23:20

ދެޑޯޒުން ކޮވިޑް ކޮންޓްރޯލް ނުވުމުން، އިސްރާއީލްގައި ތިންވަނަ ޑޯޒެއް ދޭން ފަށައިފި.

 

21:29

ތަރުތީބެއް ނެތި ނެގި ސުންކަކާއިއެކު ކުޅުދުއްފުށިން އިތުރު ހަތް މީހަކު ފައްސިވެއްޖެ.

20:59

ބޫޓާންގެ ވެކްސިން ޖެހޭ މީހުންގެ 90 އިންސައްތަ މީހުންނަށް ހަތް ދުވަސްތެރޭ ކޮވިޑް-19 ވެކްސިން ދީފި

20:38

ދ. އަތޮޅު ކުޑަހުވަދޫއަށް އީދު ބަންދާއި ދިމާކޮށް ދިޔަ އެރަށު މީހަކު، މާލެ އައި ފަހުން ކޮވިޑް-19 އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާ ކޮށްފި.

20:22

ކޮވިޑް-19 ޖެހިގެން ތައިލޭންޑުންނާއި ބަންގްލަދޭޝުން ގިނަ ބަޔަކު މަރުވެއްޖެ

18:53

ޖުލައި މަހުގެ 13 ވަނަ ދުވަހު ކޮވިޑް-19 ފެނިގެން ބަންދު ކުރި ކ. އަތޮޅު ކާށިދޫން ކޮވިޑް ޖެހުނު މީހުންގެ އަދަދު 150 އިން މައްޗަށް އަރައިފި

17:56

ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 792 މީހަކު މަރުވެއްޖެ

17:50

ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިއާއިން އިތުރު 1،808 މީހަކު މަރުވެއްޖެ.

08:38

މިއަދު ރާއްޖެ އަންނަ މީހުން ހެލްތު ޑިކްލަރޭޝަން ފޯމް ފުރާކަށް ނުޖެހޭނެ.

ކޮވިޑް-19 އަށް ރާއްޖެ އިން ދުވާލަކު ފައްސިވާ މީހުންގެ އަދަދު ޖުލައި މަހުގެ ދެވަނަ ހަފްތާ އިން ފެށިގެން ދޭތެރެ ދޭތެރެއިން 100 އިން ދަށަށް ދިއުމަކީ އަދަދުތައް ދަށަށް ގޮސް ކޮވިޑްގެ ފައްސި ދެއަކުގެ އަދަދަކަށް ބަދަލު ވާން އުޅޭކަމުގެ ހެއްކެއް ކަމަށް ބެލެވުނު ނަމަވެސް ފާއިތުވި ހަތަރު ދުވަހު ފައްސިވި އަދަދު ހުރީ 100 އިން މަތީގައެވެ.

ދުވާލަކު ފައްސިވާ މީހުންގެ ޖުމްލަ އަދަދު އިތުރުވެގެން ނުދި ނަމަވެސް ދުވަހުން ދުވަހަށް ދަށްވަމުން ނުދިއުމަކީ ވެސް ކޮވިޑުން ދިފާއުވާން ކުރަން ޖެހޭ މަސައްކަތް އަދިވެސް އިތުރު ކުރަން ޖެހޭކަމުގެ ހެއްކެކެވެ. މިއަދު މާލެ އިން ފައްސިވި މީހުންގެ އަދަދު މިވަނީ ފާއިތުވި ނުވަ ދުވަސް ތެރޭގައި އިތުރު ނުވާ މިންވަރަށް އިތުރު ވެފައެވެ. އެހެންކަމުން މިއީ ވެސް ކޮވިޑްގެ ހާލަތު އަދިވެސް އެއްކޮށް ރަނގަޅުވީ ކަމަށް ގަބޫލު ކުރެވެން ނެތް ސަބަބެކެވެ.

ކޮވިޑް-19 އިން ދިފާއު ވުމަށް ކުރަން އޮތް އެންމެ މުހިއްމު އެއްކަމަކީ ވެކްސިން ފުރިހަމަ ކުރުމެވެ. އެހެންކަމުން ވެކްސިން ފުރިހަމަ ކުރުމަށް އެންމެން ވެސް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    މިދުވަސް ކޮޅު ކޮވިޑް 19 ވަރަށް ރަނގަޅެވެ.
    މީހަކު މަރާނުލާތަ ދުވަސް ކޮޅެއް ވެއްޖެއެވެ.
    މި ދޭތެރެއަކުން ކޮވިޑް19 ދުވާލަކު މީހަކު ނުވަތަ ދެމީހުން ވެސް މަރާފަ އެބަހުއްޓެވެ.