ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެދައުވާއެއްގެ ޝަރީއަތުގެ އަޑުއެއްހުމެއް އާދީއްތަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައި ވަނީ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝަވަތު ގަބޫލުކުރުމުގެ ދައުވާ އަކާއި މަނީ ލޯންޑްރިންގެ ދައުވާއެއްގެ ޝަރީއަތެވެ. އެދެދައުވާގެ ޝަރީއަތް ވެސް ތާވަލް ކޮށްފައި ވަނީ އާދީއްތަ ދުވަހު ހެނދުނު 09:00 އަށެވެ.

ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑްރިންގެ ދެދައުވާ އުފުލާފައި ވަނީ ރ.ފުއްގިރި މައްސަލައިގައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ކުރިން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޔާމީން ރައީސް ކަމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ.މާލެ، މއ.ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ޔާމީންގެ މައްޗަށާއި، ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

މިމައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އަޑުއެހުންތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވެފައި ވާތީ އަދިވެސް އިބްތިދާއީ އަޑުއެހުންތައް ވެސް ނުނިމެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރާ އިތުރު ދެދައުވާއެއްގެ ޝަރީއަތް ތާވަލް ކުރިއިރު އެމަނިކުފާނު މިހާރު ވެސް ހުންނެވީ މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެގެން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތިލަދުންމަތިން

    ބަލަ މިސަރުކާރު މިހާރު މޭކަރަނީ ދެހާސްތޭވީހުގާވެރިޔަކީ ޔާމިނު މިވެރިކަންނިމުމަކާއެކު ސާލިހުޖަލު؟؟

    17
    3
  2. ޓެކްސީ

    އައްދޭ. ޢަދުރަޭ ޖަލްސާއެައް ބާއްވާލައިރަށް ޔާމިންގެ ޝަރީއަްތް

    17
    2
  3. ޤައުމު

    ދިވެހިެާއްޖޭގައި އަދުލަައި އިންސާފުނެތް
    ރައްޔިތުން އިންސާފް ހޯދަންވީމަގުމަތިން.
    ރ.ޔާމިންގެ ސަޕޯޓަރުންކަމަރުބަދެ ތައްތާރުވޭ.
    ޤައުމުހަމއަކަށްއަޅުވާނީއަހަރަމެން.

    15
    1
  4. ޙައްގުބަސް

    ޔާމީންގެ މައްޗަށް މަތިމައްޗަށް ދަޢުވާކުރަނީ އިންޑިޔާއިންވެސް އެކަން އެގޮތަށް ކުރުމަށް ބާރުދީގެން!! މިވެރިކަން އައިސް ޔާމީންއަށް ޙަރާމް ހުކުމެއްކޮށް ޖަލަށްލާ ޖަލުގައި ތިން އަހަރު މިހޭދަވީ!! އެޙުކުމަކީ އެތައް ބޮޑެތި ގޯސްތައްވެސް ހަދާ އިޖުރާތީ އެތައްކަމަކާ ޚިލާފަށް ކަންކަން ހިންގައިގެން ކޮށްފައިވާ ޙުކުމެއްކަމުން އެޙުކުމް ސްޕްރީމް ކޯޓުން ބާޠިލް ކޮށްފާނެކަމަށް ފެންނާތީ ފުލުހުން މެދުވެރިކޮށް ޔާމީންއަށް އެހެން ދައުވާތައް ކުރަމުން އެގެންދަނީ!! މިސަރުކާރާ އިންޑިޔާގެ ގެރިމޯދީގެ ސަރުކާރުން ބޭނުންވާގޮތަކީ 2023 ވަނަ އަހަރު ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެގޮތް ހެދުން!! އަދި ވާދަވެރި ސިޔާސީ ގައުމަށް ޙަރާންކޯރުވާ ވެރިން ބޭނުންވާގޮތަކީވެސް އެއީ!! މައުމޫނު ގާސިމް އިމްރާން މިމީހުންނަނީ ހަމަ ޣައްދާރުން!! މަރިޔާ ޝާހިދު ޝަމާލް މިއީވެސް ގައުމުގެ ޣައްދާރުން!!

    16
    1
  5. ކޮވިޑު

    ރައީސް ޔާމީންދެކެ މިކޮވިޑު ސަރުކާރުން ހާދަބިރެއްގަނެއޭ ދެން އަހަރެމެން އިންޑިއާ އައުޓުގޮވެމެއްނުހުއްޓާނަން ކިތަންމެ ދެރަވިޔަސް އިންޑިޔާއައުޓް

    19
    2
  6. އިއްބެ

    ކޮންމެ ސަރިޔަތެއް ކުރިޔަސް ދެންމިގައުމަ އުފެދޭނީ ޔާމީން ކޮންޓުރޯލު ކުރާ ވެރިކަމެއް އެދުވަސް ވަރައްކާރި ވެއްޖެ ތިގާޒީ ތައް ސަރިޔައްކުރާ ކުރާގޮއްމިގައުމްގެ ރައްޔަތުންނައް ފެނިއްޖެ މިމީހުން މަގާމުގެ ދަހިވެތިކަމުގަ ކޮންމެކަމެއްވެސްކުރާނެ ދުނިޔެ އަބަދު އެއް ގޮތަކައް ނުއޮންނާނެ ތިމީހުން ގެ ކަންކަން ބަލާ ފިޔަވަޅު އެޅޭނެ މަގާމު އެކަންޏެއްނޫން އެމީހުންނައް އެކަށީގެންވާ އަދަބެއް ވެސްދޭންޖެހޭ އެހެންނޫނީ ނިކަމެތި ރައްޔަތުންގެ ސަރީޔައް ދާގޮއް ކިހާ ގޯސްވާނެ

    9
    2
  7. ލުޓޭރުންގެ ސަރުކާރު

    ބި ރުދައްކާނެ ކަމެނެތް އިންޝާﷲ2023ގަ ވެ ރިކަންކު ރާނީ ޕޕމއިން.... ރޔާމީންއަށް ވާދަކު ރުވުނަ ނުދީފިނަމަ ޕޕމއިން ހުހަށް ނުތިބޭނެ ދެން
    އޭ ރުންނުކުންނާނީ ރޔާމީން ރުހޭ ކެންޑިޑޭޓް..އެއީ ރައްޔިތުންގެ މެޖޯ ރިޓީ ކެންޑިޑޭޓް..2023ގަ ރޔާމީން މިނިވަންވެ ވެ ރިކަމުގެ ގޮނޑީގަ އިށީންނާނީ ރޔާމީން..ދެންވިސްނާ ކިހިނެތްކަން ވެ ރިކަމަށް ރޔާމީނަށް އާދެވޭނެގޮތް.. ވަ ރަށް ތަނަވަސް ކު ރުމަގެހުޅުވެން އޮންނާނެ...އިބޫ އައްނިޔަށްވެސް އެފު ރުސަތުނުދޭން އެހުންނަނީ އައްނިޔަށް ދޯކާދީފަ..

  8. ނުރަބޯ

    ބޮޑާބެގެ ދުވަސް ތިދަނީ

    1
    1