ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެ މަގާމެއް އަދާކުރެއްވުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށާއި އެކަން އެ ގޮތަށް ކުރުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގާނޫނީ ސައްޚަކަން ގެއްލޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ބޭއްވި ހަރަކާތެއްގައި ބައިވެރިވެވަޑައިގެން އެ ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމުގައި ވެސް ފުރުއްވާ ޖަމީލް ވިދާޅުވީ ސަރުކާރުގެ ގާނޫނީ ސައްޚަ ކަން ގެއްލިފައި އެބައޮތް ކަމަށެވެ.

ޖަމީލް ފާހަގަކުރެއްވި ކަމަކީ މިނިސްޓަރަކު އިތުރު ވަޒީފާއެއް ނުވަތަ އިތުރު މަސައްކަތެއް އަދާ ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮތް އޮތުމެވެ. އެހެންވެ ޝާހިދަށް ދެ މަގާމެއްގައި ނުހުންނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމީލް އިޝާރާތް ކުރެއްވި ކަމަކީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިޚާބުވެ އެ މަގާމު ފުރުއްވަމުން ގެންދާ ދިއުމެވެ.

"ގާނޫނު އަސާސީގެ 136 ވަނަ މާއްދާ ބަލައިލާ، ވަޒީރަކު އިތުރު އެއްވެސް ވަޒީފާއެއް އަދާކޮށްގެން ނުވާނެ، ރައީސުލްޖުމްހޫރިއްޔާ [އިބްރާހީމް މުހައްމަދު ސޯލިހް] އަށް ގާނޫނު އަސާސީ އެނގެން ވާނެ، ގާނޫނު އަސާސީއާ ޚިލާފަށް ވެރިކަން ހިނގާނަމަ އެއީ ޣައިރު ގާނޫނީ ވެރިކަމެއް،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ސިފަ ކުރެއްވި ގޮތުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރާ އެންމެ މައި ތަޅުދަނޑި ވެސް އޮތީ ވެސް ޝާހިދުގެ އަތްޕުޅުގައެވެ.

"ހަގީގަތުގައި މި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރާ މައި ޗާބީ އޮތީ، އޭގެ ތަޅުދަނޑި ހިއްޕަވައިގެން ހުންނެވީ އަބްދުﷲ ޝާހިދު،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ދިވެހިންނާއި ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް ޓަކައި ކުރަން ޖެހެނީ އެންމެ ކަމެއް ކަމަށެވެ. އެއީ ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ ނުގުނައުން ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރެއްގައި މިނިވަންކަމަށް އަސަރު ކުރާނެ އެތައް "މަޝްރޫއެއް" ހިންގާ ކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފު ވިސްނުންތައް ފަތުރާ ތަން ފެންނާނެ، ދީނަށް ފުރައްސާރަވާ ކޮންމެ އަމަލެއް ހިމާޔަތް ކުރެވޭނެ، މަގޭ ގައުމު، މަގޭ ދީން، މަގޭ ފަޅާއި މަގޭ ރަށްތައް ކިޔާފައި އެއިން ކޮންމެ ފަހަރަކު އަޅުގަނޑުމެން ނުކުންނަން ޖެހޭ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެމްޑީޕީގެ މި އަމަލުތަކުގެ ސަބަބުން ވެސް މި ވެރިކަން ޣައިރު ގާނޫނީ ވެރިކަމަކަށް ވެގެންދާ ކަމަށެވެ. ވެރިކަން ހިންގަން ޖެހޭނީ ގާނޫނު އަސާސީގައި އޮންނަ ގޮތުގެ މަތިން އިސްލާމް ދީނުގެ އަސާސްތަކުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޣރތ

  ހު ރިހާ ޕާޓީތަށް އުވާލުން ބުއްދިވެ ރި

 2. ނ

  ޝާހިދަކީ ....ހަމަ ޖީވަން....މުޅިދުނިޔެއާއި އޮތީ ގުޅިފަޔޯ
  ޢެކަމު ކޮވިޑް ވެކްސިން ކޮޅެއް ވެސް ބޭނުންވި ދުވަސް ވަރު ނުލިބުނު....ކޮބައިތަ ކޮމަންވެލްތް..ކޮބައިތަ ޔޫރަޕިޔަން ޔޫނިއަން....

  13
  • ބޭބެ

   މިގައުމުގެ ޖީވަން! ޣައްދާރު އެއީ! އިންޑިޔާއާ ގުޅިގެން ހުރިހާ ނުބައެއް ހަދާ މީހަކީ އެއީ! މީނާ މިއީ ޔާމީސް ސަރުކާރުއޮތްއޮރު އިންޑިޔާ ސިފައިން މިގައުމަށްއަރާ ޔާމީންގެ ވެރިކަން ބަދަލުކުރިމީހާ!! ދިވެހިން އަދި އެކަން ހަނދާންނުނެތޭ! އެހެންވީމަ އެކަމުންވެސް ބާރުލިބޭ މީނާވެސް އަޑީގަ ހުރެގެން އަޑިނޭނގޭ އެއްބަސްވުންތައް ހަދައިގެން އިންޑިޔާ ސިފައިން މިގައުމަށް ގެނަސްގެން މިއުޅެނީ!! މިކަމުގައި ގައުމަށް ޣައްދާރުވިއޭ ބުނެވެނީ ގާނޫނުއަސާސީއާއި ޚިލާފު އެއްބަސްވުންތައް ހަދާ އެއްބަސްވުންތައް ފޮރުވައިގެން ތިބެ ބޭރުގައުމެއްގެ ސިފައިން މިގައުމަށް ގެނައިގެނައުން!! މިކަމުގައި ޝާހިދު އިބޫ މާރިޔާ ޝަމާލް ރޯލްބޮޑު!! ގައުމަށް ޣައްދާރުވެފައިވާ ފަރާތްތަކުގެ މައްސަލަތައް ބެލޭނެ އެކަމާގުޅޭ ގާނުނުތައް އުފަން ކޮށްގެން!! މިއީ އަނިޔާވެރި އަދި ގައުމަށް ޣައްދާރުވެފައިވާ ބައެއްކަމަށް ގިނަބަޔަކު ވާހަކަދައްކާތީ އަޑުއިވޭތީ މިހެން މިބުނަނީ!!

 3. ހަސަދު

  ޝާހިދު ކުރައްވާ ދަތުރު ތަކުން ވަނ ފައިދާތޯ އާއި ގެއްލުންތޯ ވެސް ބަލަން ޖެހޭނެ.

  15
 4. ބެއްޔާ

  ޤާނޫނާއި ޤާނޫނު އަސާސީއާއި ޚިލާފުވީމަ ދައުވާކުރުރާނަމަ އެއްވެސް މައްސަލައެއްގައި އެއްވެސް މިހެއްގެ މައްޗަސް ދައުވާއެއް ނުކުރެވޭނެ. ޕީޖީގެ ޒިންމާ ފުރިހަމައަށް އަދާކުރެވޭބާ؟؟؟

  11
 5. ޖިންނި

  އެމް ޑީ ޕީ އަކީ ބޭރު ޤައުމް ތަކުގެ އޭޖެންޓުންގެ ޕާރޓީ އެއް

  17
  1
 6. ގލޅ

  ޑރ ރ ޖަމީލްގެ ވާހަކަފުޅު ބަލއިގަންނަމެވެ އެވިދާޅުވަނީ
  ހަގީގަތެވެ.

  24
  5
  • އަހަންމަދު

   ތާއީދު

   3
   2
 7. މަނީމަނީ

  ބޮނޑިބަތްގަނޑު ނައަބުރާތާ މިހާރު ދުވަސް ކޮޅެއްވެއްޖެ އަނެއްކާނެވެސް އަނބުރަންފެށީ

  1
  1
 8. ޔަހުޔާ

  އެބުނާހެން މިއަބްދުﷲ ޝާހިދު އުޅެނީ މިދުނިޔޭގަ ހުރި ހުރިހާ މަގާމެއް އެއްފަހަރާ ފުރަންވެގެން ހޫން. ވަރަށް ފޫހިވޭ