ރ.އަތޮޅު ދުވާފަރު ކޮވިޑް-19 އަށް ފައްސިވި އަންހެނަކު މިރޭ ނިޔާވުމުގައި ހެލްތު ސެންޓަރުގެ އިހުމާލު އޮތުމުން އެރަށު ރައްޔިތުން މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

މުޒާހަރާ ކުރަމުން ގެންދަނީ އެރަށު ހެލްތު ސެންޓަރު ކައިރީގައިއެވެ. މުޒާހަރާ ހުއްޓުވަން އުނގޫފާރުން ފުލުހުންގެ ފައުޖެއް ދުވާފަރަށް ގޮސް މިހާރު ހެލްތު ސެންޓަރު ކައިރީ ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

ދުވާފަރުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެރަށުން ނިޔާވީ ކޮވިޑް ޖެހިއްޖެނަމަ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު އޮތް މެދުއުމުރުގެ މީހެއް ކަމަށެވެ. ނަމަވެސް ބަލީގެ އަލާމާތްތައް އޭނާގެ ކިބައިން ފެންނަތާ ހަތަރު ވަރަކަށް ދުވަސް ވީއިރުވެސް އެކަށީގެންވާ ފަރުވާއެއް ދީފައި ނުވާކަމަށް އެރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ މިރޭ އިރުއޮއްސުނު އިރު ހެލްތު ސެންޓަރަށް ގެންދިޔައީ ނޭވާ ލާން އުނދަގޫ ވެގެންނެވެ. ދުވާފަރުން މައުލޫމާތު ދޭ ގޮތުގައި އިތުރު ފަރުވާއަށް އޭނާ ގެންދިއުމަށް ސީއެމްބިއުލާންސަށް އެތައް ފަހަރަކު ގުޅިއިރު ވެސް ސީއެމްބިއުލާންސަށް އާދެވިފައެއް ނުވެއެވެ. "ވިއްސަކަށް ފަހަރު ސީއެމްބިއުލާންސަށް ގުޅިކަމަށްވޭ. މިއަންނަނީ ކަމަށް ބުނެ ދިގު ދައްމަމުން ދަނިކޮށް ބަލި މީހާ ނިޔާވީ." މައުލޫމާތު ދިން މީހާ ބުންޏެވެ.

ކޮވިޑް ޖެހިގެން ދުވާފަރުން ނިޔާވީ އުމުރުން 52 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ ނިޔާވީ ދުވާފަރު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 19:30 ގައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. އޭނާގެ މަރާއި ގުޅޭ ގޮތުން އެޗްޕީއޭ އިން ވެސް އަދި ހެލްތު މިނިސްޓްރީން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮވިޑް ޖެހިގެން ދުވާފަރުން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ.

ދުވާފަރުގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވީނަމަވެސް އެރަށުގައި ހުރީވެސް އެންމެ ޑޮކްޓަރެކެވެ. އޭނާ ވެސް މިވަގުތު ހުރީ ކަރަންޓީންގައެވެ.

ދުވާފަރުގެ އާބާދީ ފަސް ހާހަށް އަރައެވެ. ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ރަށެއްގައި މިހާލަތުގައި ވެސް އެންމެ ޑޮކްޓަރަކު ހުރުމުން ރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮވިޑް-19 ޖެހުނު ބައެއް މީހުންނަށް ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ސަބަބުން ނިޔާވުމުގެ އެތައް ޝަކުވާއެއް އާއިލާތަކުން ކޮށްފައި ވެއެވެ. ނަމަވެސް އެފަދަ މައްސަލަތައް ބަލައި އެއްވެސް މީހަކާއިމެދު ސަރުކާރުން ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑިން ޑިން

    ދުވާފަރު ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާށީ . މައިތިރިވެގެން ގޭގަ ތިބެބަލަ ބައިގަނޑު🤨

    5
    9
  2. ށސޭކު

    ކެ ރެފާ ނަސީމު ކޮބާ ކައޭ

    10
  3. ބަޅ

    ތިކަހަލަ ކިތައް އިހުމާލު ވެއްޖެ.. މުޒާހަ ރާކޮށް ގެން އެއްވެސް ކަމެއް ވިތަ؟ ރައްޔިތުން މާ ބޮޑަށް މިކަހަލަ ކަންކަމުގައި ލޮނުމަޑީ.

    15
    1
  4. ދވފރ

    މުޒަހަރަ އަށް ނިކުތީމަ ތިގޯސްވަނީ .އަޅާނުލާތި އިހުމާލޭމިކިޔަނީ5000 އަބާދީގައި 1ޑޮކްޓަރެއް.އެކްޓިވް150+ކޭސް
    މި ފުކެއްބޮޑުވަރު .ރައްޔެތުންނައް ހައްގުވާމިންވަރު މާތްﷲމައްޔިތައްހެޔޮރަހިމަތްލައްވާށިިިި އާއިލާއަށް މިންވަރުކުރަށްވާށި އާމިން

    13
  5. ނަން

    ރައީސް ނަޝީދު ފަރުވާއަށް ވަޑައިގަންނަންވީމަ ޖެޓް،އެންބިއުލާންސް،ފުލުހުންގެ ޖިފުތައސް އާދޭ އެކަމަކު އާއްމު ރައްޔިތަކު ދުވާފަރު ހޮސްޕިޓަލުގައި މަރަށް ތެޅުނުއިރު އިންޑިޔާއިން ދިން ހެލިކޮޕްޓަރަކަށް ނުދެވޭ ސީއެންބިއުލާންސަށް ނުދެވޭ
    ވެރިކަންކުރަން ނޭނގެނަމަ ފާބާ އިބޫ
    #އިބޫ އިސްތިއުފާ
    #ރ.އަތޮޅަށް ފެސިލިޓީއެއް
    #ދުވާފަރުގެކަންކަން ރަނގަޅުކުރޭ
    #އިބޫއިސްތިއުފާ

    14
    1
  6. ޚަދީޖާ

    5000 އާބަދީ 14 އެނދު މަރުކަޒުގައި އެތެރެހަށީގެ ޑރ ނެތް ފަރުވާނުލިބިފައި ރަށްމޮނިޓަރީގައި އޮތީމަ ޑރ ދައްކަން އުނގޫފަށް ނުދެވިފައި

    15
    1
  7. Anonymous

    ގައިމު އިހަށް ދުވަހު ހެލްތު އިމަޖެންސީ ސެންޓަރެއް ހުޅުވާ 24 ގަޑިއިރު ގުޅޭނެ ނަމްބަރެއްވެސް ހަމަޖައްސާ މިހާރު ކޮންމެ ތަނަކުން ގުޅިޔަސް ވަގުތުން އެޓެންޑް ވާނެކަމަށް ހެލްތުން ބުނި.

  8. އިއްބެ އަލީ

    ރ. އަތޮޅުގެ ވެރިކަން ދުވާފަރަށް ބަދަލުކުރަން ޖެހޭ. އުނގޫފާރަކީ މމިހާރު މާޒީ. އާބާދީއާ ބިންއޮތް ތަނަކަށް ވަސީލަތްތައް ގެންދަން ޖެހޭ. ވެރިކަން ގެނެސްފަނޫނީ ދިވާފަރު ރައްޔިތުން ގެއަށް ނުވަންނާތި.

    4
    1
  9. ޗޯޓާ

    ސަރުކާރު ވަގުތުން ލައިވުކޮށް އިސްތިއުފާދިނުން އެދެން ނުވިއެއްނު ދެންފައިބާ.