭރުއެގޮތްގޯސްވެގެން އެކަންކަންރަގަލުކުރާނެކަމަށް ބުނެގެންނުތިތަނަށްބޭނިގެންތިޔަހުރީ ދެން ކޮންކުރީސަރުކާރޭ ދުފާއެއްޗިއްސޭނުކިޔާ ދަބަހަށްއެޅިދީޔާތަކެތިން ކަމެއްކުރެވޭތޯބަލާ އަބަދުކުރީސަރުކާރު މީދެންއަރަތަށްވެއްޖެދޯ ނުކުރެވެންޏާ އިސްތިއުފާދީބަލަ މީދެންބޮޑުމުސީބާތަކަށްވެއްޖެދޯ؟

    18
  11. ނ

    ބަލަ އެއީ ކޮން ނިންމުމެއް ކަމެއް ބުނެ ނުދެވުނު...ކަލޭ މެން އައީ ހިލޭ ފްލެޓާ ގޯތިވެސް ދޭން ވައުދު ވެގެން
    ޢަދި ވެސް ސްޓެލްކޯ ގެ ވެރިޔަކީ ޔާމިންތަ...ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް އަޅާފައި ހުރުމާއި މާލޭގެ އިންޖީނުގެ ތަރައްގީ ކުރީމާ ކަލޯ މެންގެއިން ކަރަންޓް ނުކެނޑެނީ
    ޝުކުރު ކޮށްބަލަ...ކަލޭމެން ހޯދި އެންމެ ޖަނަރޭޓަރެއް ވެސް ނުހުންނާނެ....ހެ ހެ

    19
  12. އަބްދޫ

    ޔާމީނުގެ އިރަކު ގެގޭގެ މީޓަރު ތަކަކާ ނުކުޅޭ .އިންޖީނުގޭގެ އާއި ޔާމީނު ނުކުޅޭ .ޔާމީނު އޭރު ކުރެއްވިކަމަކީ އެމްޑީޕީ ވެރިކަމުގަ ހިންގާފަހުރި ކަރަންޓް ޖަރީމާ ހަމަމަގަށް އެޅުވުން . ބައެއްމީހުނަށް 50% ގެ ޑިސްކައުން އަނެއްބަޔަކަށް ހިލޭ އެމްޑީޕީ ވެރިކަމުގަ ކަރަންޓް ދިން. އެގޮތަށް ސްޓެލްކޮއަކުޖް ބިލެއްނުހެދޭނެ. ސްޓެލްކޯއިން ބިލް ހަދަންޖެހޭނީ އެންމެނަށް ހަމަހަމަކޮށް. ކަރަންޓް ބިލް ނުދެއްކޭވަރުގެ ފަގީރުންތޯ ބަލާ އެއަށް ސަބްސިޑީ ދޭންޖެހޭނީ ދިވެހިސަރުކާރުން. ފަގީރުންތޯ ބަލާއިރު ފަގީރުމީހާ ނިދަނީ އެއާކޯން ކޮޓަރީގަ އެންމެ ޒަމާނީ މޯބައިލް ގޭތެރޭގަ އިލެކް ޓްރިކަލް ހުރިހާސާމާނެއް އެބަހުރި އެފަދަ މީހުން ފަގީރުންގެތެރެއަކު ނުހިމެނޭނެ. ފަގީރުންތޯ ބަލާ ފަގީރުންނަށް ކަރަނޓާއި ފެނަށް ސަރުކާރުން ސަބްސިޑީ ދިނުމަކީ މަސްސަލައެއް ނޫން ސަބްސިޑީ ދޭންޖެހޭނެ. އެކަމަކު އެކަންކަން ރަނގަލަށް މޮނީޓަރ ކުރެވެންވާނެ.

    15
  13. ހުސޭނުބޭ

    ދަބަހުގައި ދިޔާ އެއްޗެތި އުފުލިފަހުން މި ހުރިހައި ބަލާވެރިކަމެއް މި ޖެހެނީ

    18
  14. ޢަހު

    ކަލޭމެން ގެންގުޅުނު ދިޔާއެއްޗެހީގެ ސަބަބުން ކަލޭމެންގެ ދުވަސް ތިދިޔައީ މޮޔަފުޅާ ދިޔާއެއްޗެއްސަކީ ކޮއްޗެއްބާ!

    17
  15. އެމީހާ

    ކަލޯ އަދިވެސް އަދީބު އަތުންގެންދިޔަ ދިޔާއެއްޗެހި ހުސްނުވަނީތޯ. ތޮހުންނެވީ އަމިއްލައައްއެއްޗެއްވިސްނޭހާލުގައިތޯ. ހަމަހީވާތީ އަހާލީ. ރުޅިނާންނައްޗޭ.

    17
  16. ކުޑާބެ

    ހުރިހާކަމެއް ބަހާ ޢަމަލާ ދިމާނުވީމާ ވަނެހައެތިހަމަވީ މިކަލޭގެ އުޅެނީ ކިޔާނެއެއްޗެއްނޭގިގެން ޔާމީނުވަރެއްނެތް އެއީ ސަބުސިޓީ ދިނުމައްވެސް ބެސްޓްވެރިއެއް

    23
  17. ހާލުފޮޅި

    ފޫހި މީހާގަނޑެއް.. ދިޔާ ތަކެތި އުފުލާ މީހާ

  18. މހމމ

    ޝުއަރ، ސަން ރައިޒް އެންޑް ސަން ސެޓް އިޒް އޯލްސޯ ބިކޯޒް އޮފް “ޔާމީނުގެ ކެބިނެޓް”.. ހޭޝްޓެގްލަދ..

  19. ހަސަނު

    ކަރަންޓު ބިލް ބޮޑުކަމަށް ބުނެ މުޢިއްޒު ވާހަކަ ދައަވަން ހަމަ ލަދުފުޅު ނުގަންނަވަނީތޯ؟ މިރާއްޖޭގެ އެންމެ ފުރަތަމަ ކަރަންޓު ވިޔަފާރި ކަރަންޓް ބިލް-/6ރ އަށް ބޮޑު ކުރީ ޔާމިނުގެ ސަރުކާރުގައި. އޭގެ ފަހުން ރައްޔިތުންގެ ބިލް -/5ރ އަށް ބޮޑު ކުރި. އަހަރުމެން ހަދާން އެބަހުރި ރައްޔިތުން ބިލް ބޮޑުކޮށްގެން ރައްޔިތުންބިލްތަކަށް ފައިސާ ނުދައްކައިގެން ކަރަންޓު ކަޑާލީމަ ކޯޓަށް ގޮސްގެން ކަރަންޓު ދޭން އެންގީމަ ގާޒީ ބަދަލު ކޮށްގެން ވެރިކަން ކުރި ކަން. މިހާރު ކޮން ވާހަކައެއް މުއިއްޒު މިދައްކަވަނީ. އޭރު ކަރަންޓު ބިލް ގަސްދުގަ ބޮޑުކުރީ ރޭޓު ބޮޑުކޮށްގެން އަދި ފިއުލް ޑިސްކައުންޓުވެސް ކަޑާލައިގެން. މިހާރު ސަރުކާރުން މިދިޔަ މަހު ޑިސްކައުންޓު ދިނީމާ އެކަން ހަޖަމު ނުވެގެން ބިލްލަ ބޮޑުކުރީއޭ ކިޔައިގެން ހައިޖާނު ހަދަނީ. ލައްވަން ހިޔާލު ކުރެއްވިޔަސް އުޅުވުން ރަގަޅުކަމަށް ފެނޭ.

    1
    1
    • ނުދަންނަމީހާ

      އޭރު ބިލް ހަދާއިރު ކޮންމެ 100 ޔުނިޓަކުން އަގު ބަދަލު ކުރަމުން ގެންގޮސްފަ ހުރީ އެކަމަކު މިހާރު ހަދަނި އެހެނެއް ނޫން .އޭރު ފުރަަތަމަ 100 ޔުނިޓަށް އެންމެ ކުޑަ އަގު ދެން އޮތް 100 ޔުނިޓަށް ދެންއޮތް އަގު ބާކީވާ މަދު ޔުނިޓްކޮޅަށް ބޮޑު އަގު އޮންނާތީ ބިލް އެހާ ބޮޑެއް ނުވޭ . މަމެންގޭގައި ޔާމީނު އިރުގައިވެސް ބޭނުންކުރަމުން އައި ވަރަށް މިހާރުވެސް ބޭނުންކުރަނީ . އެކަމަކު އޭރު 2000 ރުފިޔާ އަރާ ބިލަށް މިހާރު އަރާ 3000 ރުފިޔާ . އަދި މިމަހުގެ ބިލް ބޮޑުވެއްޖެ ރަމަޟާން މަހުގެ ބިލަށް ވުރެވެސް. މަމެން އަޅާމިކިޔަނީކީ ސަބްސިޑީ ބިލަކާ ނޫން. މިދިޔަ ދެއަހަރު ދުވަހުގެ ބިލާ އަޅާ ކިޔާއިރުވެސް މިމަހުގެ ބިލް ބޮޑު. ބޭނުންކުރާ އެއްޗެތި އިތުރެއްނުވޭ އޭސި ޖައްސާ ވަގުތު ގިނައެއްނުވޭ އެކަމަކުވެސް ބިލް ބޮޑުވަނީ .މިހާރު ބިލް ހަދާ އުސޫލަކުން ބިލް ބޮޑުވަނީ . ބޭނުމަކީ ހުރިހާ ކަމެއްގައިވެސް ރައްޔިތުން ފެލުން . އެކަން ރަގަޅަށް އެބަކުރޭ.

  20. ލ.ގަމު

    މީނައަކީ ކާކުކަން ނޭނގޭ މީ ހަކު މިދިވެ ހިރާއްޖޭގައި އެބަ ހުރިތަ؟؟؟ އިންސާނެއްގެ ސިފައިގާ ހުއްޓަސް އެއީ ހަމަ ކުނި ގަނޑެކެވެ އެއީ މާތްވެގެންވާ އިސްލާމްދީން މުޑުދާރުކޮށް ނަޖިސްކުރާ ނަޖި ހުންނެވެ. އެފަދަ ޖާ ހިލުންގެ ބަ ހަކީ މިމުޖު ތަމައުގެ ހެޔޮވިސްނޭ އެއްވެސް މީ ހަކުބަލައިގަންނާނެއެއް ޗެއްނޫނެވެ.

  21. Anonymous

    ދޮންކަލޯ ހިނދުކޮޅުގައިތޯ މީ ރައީސް ޔާމީން ގެ ވެރިކަމެއް ނޫނޭ
    އަދިވެސް އެމަނިކުފާނުގެ އިސްތަށިފުޅުގައި ތުހުމަތު އެޅުވުމުގައިތޯ ދައުރު ހަމަކުރަން ތިޔައުޅުއްވަނީ. މަޖިލީހާއި މެޖޯރިޓީއާއި ހުރިއްޔާ ހުރި ހެޔޮކަމަކައިގެން ނުވިތާކަށް ޝެއިޚް އިލްޔާސޭ ކިޔާ މީހަކު ދުޢާދެއްވި ކަމަށްވެސް ވިދާޅުވި ވެރިއެއްގެ ދައުރު ހިނގަމުން މިދަނީ.
    ކަމެއް ކުރެވޭނެ ބަޔަކު އަނެކާއަށް އެއްޗެއްސެއް ނުކިޔާނެ. ވީ ވަޢްދުތައް ފުއްދަން މަސައްކަތް ކުރާނީ އެހެން މީހުން ބަދުނާމު ނުކޮށް. މަސްނުބޭނެއްޏާ ކަނޑުނުބައިވާނީ ކަނޑު ކޮހުންނަށް. އިސްތިއުފާ ދީފައި ގެއަށް ދޭ މާތާހިރުވާނެ. ވެރިކަމަށް އެރީ ރައީސް ޔާމީން ހުރިހާ ބުރަމަސައްކަތެއް ކުރެއްވީމަ މަލުފޮނި ބޯން. ރިބަންކަޑަން އެކަންވެސް ކުރަން ނޭނގޭ ހިސާބަށްވުރެ ގަމާރުކަން ބޮޑުވީމާ ވާގޮތް ތޯއްޗެ.

  22. ރިހާކުރުދަބަސް

    ބަލަ މިހިރަ ކޮހާ ކަލޭމެންގެ ވެރިމީހާގެ ކެބިނެޓްގަ އެވަރުކަމެއްވެސް ހަމަޔަކައްއަޅުވާލެވޭ ވަރުގެ މީހަކު ތިންއަހަނރުވާން ކައރިވިއިރުވެސް ނެތީތަ ކީއްކުރަން ތިބޭބައެއްތީ ބޮޑުމުސާރަނަގައިގެން ބޮލިހިލަންތަ ނުވަންޏާ އިސްތިއުފާދީ

  23. މެން

    މިވައްތަރުގެ ބޯބުރާތިތައް މިގައުމުގެ މަޖިސްލިސްތަކުގާ ތިބޭތީ ހިތާމަކުރަން

  24. ބަބޫ

    ކަލޯ 3 އަހަރު ނިމިގެން މިދަނީ އަދިވެސް ޔާމީނު ތަ ގޯސްހެދީ. އަގަ އިތީމަ ތަންދޮރު ނޭގުންސް ތެޅުވިދާނެ. މިމަހުގެ ބިލާ އާމީނުގެ ކެބިނެޓްގެ ނިންމުންތަކާ ހުރި ގުޅުމެއް ބުނެދީބަލަ. ކަލޭމެނަށް ކަންކަން ނުވީމަ ޔާމީނު ގޯސްވަނީ. ކުރިންވެސް 3 އަހަރު ލިބުނު އެޅުނު ބިންގަލެއްވެސް ނެއް. މިހާރުވެސް އެހެން. 2023 ވަނަ އަހަރު ވޯޓްހޯދަން އައިމަ އަހަރެމެން ކިޔާނެ ވަރަށް ބައިވަރު އެއްޗެހި ހުންނާނެކަން ހަނދާންކުރާތި.

  25. ކޮއްކޮ

    އާޒިމްކިޔާ ވައިރަހ ހެއް މިއީ. މިވައިރަހުގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާންދޭ. އާމީން

  26. ހގފދދ

    މިސަރުކާރުގަވެސް އޮތީ ކުރީ ސަރުކާރުގެ ކެބިނެޓްތަ؟

  27. ހާޖަރާ

    ކުރީ ސަރުކާރުގެ ކެބިނެޓުގެ ނިންމުންތައް ބަދަލުނުކުރެވޭނެ ހުރީ ދަގަނޑު ވިރުވައިގެން ހަދާފަ ހުތި ނިންމުންތަކެއް. ހިޔާ ފްލެޓުން 1500 ފްލެޓް ކައްވާލަންވީމަ ނިކަން ދްލެކްސިބްލް ދޯ ޖާހިލު ނުލަފާ ދޮގުވެރި އާޒިމޫ؟

  28. ސަފާ

    ހަމަ ލަދެއް ނުގައްނަނީތަ ތިހެން ބުނަން ؟ ވައްކަން ކޮއް ކޮއްފަ ރައްޔިތުންނައް ކަމެއް ނުކޮއްދެވުނީމާ ކުރީ ސަރުކާރު، ޔާމީން، މިހެން ކިއަ ކިއާ ހުއްޓާ ދައުރު ނިމެނީ

  29. ދޮންމަނިކް

    ދަބަހުގަ އޮލަ ރިހާކުރާ ދިޔާހަކުރު ގެންގޮސްގެން ބުއީމަކާ ނޫންތަ މިހެންވީ ؟؟

  30. ޙަސަނު

    މީ އަޅެ ބޯބީތާއެއްތައް. މިކަހަލަ ޖާހިލެއެއް މުދެކެން

  31. ފަރާ

    މިވާހަކަގަޑު ދައުރު ނިމޭ އިރުވެސް ދައްކާނެ. އާޒިމް މެން ނަށްމިނޫން ވާހަކަ އެއް ހަމަނުދެއްކެނީބާއޭހިތަށްއަރާ. ކޮންމެ ކަމަކަށް ކުރީ ސަރުކާރު ކުރީ ސަރުކާރު. އެސަރުކާރު ކަމުނުގޮސް ގެން އުޅުނު ގިނަމީހުން އަބުރާ އިދިކޮޅާއެގުޅެނީ ތި ބާވަތުގެ ބޭކާރު ވާހަކަ ތަކާ ހެދި. އަބަދު ތިހެން ކިޔާތީ އޭރުގެ ކަންތައް ތަކުން ރައްޔިތުންނަށް ލިބެމުންދާ ފަސޭހަ ތަކަށްމާބޮޑަށް ވިސްނަން ފަށައިފި. ހުޅުމާލެ ބުރިޖް. 25 ބުރީގެ ފުލެޓް ތައް. ދަރުމަވަންތަ ހޮސްޕިޓަލް. ސަލްމާން މިސްކިތް. ފުޓްސެލްދަނޑުތައް ފަދަ ގިނަ ތަންތަނުންލިބޭ ތަކުލީފް އާއި އުދަގޫތައް.

  32. ss

    Aa lavavaeh farisseh neiy tha yameen song mihaaru baavejje

  33. 2018 ގައިވެސް

    "އިރާދަފުޅުން މާދަމައަކީ މާރަގަޅުދުވަހަކަށް ހަދާނަން،"

  34. ފޭލި

    ރައީސްޔާމީން ގެނައިތަރަށްގީގެ ސަބަބުން ކަލޭތިހުރީ ސޯޓުބޭލިފަ ދެންބޮލުގަރިހުމާއި ހުންއައުމާއި ގައުމުގަނެތްބަލިތަށް ކަލޭމެންނަށް ޖެހޭނެ ނާގާބިލު ސަރުކާރަކުން ކަލެޔަށް ތަކުލީފު ލިބިއްޖެ........!!!!

  35. ބާޒިމް

    އާޒިމް ތި ބުނަނީ ކުރީ މަހު ވެރިކަމުގަ ހުރީ ޔާމީނޭ؟ މިމަހުއޭ އިބޫ ވެރިކަމާ ހަވާލުވީ؟ އެހެންވެއޭ ބިލްތައް ބޮޑުވީ؟