ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަނެއްކާވެސް ޕީޕީއެމްއަށް ސޮއި ކޮށްފިއެވެ.

މުހައްމާ ޕީޕީއެމް އަށް ސޮއި ކުރުމަށް ފަހު މިރޭ ވަނީ އޭނާގެ ފޯމް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) އާއި ހަވާލު ކޮށްފައެވެ. މުހައްމާގެ ފޯމް ޕީޕީއެމް އާއި ހަވާލުކުރުން އޮތީ ޕީޕީއެމްގެ އޮފީހުގައެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން މުހަންމާ ވަނީ ރައީސް ޔާމީނާއި ދެކޮޅަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރާ ކަމަށާ އެކަމާއި މާފަށް އެދޭ ކަމަށް ވިދާޅުވެފައެވެ. "އަޅުގަނޑަށް ހެދުނު ގޯހާމެދު އަދިވެސް ދެރަވޭ. ރައީސް ޔާމީނާ ވަކިވެވުނީތީ ވަރަށް ހިތާމަކުރަން. އަޅުގަނޑަށް މި ހެދުނީ ވަރަށް ބޮޑު ވަރަށް ބޮޑު ގޯހެއް،" މުހަންމާ ވިދާޅުވިއެވެ.

މުހައްމާ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް 2014 ވަނަ އަހަރު ހޮވުނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ނަމަވެސް މެންބަރު ކަމަށް ހޮވިވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއް ފަހުން 2014 ވަނަ އަހަރުގެ ޖުލައި 09 ވަނަ ދުވަހު މުހައްމާ ޖުމްހޫރީ ޕާޓީ ދޫކުރައްވާ ޕީޕީއެމް އަށް ސޮއި ކުރިއެވެ.

މުހައްމާ ޕީޕީއެމް އިން ވަކިވީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހް ދުރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. އެމައްސަލައިގައި މުހައްމާގެ ގޮނޑި ގެއްލުނު ކަމަށް ވެސް ނިންމިއެވެ. ނަމަވެސް ދޮޅު އަހަރު ފަހުން އަނެއްކާވެސް މެންބަރުކަން އިއާދަކުރި 12 މެންބަރުންގެ ތެރޭގައި މުހައްމާ ހިމެނުނެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހު މުހައްމާ ދެން ގުޅުނީ ވެރިކަން ކުރާ އެމްޑީޕީ އާއިއެވެ. އޭނާ އެމްޑީޕީ އާއި ގުޅުނީ 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށްޓަކައެވެ. އެމްޑީޕީގެ ޕްރައިމަރީ މުހައްމާއަށް ކާމިޔާބެއް ނުކުރެވުނެވެ. އޭގެ ފަހުން މުހައްމާ ސިޔާސީ ދާއިރާއަކުން ނުފެނެއެވެ.

މުހައްމާ އާއިއެކު ޕީޕީއެމް އިން ވަކިވި 12 މެންބަރުންގެ ތެރޭގައި ހިމެނު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވެސް ވަނީ ދާދިފަހުން ޕީޕީއެމް އަށް ސޮއި ކޮށްފައެވެ. އަދި އޭގެ ކުރިން އެމެންބަރުންގެ ތެރޭގައި ހިމެނުނު ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ޕީޕީއެމް އާއި ގުޅިފައެވެ. ޕީޕީއެމް އިން ވަކިވި 12 މެންބަރުންގެ ތެރެއިން މަޖިލިސް އިންތިހާބުގައި ގޮނޑި ދިފާއު ކުރެވުނީ ވިލިގިނލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރައްޔަތު އަހުމަދު

    މީ ވަރަށް ވަގު މީހެއް މަސަތްކަތް ކުރުވާފައި ފައިސާ ނުދީ ފިލީ.. ފަހުން ފޯނުވެސް ނުނަގާ..

    ގައުމު ހިންގަން މިވަންނަނީ ހައްތަހާވެސް ވަގުން

    21
    3
  2. އާމިނަތު

    މިއޮޔާލައްގާ އެއްޗިހި އެއްވެސް ބުރަދަނެއް ނުހުންނާނެ ދެވަނަ ފަހަ ރައް ވެސް ހަދާނީ ފުރަތަމަވެސް ހެދިހގޮތް ގާތްކުރަނ ހެޔޮނުވާނެ o ަ

    20
  3. ހުސްހުސް

    އަނެއް ބުރާންތި ވެއްދީ. ބަލަ އަދުރޭ ކަލޭ ހާދަ ގަމާރޭ ކަލޭ ތި ޕީޕީއެމް ހަލާކު ތިކުރަނީ އައްނިއާއި ގުޅިގެން. ތިކަހަލަ ތަންދޮރު ނޭނގޭ ބުރާންތިން ވެއްދިއަސް ތިމީހުން ރައްޔިތުން ބަލައެއް ނުގަނާނެ. ތި ބުރާްންތި އޯލެވެލް އަށް އެމްއީއެސް އިން ކިޔެވިއިރު ގްރޭޑް 6، 7 އަދި 8 އަށް ޕްރޮމޯޓްވިގޮތް ތި ބުރާންތި ކައިރިން އަދުރޭ އަހާބަލަ. އަހަރެންގެ ރައްޓެއްސަކު ތިބުރާންތިގެ ޓެސްޓް ޕޭޕަރު ހަދައިދީގެން ޕްރޮމޯޓް ވެފަހުރީ ގްރޭޑް 09. ދެން ކޮން ފެންވަރެއް ހުންނާނީ. އަމިއްލަ ރަށުރަތްޔިތުން މަޖިލީސްއަށް ހޮވައިދިނީމަ ރަށުރަތް ޔިތުންނަށްޓަކައި މަޖިލީސް ތެރޭ ވާހަކަ ދައްކަން ނުކެރޭ. ތިގަމާރު ތިއުޅެނީ އަނެއްކާ މަގާމެއް ހޯދަން. ދެން މިހާރު ރައްޔިތުން ތިކަހަލަ ގަމާރުން ގަބޫލެއް ނުކުރާނެ

    12
    3
  4. މޯޑް

    އަދުރޭ ތިކަހަލަ ތަންދޮރު ނޭނގޭ ދެބޯގެރިން ނުވައްދާ މާސްޓާސް ހޯލްޑަރުން ނުވަތަ ޕީއެޗްޑީ ހޯލްޑަރުން ޕާޓިއަށް ވައްދާފަ ނޫސްތަކުގަ ޖަޙާބަލަ. އޭރުން ތިޕާޓީއަށް ކާމިޔާބުވާނެ. ފެއިލްވެފަތިބި އަލިފުބާނޭނގޭ ތަންދޮރު ނުދަންނަ މުހައްމާމެން ކަހަލަ މީހުން ޕާޓީއަށް ނުވައްދަބަލަ

    15
    1
  5. ހުސޭނުބޭ

    ބޯގިނަކުރަންވިޔަސް ތިކަހަލަ މީހުން ކައިރިކުރަން ހެޔޮނުވާނެ
    ތީ ހަމަ ހައްޕުނޑު
    މާދަމާކަން ނޭގޭ ޔާމީނާ ދިމާލަށް އެއްޗެތިގޮވާނީ

    17
    1
  6. ނަބާ

    އަނެއްކާވެސް އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރަން “ ޓިކެޓް “ އެއްލިބޭތޯ ބަލަން ޕީޕީއެމް އާއި ގުޅުނީ !! އެއްފުޅައްމަތިން ފުއްމާލިބަކަރި ހާސް ފުޅައްމަތިން ފުއްމާނެ” އޭ މުސްކުޅި ހަރުބަހެއްގައި އޮވޭ 🤐 މީލައްކަ ވާހަކަ ނަމަ ނަމަ ތިކަހަލަ މީހުންގެ ޖަޒުބާތުގައި ޖެހި ގޯހެއްނަހަދާތި!! ތިޔަކަހަލަ މީހުންނަކީ ސިޔާސީރަންޑީން 😡 ރައްޔިތުން އިތުބާރު ކުރާނެ ބަޔެއް ނޫން !!

    19
  7. ޙާލަތު

    ޢާއްމު މެންބަރެއްގެ ގޮތުގަ ބަހައްޓަން އޯކޭ ދެން ދޯ. އެކަމަކު ވިސްނާތި... މަތީ މަޤާމެއްގެ ޓިކެޓް ނުދޭތި.

    20
  8. ބޮކި

    ލަޑަޔާވާނީ ލަޑަޔާ......

    8
    1
    • ކާފަބޭ2020

      ބޮކިތިޔަހެން ނިވިދިއްލޭވެފަހުއްޓާ ސޭޓުގެޕާޓީކުދިކުދިވަނީ ސޭޓުޕާޓީއަށް ރާބުޅައެއްނަމަވެސްއިތުރުކޮށްދެވޭތޯއުޅެބަލަ އޭރުން ނިވިދިއްލޭކަން ކެނޑިދާނެތޯއްޗެ!

  9. އެހެންދޯ ތިކިޔަނީ؟

    މުހައްމާ ބަހައްޓާ ޕީޕީގެ ޑްރާމާ ފެކްޝަންގަ. ވަރަށް ހިންގާލާނެ.

    14
  10. މުހައްމަދު އަންޖުމް

    ހަމައެއްގޮތަކަށްވެސް ގަބޫލެއް ނުކުރާނަން މުހައްމާ ދައްކާ އެއްވެސް ވާހަކައެއް ކުރިން އައިސްހުރެ ކުޅެލި ފިލްމު އަދިވެސް ހަނދާން އެބަހުރި މަޖިލިސްތެރޭގައި ޖެއްސިވައްތަރުވެސް އަދި ހަނދާންނެތޭހާ ދުވަހެއްނުވޭ ދެންރަނގަޅުވާނީ ކުރިންވެސް އުޅުނުހެން ތާކުން ތާކުނުޖެހޭ ޑްރާމާޔާ ފިލްމުކުޅެން ހުރިއްޔާ ހަނދާން އެބަހުރިތަ ހއ އަށް ކުރީގެ ރައީސް ކުރެއްވި ދަތުރު ފުޅުގަ ކުރިކަންތަކާ އުޅުނުގޮތް އަދި މާގިނަދުވަހެއްނުވެ ހަމައެރައީސަށް ކޮށްލިވަރު ވީމާ ސޮރީ މުހައްމާ އަކަށް ތާއީދެއްވެސް އިތުބާރެއްވެސް ނުކުރެވޭނެ