ރާއްޖެ އިން އިތުރު 108 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 17 މީހުންނެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވީ 60 މީހުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުން 28 މީހުން، ސަފާރީއަކުން އެކަކު އަދި އިންޑަސްޓްރިއަލް ރަށްތަކުން ދެމީހުން މިއަދު ފައްސިވިއެވެ.

މިއަދަކީ ފާއިތުވި 11 ދުވަސް ތެރޭގައި މާލެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފާއިތުވި ތިން ދުވަސް ތެރޭގައި އެންމެ މަދު އަދަދެއްގެ މީހުން ފައްސިވީ މިއަދު އެވެ. ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު 100 އިން މަތީގައި ހުންނަތާ މިއަދު ވަނީ ތިން ދުވަސް ވެފައެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 2572 މީހުންނެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %2.05 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 14 މީހުންނަށެވެ. މިހާރު ކޮވިޑް ޖެހިފައި 2541 މީހުން އެބަތިއްބެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 94 މީހުންނެވެ.

ޖުލައި މަހު މިހާތަނަށް ރާއްޖެ އިން 3404 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.