ކަރަންޓީންގައި ނެތް މީހަކު ކޮވިޑަށް ފައްސިވެ ހއ. ތަކަންދޫ އަށް އަރާ ފޭބުން މަނާކޮށްފިއެވެ.

އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީ އަންހެނެކެެވެ.

އެ މީހާއަކީ ބަލީގެ އަލާމަތްތައް ފެނިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.

އެ މީހައަށް ބަލި ޖެހުނީ ކޮން ގޮތަކުން ކަން އަދި ޔަގީނެއް ނޫނެވެ. އެއީ އެ މީހާއަކީ ރަށުން ބޭރަށް ދަތުރު ކުރި ފަރާތަކަށް ނުވާތީއެވެ.

އެ ވޭދަނައާ ގުޅިގެން މިހާރު އެ މީހާއާ ގާތުން އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެރަށަކީ އީދަށް ގިނަބަޔަކު ދަތުރު ކުރި ރަށެކެވެ. އަދި ރަށުގައި އީދަށް ކުޅިވަރުތައްވެސް ކުޅުނު ކަމަށް ވެއެވެ.

ކޮވިޑާއި ގުޅިގެން މިހާރު ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދުތައް 11 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު