ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ކުރަމުން ގެންދެވި ތާއީދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގެންދެވީ ރަައީސް ޔާމީން ގެންނަވަމުން ގެންދެވި ތަރައްގީއަކީ އެމަނިކުފާނުގެ "ލެގަސީ" ދުއްވާލަން ކުރެއްވި ކަމެއް ކަމަށް ވިދާޅުވުމަށް ފަހު ކަމަށް ޕީއެންްސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމާއި އަލަށް ގުޅުނު ބައެއް މެންބަރުންގެ ފޯމާއި ހަވާލުވާން މިރޭ ބޭއްވި ބައްދަލުވުމެއްގައި އަބްދުލްރަހީމް ވަނީ މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަބްދުލްރަހީމްގެ ފާޑުކިޔުން މައުމޫނަށް އަމާޒުވީ ދާދިފަހުން މައުމޫން ދެއްވި އިންޓަވިއުއެއްގައި ޔާމީނަކީ ޖަލުގައި އޮތް ބޭފުޅެއް ކަމަށާއި ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރޭނެ ކަމަށް ވިދާޅުވުމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ޔާމީންގެ ގުޅުން ގޯސްވެފައި ވަނިކޮށް 2016 ވަނަ އަހަރު އޮކްޓޫބަރު 7 ވަނަ ދުވަހު ރައީސް ޔާމީންގެ އެދިވަޑައިގަތުމަކަށް ރައީސް މައުމޫނާއި ބައްދަލު ކުރެއްވި ކަމަށެވެ. މައުމޫންގެ ރަސްމީ އޮފީހުގައި އޮތް ބައްދަލު ކުރެއްވުމުގައި ރައީސް ޔާމީނާމެދު އޮތް ކަންބޮޑުވުންތައް މައުމޫން އޭނާއަށް ވިދާޅުވެ ދެއްވި ކަމަށް އަބްދުލްރަހީމް މިރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މާލެ-ހުޅުލެ ގުޅާލަން ބްރިޖް އަޅަނީ ކީއްކުރަންތޯ އާއި އެ މަސައްކަތަށްވުރެ މާ މުހިންމު ކަންކަން އެބަހުރި ކަމަށް ރައީސް މައުމޫން އެ ދުވަހު ވިދާޅުވި ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި މާލޭގައި އިސްލާމީ މަރުކަޒެއް ބިނާ ކޮށްފައި ވަނިކޮށް ހެދިގޮނޑުތައް ކައިރީގައި ކިންގް ސަލްމާން މިސްކިތުގެ ނަމުގައި އެހެން އިސްލާމީ މަރުކަޒެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށާއި ހުޅުމާލެ ހިއްކަވާފައި ވަނިކޮށް ފޭސް ދޭއެއްގެ ނަމުގައި "ޒުވާނުންގެ ޝަހަރެއް" ހިއްކުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރެއްވި ކަމަށެވެ.

އަދި އޭގެ ފަހަށް އެ ހުރިހާ ކަމަކީ ވެސް އެމަނިކުފާނުގެ "ލެގަސީ" ދުއްވާލެއްވުމަށް ރައީސް ޔާމީން ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ ކަމަށް ވިދާޅުވި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަތައް ދޮގު ކުރައްވަން މައުމޫނަށް ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.

"ކީއްކުރަން އަޅާ ބްރިޖެއްހޭ މި އޮތީ، އެއަށްވުރެ މާ މުހިންމު ކަންކަން އެބަހުއްޓޭ. އިސްލާމީ މަރުކަޒެއް މާލޭގައި ބިނާކޮށްފައި ހުއްޓާ ކީއްކުރަން ހެއްޔޭ މިތާ ހެދިގޮނޑުދޮށުގައި އަލުން އިސްލާމީ މަރުކަޒެއް ބިނާ ކުރަން މި އުޅެނީ. ހުޅުމާލެ ހިއްކާފައި އޮއްވާ އަލުން ކީއްކުރަން ހެއްޔޭ އެތާންގައި ދެވަނަ ފޭސް ހިއްކައިގެން ޒުވާނުންގެ ޝަހަރެއް ބިނާކުރަން މި އުޅެނީ. މިއީ (ރައީސް ޔާމީން އަރިހުގައި) ތިއްބަވާފައި ނިކުމެވަޑައިގަންވަން ދެއްކެވި ހުއްޖަތް. މިރޭ ތަފްސީލުކޮށް ދަންނަވާނަން އެއީ ކޮން ބޭފުޅެއްކަންވެސް. ރައީސް މައުމޫން ވިދާޅުވި އެއްޗެއް. ދެކޮޅެއް ނެހެއްދެވޭނެ އަޅުގަނޑުގެ ގާތުގައި ވިދާޅުވީ. އަޅުގަނޑު ގާތުގައި ވިދާޅުވީ ތިމަންނަގެ މައްސަލައަކީ މިއީއޭ. ތިމަންނަގެ ލެގަސީ ދުއްވާލާށޭ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ. މަވެތި ކަމުގެ ކިހާ ރަނގަޅު މިސާލެއްތޯ މިއީ،" އަބްދުލްރަހީމް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ ރައީސް މައުމޫންގެ ވާހަކަފުޅު މިހެން ހުރުމުން ގައުމު ދެކެ އެބޭފުޅުން ލޯބިވާ މިންވަރު ދެން ނިންމާނީ ދިވެހި ރައްޔިތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. މަރީ

  އަދުރޭއަކަށް މައުމޫނު ނުވަތަ އެހެންވެސް މީހެއްގެ ހިތުގައި އޮތް ނޭގޭނެ! އަދުރޭއަށް އެނގެނީ
  އަދުރެމެޓިކްސް އެކަނި!!! މަމޮޅުވުމުން ތިމާ ބޭޒާރުވުން ފިޔަވައި އެހެން ކަމެއް ނުވާނެ.

  23
  53
  • ޖުހާ

   ބަލަ މާރީ... އަދުރޭ އެވިދާޅުވީ އަދުރޭ ކައިރީ މައުމޫނު ވިދާޅުވިއެއްޗެއް ގަމާރާ... ނޫސް ތިކިޔަނީ އެއްލޮލުންދޯ...

   32
   5
  • ޙައްގުބަސް

   މައުމޫނުގެ ހިތުގައި އޮތީ ޙަސަދަވެރިކަމާ ޖައްބާރުކަން!! މިލިއުން ކިޔާލީމަ އެބައެނގޭ އޭނާގެ ހިތުގައި އޮތް އެއްޗެއްނޫންކަން 2016 އޮކްޓޯބަރ 7 ގައި އޭނާއާ ބައްދަލުކުރީމަ ދެއްކި ވާހަކަކަން! ދޮންކަލޯ ކޮމެންޓްކުރާނީ ލިއުންކިޔާފަ! ނުކިޔާ ކޮމެންޓްކުރީމަ ހިތުގައި އޮތީއޭ ބިތުގައި އޮތީއޭ ތިކިޔަނީ!! މައުމޫނު 30 އަހަރުވަންދެން ޚުދުމުޚުތާރު ވެރިކަމެއްކުރީ ފިނިހަކަ ދުވެލީގަ! ޔާމީން 5 އަހަރުން މައުމޫނު 30 އަހަރުން ގެނަސް ނުދެވުނު ތަރައްގީވަނީ ގެނަސްދީފަ އަދި ގައުމުގެ އިގުތިސޯދު ވަނީ ކޮޅަށްޖަހާދީފަ!! އެވެސް މިހުރިހާ އެންމެން (މައުމޫނު، ގާސިމް، ނަޝީދު، އިމްރާން، އަދި 12 މެމްބަރުން) ބޭރު ގައުމުތަކާ ގުޅިގެން ޔާމީންއަށް ދުއްޕާން ކޮށްކޮށް ތިއްބާ 5 އަހަރުން ކުރި ކަންކަން!! މިއަދާ ހަމަޔަށް ޔާމީން ވެރިކަމުގައި ހުރިނަމަ ހުޅުމާލެ 2 ފިޔަވަހި އޮންނާނީ އެއްކޮށް ނިންމާ ހުރިހާކަމެއް ޕްލޭންކުރިގޮތަށްވެ ނިމިފަ!! ހުޅުލެ އެއަރޕޯޓްގެ ދެބުރި ޓާމިނަލްވެސް އޮންނާނީ ނިމިފަ!! މިކަހަލަ އެތައްކަމެއް ނިމި ގައުމުގެ ރައްޔިތުންގެ ފުދުންތެރިކަމާ ތަނަވަސްކަން އިންތިހާއަށް އޮންނާނީ ރަގަނޅުވެފަ!! މައުމޫނު އަޑީގައި ހުރެގެން ސްޕްރީމް ކޯޓަށް އަތްބާނާ “ހިބަރުވަދު” ގެ ނަމުގައި ކޮރަޕްޓް ފަނޑިޔާރުން މެދުވެރިކޮށް ދުއްތުރާކޮށް ވެރިކަން ވައްޓަން އެތައް މަސައްކަތެއްކޮށް އިންޑިޔާގެ އެހީވެސް ހޯދާ މިކަންކަން ކުރީ ގައުމަށް ހެވެއް އެދިގެނެއްނޫންކަން ދިވެހިރައްޔިތުންނަށް މިހާރު އެނގޭނެ!! ޔާމީން ވަރެއް ހަމަނެތް އަދިވެސް!

   41
   4
  • ލެގަސީ

   މިހިރަ މޮޔަ ކަލޭގެއާ! މައުމޫންގެ ލެގަސީއަކީ މިރާއްޖޭގެ އެހެން ރައީސަކަށް ދުއްވާލެވޭނެ އެއްޗެއް ނޫން. ލިޔަންކިޔަން ނުދަންނަ ބަޔަކު ތިބި ދުނިޔޭގެ އެންމެ ފަގީރު 5 ގައުމުގެ ތެރޭގައި އޮތް އެންމެ 4 ބިލިޔަން ރުފިޔާގެ ބަޖެޓެއް އޮތް ގައުމެއް ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ގެނައި ރައީސް. ކޮންމެ ރަށަކުން ތައުލީމު ލިބޭނެ އިންތިޒާމު ރާއްވަވައި ޔުނިވަރސިޓީ ފެންވަރަށް ގައުމު ބިނާކުރި ރައީސް. ތިމާވެށީގެ ދުނިޔޭގެ ރައީސުންގެ ބާނީ. އެއްވެސް އެއްޗެއް ނެތް ތަނެއްގައި އެ އެއްޗެއް އުފެއްދި މީހާގެ ލެގަސީ ފުނިވަރެއް ހުއްޓައި އައިސް އޭގެ މައްޗަށް މަޑިޔަކަށްޖެހޭ މީހަކަށް ދުއްވައެއް ނުލެވޭނެ. އެނަސްޓައިން އަކީ ބޮން ހެދި މީހެއް ނޫން. އެކަމަކު އެޓަމް ބޮމުގެ ބާނީއަކަށްވީ އެކަން ކުރެވޭނެ މަގު ފަހިކޮށްދިނީމާ. ދެން ކޮންމެ ރައީސަކު މިގައުމުގައި ކަމެއް ކުރިޔަސް ކުރާނީ މައުމޫން ފަހިކޮށްދީފައި އޮތް ފިޔަވަޅުމަތީގައި. ޗައިނާގެ ރައީސް ޗޫރޮންގޖީ މިގައުމަށް ފުރަތަމަ ގެނައި ރައީސަކީވެސް ރައީސް މައުމޫން.

 2. އަލި

  އަދުރޭ ހެއްދެވިހާ ދޮގުނުހަދާ މަޑުން ހުރެވޭތޯ ބަލާ. 2023 ގައިވެސް ޔާމިނު އޮނާނީ ޖަލުގައި އިންޝާﷲ. އެއީ އަނިޔާވެރި ޚިޔާނާތްތެރިއެއް.

  25
  79
 3. ޒުލޭ

  މައުމޫނޭ ކިޔައިގެން އަނގަ ހުޅުވާލެވޭކަށް އަދުރޭއަކަށް ނެތް. އަނގަ މަޑުން ހުރޭ

  27
  63
 4. ކަލޯ

  ހާދަ އަވަހަކަށް ތިކަން ހަނދާންވެގެން ތި ބުނެވުނީ؟ މިއޮށް ހުރިހާ ދުވަހު ހަނދާން ނެތް؟ މުޅިންވެސް ސިޔާސީ ބޭކާރު ވާހަކަ

  22
  44
 5. މަންސޫރު

  ބަލަގަ މައުމޫނަކީ ސާބިތު ހެއްކާއެކު ކުއްވެރިވެ ޖަލުގައި ހައްޔަރުކޮށް މިޙާރުވެސް ޙުކުމް ތަންފީޒު ކުރަންޖެހޭ ބޭފުޅެއް.
  ނަމަވެސް ޔާމީނުގެ މައްޗަށް ސާބިތުވާ މައްސަލައެއް ނެތް އަދި ޤަވާޢިދާއި ޤާނޫނުގެ ހަމަތަކުގެގޮތުން ހެއްކެއްވެސް ނެތް މައްސަލައެއްގާ ޙަރާމް ޙުކުމެއް ކޮށްގެން ޔާމީނު ޖަލަށްލާފައިހުރީ

  68
  20
 6. ޢަބްދުއްﷲ

  މައުމޫން، ޔާމީނަށް ތާއިދު ނުކުރަން ނިންމި އަސްލު ސަބަބު އަދުރޭ ހާމަކޮށްދީފި

  14 ސިކުންތު ކުރިން ( ޖުލައި 29, 2021 )

  އަދުރޭ މީބާޒު އަންނަ މޫސުން. ހުރިހާއެއްޗެހި ހިފާ ޓެގްއަޅުވާތި . ނޫނީ ކޮށްޓައް ލާތި؟

  ސާބަހޭ india out

  40
  10
 7. Anonymous

  ދޮގު ހަދަންވެސް ހަ އްދެ އް ނޯންނަ މީހެ އް ދޯ އަދުރޭމީ ޕިސްޕިސް ތިވާހަކަ ގަބޫލުކުރާނެ މީހަކު ނެތް

  15
  46
 8. ޑރ. ރާމީ ޙަސަން މަނިކު ވައިނުޖެހޭގެއާގެ

  ޙަޤީޤަތުގައި ޔާމިނު އޭނާ (މައުމޫން) ޖަލަށްލީ ހަމަ ޖަލަށްލާން ޙައްޤު ވެގެން. މި ސަރުކާރުން ވެސް ރައްޔިތުންނަށް ކަމެއް ވިޔަ ނުދޭން އިބޫ އަށް ނުބައި ލަފާ ދެނީ މައުމޫން. ޔާމިނު ޖަލަށް ލުމަށް ފަހު އިބޫ ގެ އަތުގައި ހިފައި، ސަލާން ކުރި ވަގުތު އިބޫ އާއި މައުމޫނު ތިބީ ވަރަށް އުފާ ވެފައި. މައުމޫނު އަކީ ވަރަށް ނުބައި މީހެއް.

  54
  17
 9. Anonymous

  ދިވެހިރައްޔަތުން މާލެއަންނަން ކުޑަސިޓީ ހައްދަން ޖެއްސީ މައުމޫނު ބޭސްސިޓީއައް ސަލާންޖަހަންޖެއްސީ މައުމޫނު ފާއިތުވި 30 އަހަރު ރަާއްޖެތެރޭ ރައްޔަތުން މާލެއަންނަން މަޖުބޫރުކުރުން ސާފު ފެނާއި ފަާހާނާގެވަސީލަތުން މަހުރޫމު ކުރުން

  18
  3
 10. ރަބަރޭ

  މަ އުމޫނު ތިޔަހެ އް ބުނެފިނަމަ މަ އުމޫނަށް ހަލާކުހުރި ޔާމީން ވެރިކަން ކުރި 5 އަހަރު 30 އަހަރާ ނުބަ އްދަލް
  ތަރަ އްގީ ގެނުވާފި ޔާމީނު އެ ކޮށްދިން ކަންތަ އްތަ އް ކުރެވުނު ވެރި އެއެ އް އަދި ރަސްގެފާނު ފާނަކުވެސް މިދިވެހިރާ އްޖޭގެ ވެރިކަމަކަށް ނާދޭ

  26
  2
 11. ބޮސް

  މިގޮލާ ދައްކާ ވާހަކަ ގަބޫލުކުރަން ވެއްޖެނަމަ ފުރަތަމަ ޖެހޭނީ ދޮގުހަދަން ދަސްކުރަން. ޜަނގަޅަށްވެސް ބޯގޮވާފަހުރި އެއްޗެއް.

  8
  16
 12. ކަޅުބެ

  މައުމޫނު މަރުވުމުގެކުރިން އަދި 38 އަހަރު ވެރިކަން ކުރެވޭތޯބަލާތި.

  8
  3
 13. Anonymous

  އަދީބު ނައިބު ރައީސަކަށް ނުލާން ޔާމީނު ކައިރީ މައުމޫނު ނުބުނޭތަ؟

  9
  1
 14. ހުސޭނުބެ

  މިދެން ހާދަ މޮޅު މީހެކޭ ހިތުން

  4
  9
 15. އަބްދޫ

  ޢަބްދުއްރަހީމް އެހެދީ ހުސް ދޮގު.ޖަމީލު ވަކިނުކުރަން މަ އުމޫނު ވިދާޅުވި އަދީބަށް ނާ އިބު ރަ އީސް ކަން ނުދޭން ވިދާޅުވި.މިކަންކަން ޔާމީނު ލަ އްވާ ކު ރުވީ ސީދާ ފާތުމަ.

  10
  6
 16. ޢަލީ

  އަދުރޭކަހަލަ ކަނޑުކޮހެއް ދައްކާ ދޮގުވާހަކަތަށް ހަމަޔަގީނުންވެސް ގަބޫލުކުރާނީ މަދުބަޔަކު ، މައުމޫނު ޔާމީން އާއި މައްސަލަޖެހުނީ އަދީބު ހިންގި ޖަރީމާތައް ޔާމީނު އަށް ކިޔާދޭންފެށުމުން ، އަދީބުގެ ވާހަކަދެއްކި އެންމެނާ ޔާމީން ރުޅިވި ، އަދީބުގެ ވައްކަމުގައި ބައުވެރިވި އަދުރޭކަހަލަ މީހުންވެސް މައުމޫނާއި ދެކޮޅުވީ ، މިއީ ހަގީގަތަކީ

  7
  10
 17. ހއ

  ރައީސްމައުމޫނު އެހެން ވިދާޅުވާނެ ކަމަކަށް ޤަބޫލެއްނުކުރެވޭޭޭޭޭޭޭެއެވެ. ސަބަބަކީ ރައީސް ޔާމީން އެގެންނެވި ތަރައްގީ އަކީ ގައުމުގެ ރައްޔިތުންގެ ފަސޭހައާއި ލާބައަށް ކުރެއްވި ކަންތައްތަކެއްކަން ހުޅުވިފައިވާ ސިނކުޑިއަކުން ވިސް ނާ ، ގައުމަށް ހެޔޮ އެދޭ ކޮންމެ މީހަކުވެސް ޤަބޫލް ކުރާނެ. އެހެނނޫނަސް ރައީސް މައުމޫންގެ 2020 ގެ ތަސައްވަރުގައި ވެސް ބުރިޖް ކަންތައްވެސް އޮތީ ހިމަނާފަ.

 18. އަފޭ

  އަސްުލު ހަގީގަތަކީ މައުމޫނު އައް ނުގެނެވުނު ތަރައްގީއެއް އެހެން ބަޔަކު ގެނެސްދީ ފާނެ ތީ އެކަން ވިޔަ ނުދިނުމައް ހުރަސް އަޅަނީ މިކަމާއި ޖޭވާ މީހުން ރިޔަސް

  4
  3
 19. މުހައްމަދުﷲ

  ތީ ހޮޅި ވާހަކަ. ބުރިޖް އަކީ މައުމޫން ގެ ޚޔާލެޢް

  3
  7
 20. ޥަސް

  ރައީސް ޔާމީން ބުރިޖްއަޅުއްވަން ނިންމި ނިންމުމާއި މާލެ ރީޑެވެލޮޕް ކުރަން ނިންމި ނިންމުމާއި މިހެންގޮސް އެޔާޕޯޓު އެކްސްޕޭންޝަން ޕުރޮޖެކްޓަކީ ދިވެހިން އެކަންކަމައް އެދި އެދި ތިިބި ކަންކަން. 30 އަހަރު ތެރޭ މިތިބަ ކަންކަން ޔާމީން ކަންކަން ހިންގެވި ސުޕީޑުގައި ކުރެވުނުނަމ ރާއްޖެއަކީ ސިންގަޕޫރުފަދަ ތަރައްގީގެ ނަމޫނާއަކައް ވެފައި މިހާރު އޮތުން ގާތެވެ. ޔާމީނައް ގިނަ އަހަރު ތަކެއްގެ ވެރިކަން ދޭން ބޭނުން.

  1
  1