އެމްޑީޕީގެ މަޝްހޫރު އިސް އެކްޓިވިސްޓަކު އެ ޕާޓީ ދޫކޮށް އިދިކޮޅު ޕީޕީއެމް އަށް ސޮއިކޮށްފިއެވެ.

ހުޅުމާލޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ރިޔާޒް (ރިޔާއްޓެ) ޕީޕީއެމަށް ސޮއި ކުރީ އެ ޕާޓީއާ އަލަށް ގުޅުނު ބައެއް މީހުންގެ ފޯމުތައް ހާވާލު ކުރުމަށް ރޭ ޕާޓީ އޮފީހުގައި ބޭއްވި ހާއްސަ ޖަލްސާގައެވެ.

އެމްޑީޕީގައި 14 އަހަރު ވަންދެން މަސައްކަތް ކުރި ރިޔާޒް ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށްފައެވެ. އެކަމަކު، އެ ޕްރައިމަރީގައި ރިޔާޒް އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

އޭގެ ފަހުން، ރިޔާޒް ތާއީދު ކުރީ ޕީޕީއެމްގެ ޓިކެޓުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު ކަމަށް ކުރިމަތިލެއްވި އިބްރާހިމް ޝުޖާއުއަށެވެ. ޝުޖާއު އަށް އެ ކައުންސިލް ގޮނޑި ކާމިޔާބުކޮށް ދިނުމުގައި ރިޔާޒް ވަނީ ބުރަ މަސައްކަތްތަކެއްކޮށްފައެވެ.

ރިޔާޒް ކުރި ޓުވީޓެއްގައި ބުނީ 14 އަހަރު ވަންދެން އުޅުނު ޕާޓީ ދޫކޮށް ދާން ޖެހުނީ ގައުމުގެ ކުރިމަގު ބަނަވެ، ރައްޔިތުން މާޔޫސްވުމުން ކަމަށެވެ. އަދި މުސްތަގުބަލް އޮތް ޕާޓީއަކީ އިދިކޮޅު ޕީޕީއެމް ކަމަށް ވެސް ރިޔާޒް ބުންޏެވެ.

ރިޔާޒް ޕީޕީއެމާ ގުޅުމުން އޭނާ އަށް މަރުހަބާކީ އެކަކަކީ ޝުޖާއުއެވެ. ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ ދޫކޮށް ޕީޕީއެމާ ގުޅިވަޑައިގަތުމާ ގުޅިގެން އެކަމާ އުފާކޮށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުކުރައްވާނެ ކަމަށާއި ރިޔާޒް މާޔޫސްވާ ފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރިޔާޒްގެ އިތުރުން، ޕީޕީއެމާ ގިނަ ބަޔަކު ރޭ އަލަށް ގުޅިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މަނީމަނީ

  އަންނިގެމީހުން ރަނގަޅީ ޕީޕީއެމްއާ ގުޅުނިއްޔާ

  31
  17
 2. އަހުމަދު

  އަލްހަމްދުލި ﷲ. މިފެންނަނީ ނަޝީދުގެ ހަގީގަތް ވިސްނި އޭނާ ކިބައިން މީހުން ދުރު ވަމުން ދާތަން

  69
  9
 3. Anonymous

  މަރްޙަބާ މަރްޙަބާ ސާބަހޭ ދޮންކަލޯ.
  ތިޔައީ ޤައުމީ ލޯތްބަކީ.
  ރަނގަޅު ގޮތް އެނގުނީމަ، ތެދުމަގު ފެނުނީމާ ރަނގަޅު ގޮތަކީ އެމަގަށް ތަބާވުން.
  ރަނގަޅު ބަޔަކު އިސްލާމް ދީނަށް ފުރައްސާރަ ކުރާނެތަ.
  ނަބިއްޔާއަށް ފުރައްސާރަ ކުރާނެތަ.
  އަދި އެއްވެސް އިރަކު ބަނގުރާ ބޯނެތަ.
  ދިވެހިންގެ މިނިވަންކަން ގެއްލޭ ހިސާބަށް އަޅުވެތި ވާން ޖެހޭތަ

  59
  12
 4. ނޫރޭ

  އޭނަ ވަރުގަދަވާގޮތެއް ނޭގުނު..ދުވަހަކު ޕާޓީއެއްގެ މުޒާހަރާއަކުން ނުދެކެން..ހުޅުމާލެއަށް ބަދަލުވިފަހުން މާލޭގަ އުޅޭއިރު ހަރުގެއަށޤ ފާޚާނާކޮށްލަން ގޮސްގޮސް ވަރުގަދަ މީހަކަށް ވަންޔާ އޭނައަކީ ވަރަށް ވަރުގަދަ މީހެއް.

  23
  28
 5. ޡުހޫ

  ތިޔަ ވާނީ އަލީވަހީދު ގޮތަށް ދުރާލާ ރޭވިގެން ފޮނުވުނު ކަތުރު ފައްޏަކަށް. ސަމާލު ވެ ތިބޭތި

  53
  6
 6. Happy 123

  ފއިސާޔަށް ދުވާމީހުން🤭

  23
  15
 7. ރޯނުއެދުރު

  އޭނަ އަކީ މި ޕާޓީ ގެ ދުއްތުރާލެއް! މިހާރު ބަރާ ބަރު

 8. ނުދަންނަމީހާ

  ތީ އަނެއްކާ އަންނި އަޅުވާ ފަންޏެއް ނޫންބާ ޕާޓީ ހަލާކު ކުރަން. ބްރޯ އަކީވެސް އޭނާ އެޅުވި ފަންޏެކޭ ބުނި އަދި އަލް ހާން ޖުމް ހޫރީ ޕާރޓީއަށް ދިޔައީވެސް އަންނި ފޮނުވައިގެނޭވެސް އަންނި ބުނި ދޮއްތަ

  16
 9. ޔެލޯއެލާރޓް

  ތިއުޅެނީ މިދިޔަ އިންތިހާބުގަ މެޑަމް ފާތުން ބުއި ބޮނޑި އަލުން ބޯން. އެފަހަރުވެސް ޕީޕީއެމްގެ ބައެއް ކެމްޕޭން މަސައްކަތްތަކާއި، ޕީޕީއެމްގެ ސާވާރއާއި ކޮމްޕިއުޓަރތަކަށް އެކްސަސްވެވޭ ލެވެލްއަށް އެމްޑީޕީ އެކްޓިވިސްޓުން ގެނައުމުގެ ސަބަބުން މުޅިތަން އޮތީ އެމްޑީޕީއަށް ފެންނަން ހާމައަށް. އެތެރޭގައި ހިނގާ ހުރިހާ ކަމެއް ވަގުތުން ވަގުތަށް އެނގެމުން ދޭ.

  17
 10. ޖާހިލުން ގައުމު ހިންގުމުގައި

  ތިއީ އެއްވެސް ގޮތެއް ފޮތެއް ހުންނަ ސޮރެއް ނޫން. އަލިފުބާ ކިރިޔާ ކިޔަން އިނގޭކަން އޭނައަށް.

 11. ފަނި

  ނަޝީދު ފަންޏެއް ފޮނުވާލީ ދޯ. އަދީބު 2؟

  12
 12. ކަތުރުފަނިތަކަށް ވިސްނާތި

  އަޑިނޭގޭ މިނިވަންފިކުރުގެ މީހުން ތިހެން ދަޅަ ދައްކާނެ. ޕޕއމ ގެ ސީކްރެޓްސް/ސްޓްރެޓެޖީސް ތި އަލށް ޖޮއިންކުރާ ފަނިފަކްސާ ތަކށް ނުދޭތި. ޥ ވިސްނައިގެން ހުށިޔާރުވތިބޭތި ތިމީހުންގެ ހިތެއްނޭގޭނެ. އިސްލާމްދީނަށް އުޅެންބޭނުންނުވާ މަނާކަންތައް/ފާފަވރިވާކަންތައްތައްކުރާހިއްވާ ވެރންގެ ޕާޓީގަ އުމުރުހުސްކޮއްފަ އަންނައިރު ކިހާނުރައްކާ.ދީނށް ލޯބިކުރާ މީސްތަކުންގެ ދުވސްނުދުއްވާލއިފިއްުޔާ ރަގަޅު. ޔާ ﷲ އިބަރަސްކަލާނގެ ނުރުއްސަވާ ވެރންތައް ދުރުކޮއްދެއްވާދޭވެ ތާއަބދަށް މި ދިވެހި ދީބުން.ސަލްމާންރުޝްދީމެންކަހަލަ މީހުންނަށް ބިރެއްކަމުގަ މިބިން ލައްވާދޭވެ.

  12
  2
 13. ދިއްލާ

  އުޅުމެއް އަޚުލާގެއް އިލްމެއް ހުރިމީހެއް ނޫން، މީނަގެނަމުގަ ބަޔަކު ކުރާ ވިޔަފާރި ތަކެއް

  12
 14. ޢަހްސަން

  ތިދިޔައީ އަނެއްކާ އަނެއް ވަގު.. ތިޕާޓީގަ އުޅެންވާނީ ވަގުންނާ ކޮރަޕްޝަން ހިންގާ މީހުން. މީނައަކީވެސް ފިހާރައިގަ ހުރެގެން ތިހުރިހާ ޖަރީމާއެއް ހިންގާ ވަގެެއް..

 15. އަނަސް

  ރިޔައްޓޭއަކީ އަޅުގަނޑު ވަރަށް ކުރިން ސްކޫލް ދައުރުއްސުރެ ދަންނަ މީހެއް. އަޅުގަނޑާއި ރިޔައްޓޭ އެންމެ ފުރަތަމަ ދިމާވީ ޖަމާލުއްދީން ގުރޭޑް 4ގެ އެއްކުލާހަކުން. އަޅުގަނޑަށް ފާހަގަވެފައި އޮންނަނީ ރިޔައްޓޭއަކީ ކުލާހުގައި ކުރާ ހުރިހާ ކަމެއްގައި އެއްވެސް ފަސްޖެހުމެއް ނެތި ބައިވެރިވާ ކުއްޖެގެ ގޮތުގައި. ޙާއްސަކޮށް އަދަބީ މުބާރާތްތަކުގައި ފާގަހަ ކުރެވޭ. އޭގެ ފަހުން ދެން ދެމީހުން ދިމާވީ މަޖީދިއްޔާ ސްކޫލް ގްރޭޑް 9ގެ އެއްކުލާހަކުން. އޭރުވެސް ރިޔައްޓޭ ފާގަ ކުރެވިފައިވަނީ ވަރަށްވެސް މަސައްކަތްތެރި ހުނަރުވެރި ކުއްޖެއްގެ ގޮތުގައި. އަދި އޭނަ ވަނީ މަޖީދިއްޔާ ސްކޫލް ޕްރިފެކްޓެއްގެ ގޮތުގައިވެސް އުޅެފައި. ސްކޫލް ދައުރައްފަހު ވަރަށް ޒަމާން ނުފެނި ހުރެފައި އަޅުގަނޑު މެލޭޝިޔާއަށް ދިޔައިރު މެލޭޝިޔާގެ ޝެގީ ކޮލެޖުން ރިޔައްޓޭ އާއި ދިމާވި އިރު އޭނަ ދަނީ ބިޒްނަސްއިން ޑްގްރީ ހާޞިލް ކުރަމުން. މެލޭޝިޔާގައި އުޅުން އިރުވެސް ރިޔައްޓޭއަކީ އަމިއްލަ މަސައްކަތުން ކިޔަވަމުން ދިޔަ ކުއްޖެކަން އަޅުގަނޑަށް ވަނީ އެނގިފައި. އެކޮޅުގަ ހުރެގެން އިލެކްޓްރޯނިކް ސާމާނު ގަނެގެން މާލެ ފޮނުވައިގެން ވިއްކައިގެން އާމްދަނީ ހޯދަމުން ދިޔަ ބުރަ މަސައްކަތާއެކު ހިއްވަރާއެކު މަސައްކަތް ކުރާ ހީވާގި ކުއްޖެ. ދީނީކަންކަންވެސް ބަރާބަރަށް ކުރާ ނަމާދު ވަގުތުން ވަގުތަށް ކުރާ ކުއްޖެ. މިހާރުވެސް އަމިއްލަ މަސައްކަތުން ހުޅުމާލޭގައި ވިޔަފާރި ކުރަމުން ގެންދާކަންވެސް އަޅުގަނޑަށްވަނީ އެނގިފައި. ނަމަވެސް މިވަގުތު އަޅުގަނޑު ކިޔަވަން ބޭރުގައި ހުރުމުން ރިޔައްޓޭ އާއި ބައްދަލު ކޮއްލުމުގެ ފުރުސަތު ނުލިބުނަސް މާލެ ދެވޭހާ އަވަހަށް ބައްދަލުވާނެކަމަށް އުއްމީދު ކުރަން. ހުރިހާވެސް ދުޢާއަކީ އޭނަގެ މަސައްކަތުގައި މާތްﷲ ބަރަކާލެއްވުން ފުރިހަމަ ސިއްޙަތެއް މިންވަރު ކުރެވުން. އެކުވެރި އަނަސް.. ސްކޫލްގެ ވަނަމުން ނަމަ މާސޫ... ހެހެހެހެހެ

 16. އައިސް

  ފިސާރި ބޮދު ލާރިގަޑެއް ދީގެން ނޫންގޮތަކަށް ތިކަމެއް ނުކުރެވޭނެ. ވަގަށް ނެގިހާ ލާރި އެބަހުރިވިއްޔާ. އަނެއްކާ ހުޅުމާލޭގަ ވިޔަފާރިވެސް ރަގަޅުވާނެހާ ގޮތަކަށް ވިޔަފާރިވެރިން އުޅޭނެ.