ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ކުރާނެ ސިޔާސީ މަސައްކަތެއް ޕީޕީއެމް/ޕީއެންސީގައި ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމާ އަލަށް ގުޅުނު ބައެއް މީހުންގެ ފޯމުތައް އެ ޕާޓީއާ ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ޝުޖާއު އެގޮތަށް ވިދާޅުވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، ސިޔާސީ ގޮތުން މަސައްކަތް ކުރެއްވެން ނެތް ކަމަށް ނަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އަދި ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ތާއީދު ހޯދުމުގެ މަސައްކަތް ފައްޓަވައިފައެވެ.

ޝުޖާއު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ފަސާދަ ކުރުމުގެ ފުރުސަތު ނަޝީދަށް ނުދެއްވާނެ ކަމަށެވެ. އަދި މިއީ ނަޝީދުގެ "ވެރިކަން" ކަމަށާއި އެކަން އެ ނޫން ގޮތަކަށް ބަދަލުވިކަން ހާމަކުރައްވަން ޖެހިވަޑައިގަންނަވާނީ ދިވެހި މީޑިއާގެ ކުރިމަތީގައި ކަމަށް ވިދާޅުވިއެވެ.

"ނަމަވެސް އެމަނިކުފާނާ އެކީގައި ޕީޕީއެމް/ޕީއެންސީން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނެތް،" ޝުޖާއު ވިދާޅުވިއެވެ.

ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ޖޯކު ޖައްސަވަމުން ޝުޖާއު ވިދާޅުވީ، އެ މަނިކުފާނު އުޅުއްވަނީ ރައްޓެހި ވެގެން އުޅޭ އަންހެންކުއްޖާ ރުޅި އައުމުން ކަން ކުރާ އުސޫލުން ކަމަށެވެ.

ޝުޖާއު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު "ތާހަކަށް ލައި، ތެލުލާން" ޕީޕީއެމް ކޯލިޝަނުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ޔާމީންގެ ޒައާމަތަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލު "ތާހަކަށް ލައި، ތެލުލާން" ފުރުސަތު ދިން ވެރިކަމެއް ނޫންކަން އެންމެން ވެސް ގަބޫލުކުރާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެ ކޯލިޝަންގެ ލީޑަޝިޕް ފިޔަވައި ދެން ހުރިހާ ޕާޓީތަކަކުން ވެސް ތާއީދު ކުރަނީ ރާއްޖެ "ވިއްކައިލަން" ކަމަށް ޝުޖާއު ވިދާޅުވިއެވެ.އެހެންވެ ޝުޖާއު ވަނީ 2023 ގައި ޔާމީން ވެރިކަމަށް ގެނެސްފައި ނޫނީ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޕީޕީއެމް އަކީ މިހާރު ކޯލިޝަން ހަދަން ޖެހޭވަރަށްވުރެ ސްޓްރޯންގ ޕާޓީއެއް. އެތެރޭގަ ހަމަޖެހުން ހިފަހައްޓާ ހަމަ ހަމަ އުސޫލަކުން ހުރިހާ މެންބަރުންނަަމެދު ކަންކަން ކުރީމަ ރަނގަޅުވާނެ. ގިނަދުވަހު ޕާޓީގަ ތިބިމީހުންނާ ފަހުން ޖޮއިން ކުރާމީހުންނާ ތަފާތުވާނެކަން ހުރިހާމެންބަރުންނަށްވެސް ކުރިން އަންގާފަ ބާއްވަންވާނީ..

  2. ހގފދދ

    ޕީޕީއެމް އަކީ މިހާރު ކޯލިޝަން ހަދަން ޖެހޭވަރަށްވުރެ ސްޓްރޯންގ ޕާޓީއެއް. އެތެރޭގަ ހަމަޖެހުން ހިފަހައްޓާ ހަމަ ހަމަ އުސޫލަކުން ހުރިހާ މެންބަރުންނަަމެދު ކަންކަން ކުރީމަ ރަނގަޅުވާނެ. ގިނަދުވަހު ޕާޓީގަ ތިބިމީހުންނާ ފަހުން ޖޮއިން ކުރާމީހުންނާ ތަފާތުވާނެކަން ހުރިހާމެންބަރުންނަށްވެސް ކުރިން އަންގާފަ ބާއްވަންވާނީ..

  3. ކުރަންވީއޭ

    މިއިން އެގިގެންދަނީ ރައީސް މައުމޫނުގެ ގަދަރު މާބޮޑު ކަމަށް ދިވެހިރައްޔިތުންނަށް ވުރެން ދިވެހިރައްޔިތުން ހަނާ އަރުވާލާ އަދި އެމެންނަށް ދިރިނޫޅެވޭނެ ވަރަށް ތަކެތީގެ އަގު ބޮޑު ކޮށްގެން މާލޭގައި ކުއްޔަށް އުޅޭ ސަގާފަތް ދިރުވާ އާލާކުރުން ކަން ބޭނުމަކީ ބަދަލުގައި މާލެ ސަރަހައްދުން ގޯތި ތައް މާލެ ސަރަހައްދުގައި ދިރިއުޅެން ބޭނުންވާ ކޮންމެ މީހަކަށް ހިލޭ ދީގެން އެމެންނަށް ރަނގަޅު ދިރިއުޅުމެއް ހޯދާ ދޭން އެއްގޮތަކަށް ވެސް ނުވިސްނާ ކަން ރައީސް ޔާމީނަށް ޝުކުރު ހައްޤޭ ރައީސް ޔާމީނަށް އަދި އެއް ފަހަރު ރާއްޖޭގެ ވެރިކަން ކުރަން ފުރުސަތު ދިނުން އެއީ ކުރަން ޖެހޭނެ ކަމެކޭ..