ކޮވިޑް-19 އާ ގުޅިގެން މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ބަންދު ކުރި އއ. ތޮއްޑޫ ހުޅުވާލައިފިއެވެ.

ގެސްޓު ހައުސްތައް ހިންގަމުންދާ ތޮއްޑޫ މިއަދު ހުޅުވާލާފައި ވަނީ އެރަށް ބަަންދުކޮށްފައި އޮންނަތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

އެރަށް ބަންދުކޮށްފައި އޮތް ދުވަސްތަކުގައި އެރަށުން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ފައްސިވިއެވެ. އޭގެ ތެރޭގައި ވަކި ތަރުތީބެއް ނެތި ނެގި ސުންކުތައް ހިމެނެއެެވެ.

މީގެ އިތުރުން އެ އަތޮޅު ރަސްދޫވެސް މިއަދު ވަނީ ހުޅުވާލާފައެވެ.

އެރަށް ބަންދު ކުރީ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހު އެރަށް ބަންދުކޮށްފައިވާއިރު، އޭގެ ފަހުން މިއަދާއި ހަމައަށް އެރަށުން ފެނުނީ ޖުމްލަ ހަތަރު ވޭދަނައެވެ. އެންމެ ފަހުން އެރަށުން ވޭދަނައެއް ފެނުނީވެސް ޖުލައި 20 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެރަށުން ނެގި އެއްވެސް ސުންކެއް ފައްސިވެފައި ނުވާއިރު، މިހާރު އެރަށުގައި ބަލި ޖެހިފައި ތިބީ ތިން މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު