22:04

އިތުރު 107 މީހަކު ކޮވިޑަށް ފައްސިވެއްޖެ.

19:44

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ވާވަރަށް މިހާތަނަށް ވެކްސިން ހޯދިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ހާމަކުރައްވައިފި

16:46

ޗައިނާގެ އެއާޕޯޓެއްގައި މަސައްކަތް ކުރާ މީހަކު މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ޑެލްޓާ ވޭރިއަންޓަށް ފައްސިވެ، ބޮޑު ސަރަހައްދަކަށް ބިރުވެރިކަން ފެތުރިއްޖެ

15:30

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ބަންދު ކުރި އއ. ތޮއްޑޫ ހުޅުވާލައިފި

15:11

ކަރަންޓީންގައި ނެތް މީހަކު ކޮވިޑަށް ފައްސިވެ ހއ. ތަކަންދޫ އަށް އަރާ ފޭބުން މަނާކޮށްފި

10:32

ބަލި މީހަކު ކޮވިޑަށް ފައްސިވުމުން މަރަދޫ ސިއްހީ މަރުކަޒު ބަންދުކޮށްފި.

10:02

މިނިސްޓަރު އިމްރާން ކޮވިޑަށް ފައްސިވެއްޖެ.

09:16

އެމެރިކާއަށް ދަތުރުކުރަން ވެސް އިންޑިއާ މީހުން ފުރަތަމަ އަންނަނީ ރާއްޖެއަށް.

08:56

އަނެއްކާވެސް އާވައްތަރެއްގެ ކޮވިޑް ވައިރަހެއް ފެނިއްޖެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ދިނުން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވަރަށް ބާރަށް ކުރިއަށް ދިޔަ ނަމަވެސް އަދިވެސް ދުނިޔޭގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. އިއްޔެ ވަނީ 6.6 ލައްކަ މީހުން ކޮވިޑަށް ފައްސިވެފައެވެ. އިއްޔެ އަކީ ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ވެސް އެންމެ ގިނަ ބަޔަކު ދުނިޔެ އިން ކޮވިޑަށް ފައްސިވި ދުވަހެވެ.

ދުނިޔެއިން ފައްސިވާ މީހުންގެ ޖުމްލަ އަދަދު އިތުރުވަމުން އަންނަ އެއްސަބަބަކީ ހާއްސަކޮށް އެމެރިކާގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނާތީއެވެ. އޭގެ އިތުރުން ބްރެޒިލް، އިންޑިއާ، ރަޝިއާ، ފްރާންސް، އީރާން، ސްޕޭން އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ ހާލަތު ގޯސްވަމުން އައި ނަމަވެސް ރާއްޖެ އިން ކޮވިޑަށް ފައްސިވާ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.