އުމުރުން 26 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އދ. ކުނބުރުދު އަށް އުފަން އަހުމަދު ނައުފަލްއެވެ.

އާއިލާގެ މީހަކު "ވަގުތަށް" މިއަދު ބުނީ ނައުފަލްގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އޭރު އޭނާ ހުރީ ހުޅުމާލޭގައި ކަމަށާއި ހުޅުމާލެ އަށް ދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކާލަން ކަމަށް އެމީހާ ކިޔައި ދިނެވެ.

"ކަންނެލި ދޯންޏެއްގައި ނައުފަލް މަސައްކަތް ކުރަނީ. އެންމެ ފަހުން އޭނާ އޮންލައިންވީ މި މަހުގެ 27 ގައި. އޭނާ ހުޅުމާލެ އަށް ފޭބީ ޑޮކްޓަރަށް ދައްކާލަން ވެގެން. ދޯނީގައި ހުރެފައި ފޭބީ ވެސް ހުޅުމާލެ އަށް،" އެމީހާ ކިޔައި ދިނެވެ.

ނައުފަލް ގެއްލުމާ ގުޅިގެން އެ މައްސަލަ އާއިލާގެ ފަރާތުން ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފައެވެ.

ނައުފަލްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، އާއިލާ އަށް ނުވަތަ ފުލުހުންނަށް ހުށަހެޅުމަށް އާއިލާގެ ފަރާތުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޗެކް ކޮށްބަލަ އެއްވެސް ގެސްޓް ހައުސްއަކަށް ވަންތޯ

    19
    2
  2. ސާމިރީ

    މަރު ކޮމިޝަން ކޮބައިބާ؟ މިކުއްޖާ ގެއްލުނު ގޮތް ދައްކުވައިދޭ ފިލްމެއް ކެޅުލުން ކިހިނެތްވާނެތޯ؟ ގެއްލުނު ރިލްވާންގެ ފިލްމެއްވެސް ކުޅުނުވިއްޔަ އެހެންވެ ހަމަ އަހާލީ...!!

    2
    1