ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އިމްރާން ކޮވިޑަށް ފައްސިވީ ބަލީގެ އަލާމާތްތައް ފެނިގެން މިމަހުގެ 28 ވަނަ ދުވަހު ޓެސްޓް ކުރުމުންނެވެ. އިމްރާން ކޮވިޑަށް ފައްސިވިއިރު އޭނާ ވަނީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރައްވާފައެވެ. އިމްރާން ކޮވިޑަށް ފައްސިވި ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ މިވަގުތު ހުންނެވީ ގޭގައެވެ.

އިމްރާން ކޮވިޑަށް ފައްސިވެގެން އެކަހެރިވެ ވަޑައިގެންނެވި އިރު މިދުވަސްވަރަކީ އަނެއްކާވެސް އެމްޑީޕީގެ ބައެއް މެންބަރުންގެ ފަރާތުން އޭނާ އަށް ފާޑުކިޔުން އަމާޒުވެފައިވާ ދުވަސްވަރެކެވެ. ސަބަބަކީ މެއި މަހުގެ 06 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި އަދި ހަރުކަށި ފިކުރު ނައްތާލަން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރުމުގެ ތުހުމަތު ބޮލުގައި އަޅަން ޖެހުމެވެ.

އިމްރާން ކޮވިޑަށް ފައްސިވުމުން ރައީސް ސޯލިހްގެ ކެބިނެޓުން ކޮވިޑަށް ފައްސިވި ބޭފުޅުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ. މީގެ ކުރިން ނައިބު ރައިސް ފައިސަލް ނަސީމާއި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވެސް ކޮވިޑަށް ފައްސިވެފައި ވެއެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 30 އަށްވުރެ ދަށުގައި ހުންނަތާ މިހާރު އަށް ދުވަސް ވެއްޖެއެވެ. ކޮވިޑް ޖެހިގެން މާލޭ ސަރަހައްދުގައި މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ ވެސް ދެމީހުންނަށެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް ހުރީ ވަރަށް މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އެޖެންޑާ19

    އާމީން

    13
    2
  2. ޙައްޖަ

    ޢަވަސް ޝިފާ އަކަށް އެދެން

    14
    6
  3. Anonymous

    ޢަާމީން

  4. ހުސޭނުބޭ

    އަވަސް ޝިފާއަކަށް އެދެން

    2
    3
  5. ބޯގޯސް

    އަނހަ. ކިހިނެތް ތިހެއްދެވީ އިމްރާން؟ އަވަސް ޝިފާއަކަށް އެދެން..

    2
    3
  6. އަހުމަދު

    شفاكَ الله

    2
    2
  7. ސަނީމާ

    އަދި ކިރިޔާތަ ؟؟ ޢެހެންވީމަ އިމޫ ގަދަ

  8. ރަމީޒް

    އިސްލާހްވުމައް ދެއްވި ފުރުސަތަކައްވެސް ވެދާނެ އަވަހައް އިސްލާހުވޭ

    5
    1
  9. ދަވަރު

    ދެންވެސް ﷲ ގަންދީ ހުވާކުރަންޖެހޭނީ ﷲ ގެދީނަށް ނަސްރުލިބޭގޮތަށް .

    4
    1
  10. މުފައްކިރު.

    މުސްލިމަކަށް ހެޔޮ އެދުމުގެ ގޮތުން ޝިފާއަކަށް އެދެން.

  11. މާމީ

    އަވަހައް ހުޅުމާލެ ފެސިލިޓީ އައް ގެންދޭ... ހުރީހުހައް